މި އަހަރުގެ "މޯލްޑިވްސް ޓްރެވެލް އެވޯޑްސް" ކްރޮސް ރޯޑުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ޑިސެމްބަރު 19 ވަނަ ދުވަހު ބާއްވާ މި ހަފްލާގައި 200 އަށްވުރެ ގިން ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ފަރާތްތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަފްލާގައި ގާލާ އެޑިޝަންގެ25 ކެޓެގެރީ އަކުން އެވޯޑް ދެއެވެ. މިއީ ރިސޯޓް ތަކާއި އެއާލައިންތަކަށް ހާއްސަކޮށް ދެވޭ އެވޯޑެކެވެ.

Ad
rt

ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތާއި ކުރިއެރުން ފާހަގަ ކުރުމުގެ ގޮތުން ދޭ މި އެވޯޑް ބާއްވާތާ މިއީ އަށްވަނަ އަހަރެވެ. 2012 އަހަރުން ފެށިގެން ދެވޭ މި އެވޯޑަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި އެއާލައިން އިންޑަސްޓްރީގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ.

މި އަހަރުގެ އެވޯޑްތަކަށް ވަނީ ރެކޯޑް އަދަދަކަށް ޓްރެޗެލް ބްރޭންޑްސް ތައް ނޮމިނޭޓް ވެފައެވެ. އެގޮތުން ގާލާ އެޑިޝަންގެ ކެޓަގަރީތަކުގައި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ 100 އަށްވުރެ ގިނަ ޓްރެވެލް ބްރޭޑް ތަމްސީލު ކުރާ 236 ފަރާތެއް ވަނީ ނޮމިނޭޓް ވެފަ އެވެ. ރާއްޖޭގެ ރަށްތަކަށް ހާއްސަ ގެސްޓްހައުސް އެޑިޝަންގައި، 13 ކެޓަގަރީ އަކުން 196 ނޮމިނޭޝަން ވެއެވެ. ކޮންމެ އެޑިޝަނަކުންވެސް އެވޯޑް ލިބޭ ފަރާތެއް ހޮވަނީ އެސްއެމްއެސް މެދުވެރިކޮށް އާންމުންގެ ވޯޓުންނާއި ފަނޑިޔާރުންގެ ޕެނަލަކުން ނޯމިނޭޝަންތަކަށް އިންސާފު ކުރާ މާކްސް އިންނެވެ. 110000 އަށް ވުރެ ގިނަ ވޯޓް މި އަހަރު ވަނީ ދެ އެޑިޝަނަށް ރަޖިސްޓްރީ ކޮށްފައިއެވެ.

މި އަހަރުގެ ހަފްލާގައި "ޕީޕަލްސް އެޑިޝަން" އިން ހޮވޭ ފަރާތްތަކަށް ވެސް އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގަައި3 ޓްރެވަލް ޕްރޮފެޝަނަލުން ހޮވާނެއެވެ.