މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރާއްޖެ

16,836 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1087 ވަނަ ޞަފްޙާ

"ވިޔަވަތި ރާއްޖެ" މަހާސިންތާ 200 ކައުސެލަރުންނާ އެކު ފަށައިފި

ދުއިސައްތަ އަށްވުރެ ގިނަ ކައުންސެލަރުންނާއެކު “ވިޔަވަތި ރާއްޖެ” މަހާސިންތާ ކްރޮސް ރޯޑުގައި ފަށައިފިއެވެ. މި މަހާސިންތާ އަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތީން ބާއްވާ މަހާސިންތާއެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަހާސިންތާ އަކީ، ލާމަރުކަޒީ ގާނޫނާށް ގެނައި އިސްލާހާ ގުޅިގެން ކައުންސިލްތަކަށް އަންނަ ބޮޑެތި ބަދަލުތަކާއި، އަންނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ކައުންސިލްތަކަށް ކަނައަޅާފައިވާ ބަޖެޓުގެ އިތުރުން...

ޔުމްނާ ޢަލީ
ތިން ޤައުމަކުން ރާއްޖެއަށް ކަނޑައެޅި ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ތިން ޤައުމަކުން ރާއްޖެއަށް ކަނޑައެޅި ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ރިޕަބްލިކް އޮފް ބަލްގޭރިއާގެ އިތުރުން ދަ ކިންގްޑަމް އޮފް ޑެންމާކް އަދި ރިޕަބްލިކް އޮފް އަޔަލެންޑުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅި އާ ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުތައް ބާއްވަވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ބަލްގޭރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާސަފީރު ހަރ އެކްސެލެންސީ އެލިއެނޮރާ ޑިމިޓްރީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރ...

އިބްރާހިމް އަސްވާޤް
އޮސްޓްރިއަން އިން ރާއްޖެއަށް އިތުރު ދަތުރުތައް ފަށަނީ

އޮސްޓްރިއަން އިން ރާއްޖެއަށް އިތުރު ދަތުރުތައް ފަށަނީ

މި ފަހަރުގެ ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް އޮސްޓްރިއަން އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް އިތުރުކުރަން އެ އެއަލައިނުން ނިންމައިފިއެވެ. ކްރިސްމަސް އާއި އާ އަހަރު ފާހަގަ ކުރުމަށް އެންމެ ގިނައިން މީހުން ދާ ގައުމުތަކަށް އެ އެއާލައިން ދަތުރުތައް އިތުރު ކުރަން ނިންމާފައިވާ ކަމަށް އެފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާއިރު ދަތުރުތައް ކުރުމަށް ނިންމާފައި މިވަނީ ރާއްޖޭގެ އިތުރުން މޮރިސްއަށެވެ. މިއަހަރުގެ ފެބްރުއަރީގެ ނިޔަލަށް އޮސްޓްރިއަން އެއާލައިނުން ރާއްޖެ އަށް ހަފްތާއަކު ތިން ދަތުރު […]

ފާތިމަތު ސިނާޒާ

އިންޑިޔާގެ މައިނޯރިޓީ ޙައްޤުގައި ބަހެއް ވިދާޅުނުވާތީ ނަޝީދަށް ފާޑުކިއުން އަމާޒުވެއްޖެ

އިންޑިޔާގެ މައިނޯރިޓީންގެ ޙައްޤުގައި ނަޝީދު ބަސްފުޅެއް ވިދާޅުނުވާތީ އެމަނިކުފާނު ލަދުވެތިވެވަޑައިގަންނަވަންޖެހޭ ކަމަށް ވިދާޅުވެ، ހިއުމަން ރައިޓްސް ވޮޗުގެ އެސޯޝިއޭޓެޑް އޭޝިޔާ ޑައިރެކްޓަރ ޕެޓްރިޝިޔާ ގޮސްމަން ރައީސް ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ. އޭނާ މިއަދުކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ބަޠަލެއްކަމުގައި ނަޝީދު ވެވަޑައިގަންނަވާއިރު އެމަނިކުފާނު އިންޑިޔާގެ މައިނޯރިޓީތަކުގެ ޙައްޤުގައި ބަސްފުޅެއް ވިދާޅުނުވުމަކީ އެމަނިކުފާނު ލަދުވެތިވަޑައިގަންނަވަންޖެހޭ ކަމެއް...

ޔުމްނާ ޢަލީ
މޯލްޑިވިއަން އިން އައްޑޫ - ހުވަދޫ ދަތުރުތައް ފަށަނީ

މޯލްޑިވިއަން އިން އައްޑޫ - ހުވަދޫ ދަތުރުތައް ފަށަނީ

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން އައްޑޫ އަށް ދަތުރުތައް ފެށުމަށް ހަމަޖެހިއްޖެއެވެ. މޯލްޑިވިއަން އިން ބުނީ، އަންނަ އާދިއްތަ ދުވަހު އައްޑޫއިން ހުވަދޫ އަށް ދަތުރުތައް ފަށާނެ ކަމަށެވެ. މި ދަތުރު ތަކުގެ އިތުރު ތަފްސީލެއް އެ ކުންފުނިން އަދި ނުދޭ ނަމަވެސް އައްޑޫ މަގު ހެދުމުގެ މަސައްކަތް ހަވާލު ކުރަން އައްޑޫ ސިޓީ ކައުންސިލްގައި ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވާ ގޮތުގައި އާދިއްތަ ދުވަހުން ފެށިގެން މޯލްޑިވިއަން އިން ހުވަދު […]

މަރްޔަމް ސިމާނާ
މަގުމަތީގައި ދުއްވުމާއި ހިނގާބިނގާވުމުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުވާން ޖެހިއްޖެ - ނައިބު ރައީސް

މަގުމަތީގައި ދުއްވުމާއި ހިނގާބިނގާވުމުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުވާން ޖެހިއްޖެ - ނައިބު ރައީސް

މަގުމަތީގައި ދުއްވުމާއި ހިނގާބިނގާވުމުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުވާން ޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ “ރޯޑް ސޭފްޓީ ވޯކް” ގެ ނަމުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ ޤައުމީ ހަރަކާތް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މި ހަރަކާތަކީ މިއަހަރު ކުރީކޮޅު މި ސަރުކާރުން...

އިބްރާހިމް އަސްވާޤް
މާދަމާއިން ފެށިގެން އަނެއްކާވެސް މޫސުން ގޯސްވާނެ

މާދަމާއިން ފެށިގެން އަނެއްކާވެސް މޫސުން ގޯސްވާނެ

މާދަމާއިންފެށިގން އަނެއްކާވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ. ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި، މާލެއިން ފެށިގެން ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ. މި ސައްޙައްދުތަކަށް އެވަރެޖްކޮށް 6 މޭލާއި 16 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ ލަފާކޮށްފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުތަ...

މަރްޔަމް ސިމާނާ

ޓެކްސީ ޑްރައިވަރ ގާސިމްގެ ގާތިލުން ދެނެގަތުމަށް ހެކިތަކެއް ހޯދައިފި

4 ޑިސެމްބަރ ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި ހުޅުމާލޭގައި، ވަޅިން ހަމަލާދީ އަނިޔާވެރިކޮށް ގަތުލު ކޮށްލެވުނު އދ. މާމިނގިޔަށް އުފަން އުމުރުން 59 އަހަރުގެ ޓެކްސީ ޑްރައިވަރު، ޤާސިމް ޙަސަނަށްގެ ގާތިލުންގެ އިނގިލީގެ ނިޝާން، ޑީއެންއޭ އަދި އިތުރު ހެކިތައް ހޯދައިފިކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ އޮފް ޕޮލިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގާސިމް ގަތުލުކޮށްލާފައި އޮއްވާ ފެނުނު ސަރަހައްދުން ފިންގާޕްރިންޓާއި ޑީއެންއޭ ފަދަ ފޮރެންސިކް ހެކި ފެނިފައިވާ ކަމަށެވެ...

ޔުމްނާ ޢަލީ
ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ޖުޑިޝަލް ސަރވިސް ކޮމިޝަން އިން މިއަދު ހުޅުވާލާއިފިއެވެ. އެ ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ،  ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވަން އެދިލައްވާ ފަރާތްތަކުން އެކަމަށް އެދި17 ޑިސެމްބަރު2019 ގެ12:00 ކުރިން ހުށައަޅަންޖެހޭނެ ކަމަށެވެ. . އެ މަގާމަށް ކުރިމަތިލާން ހުޅު...

މަރްޔަމް ސިމާނާ

2020 ވަނަ އަހަރު ސަރުކާރު ބަންދު ދުވަސްތަކަށް ހަ ދުވަސް އިތުރުކޮށްފި

މިހާތަނަށް ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ގުނަމުން އަންނަ އަދަދަށް އަންނަ 2020 ވަނަ އަހަރު، ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ހަ ދުވަސް ހިމެނުމަށް ސަރުކާރުން ނިންމަވައިފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ސަރުކާރު ބަންދު ދުވަސްތަކުގެ ތެރޭގައި އިތުރު ހަ ދުވަސް ހިމަނުމަށް ނިންމާފައިވާ ކަމަށެވެ. ބަންދު ދުވަސްތަކުގެ ގޮތުގައި ނިންމި އިތުރު ހަ ދުވަސް: ޖެނުއަރީ، 2 މޭއި، […]

ޔުމްނާ ޢަލީ
ބީއެމްއެލްގެ ބިޒްނަސް ސެންޓަރެއް ހުޅުމާލޭގައި ހުޅުވައިފި

ބީއެމްއެލްގެ ބިޒްނަސް ސެންޓަރެއް ހުޅުމާލޭގައި ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިވެރިންނަށް ހާއްސަ ބިޒްނަސް ސެންޓަރެއް ހުޅުމާލޭގައި ހުޅުވައިފިއެވެ. ހުޅުމާލޭގެ ރެނާޓަސް އިތާމުއި ފްލެޓުތަކުގެ ތިރީގައި ރޭ ހުޅުވި މި ސެންޓަރު ހުޅުވާދެއްވި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ އެވެ. މިއީ ވިޔަފާރިތަކަށް ހާއްސަކޮށްގެން މާލެ ސަރަހައްދުގައި ހުޅުވި ދެވަނަ ސެންޓަރެވެ. މި ބިޒްނަސް ސެންޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ކުރެވިގެން ރިލޭޝަންޝިޕް މެނޭޖަރުން ތިބޭއިރު ވިޔަފާރި [...

މަރްޔަމް ސިމާނާ
ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު އޮތް ގުޅުން ވަރުގަދަ ކުރަނީ

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު އޮތް ގުޅުން ވަރުގަދަ ކުރަނީ

އދ. ގެ 74 ވަނަ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ، އެމެރިކާގެ ނިއުޔޯކަށް މިއަހަރު ކުރެއްވި ދަތުރުފުޅުގައި، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ރާއްޖެއާ ދެމެދު ވެވުނު އެއްބަސްވުމުގައިވާ ކަންތައްތައް ކުރިޔަށްގެންދިޔުމުގައި ކަންކުރަންވީ އެންމެ ރަނގަޅު އުޞޫލުތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ސަރުކާރާއި، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު ބާއްވާ މަސައްކަތު ބައްދަލުވުމެއް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ފަށްޓަވައިފިއެވެ. މި އެއްބަސްވުމުގެ ދަށުން، ރާއްޖެއާއި ބްލޫ ޕްރޮސްޕެރި...

ޔުމްނާ ޢަލީ
އެމެރިކާ މީހުން މިއަހަރު އެންމެ ގިނައިން ސާޗް ކުރި މަންޒިލަކަށް ރާއްޖެ

އެމެރިކާ މީހުން މިއަހަރު އެންމެ ގިނައިން ސާޗް ކުރި މަންޒިލަކަށް ރާއްޖެ

އެމެރިކާ ރައްޔިތުން އެންމެ ގިނައިން މިއަހަރު ގޫގުލު ކުރި މަންޒިލަކީ ދިވެހި ރާއްޖެ ކަމަށް ގޫގުލްގެ ތަފާސް ހިސާބު ތަކުން ދައްކައިފިއެވެ. ގޫގުލްއިން އާއްމުކޮށްފައިވާ “2019 އިން ސާޗް”ގައިވާ ގޮތުން އެމެރިކާގައި މިއަހަރު އެންމެ ގިނައިން ހޯދާފައި ވަނީ ރާއްޖެއަށް ދަތުރު ކުރުމާ ބެހޭ މައުލޫމާތެވެ. ގޫގުލް އިން ކޮންމެ އަހަރަކު ނެރޭ “އިޔާ އިން ސާޗް” ލިސްޓުން ދައްކާ ގޮތުން އެމެރިކާގައި އެންމެ ގިނަ މީހުން “ޓްރިޕް ޓު” ޖަހައިގެން ގޫގުލްގައި އެންމެ ގިނައިން ސާޗްކޮށްފައި […]

ޔުމްނާ ޢަލީ

ފަންހާމަހާއި ޕްލާސްޓިކު ކޮތަޅު ކުރެހުމުގެ މައުރަޒަށްް ރައީސް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، “ފަންހާމަހާއި ޕްލާސްޓިކު ކޮތަޅު”ގެ ނަމުގައި އީގާން ބަދީއު ބާއްވާ ކޮންޓެމްޕޮރަރީ އާރޓް އެގްޒިބިޝަން އިއްޔެ ހަވީރު ބައްލަވާލައްވައިފިއެވެ. ޑިސެމްބަރުމަހުގެ 7 އިން 11 ނިޔަލަށް ނެޝަނަލް އާރޓް ގެލެރީގައި ކުރިޔަށްދާ މި އާރޓް އެގްޒިބިޝަނަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ޒިޔާރަތުގައި މައުރަޒުގައި ދައްކާލުމަށް ބަހައްޓާފައިވާ ކުރެހުންތައް ބައްލަވާލެއްވިއެވެ. މި މައުރަޒުގައި ފެންކުލައިން ކުރަހާފައިވާ 11 ކުރެހުމަކާއެކު ޖުމްލަ 30 ކޮންޓެމްޕޮރަރީ އާރޓް ޕީސް...

ޔުމްނާ ޢަލީ

ކުރިއަށް އޮތް ތިން ދުވަހުވެސް ވިއްސާރަ ކުރާނެ

ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. މޫސުމާބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ކައިރީގައި އުފެދިފައިވާ ލޯ ޕްރެޝަރ ޓްރޮޕެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ. އެގޮތުން ކ. އަތޮޅާއި ލ. އަތޮޅުގެ ރަށްތަކަށް ވަނީ ޔެލޯއެލާޓް ވެސް ނެރެފައެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތުދޭ ގޮތުގައި ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރ...

މަރްޔަމް ސިމާނާ