މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ރާއްޖެ

16,837 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1079 ވަނަ ޞަފްޙާ

އިސްލާމީ މަރުކަޒުގައި މިމަހު 17 ވާ ހުކުރުގައި އިމާމުވެ ޚުތުބާ ދެއްވާނީ މުފްތީ މެންކް

އިސްލާމީ މަރުކަޒުގައި މިމަހު 17 ވާ ހުކުރުގައި އިމާމުވެ ޚުތުބާ ދެއްވާނީ މުފްތީ މެންކް

ޖެނުއަރީ 17 ވާ ހުކުރު ދުވަހު ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް އިސްލާމީ މަރުކަޒުގައި އިމާމުވެ ޚުތުބާ ދެއްވާ ގޮތަށް ހަމަޖެހިއްޖެއެވެ. މެންކް ޚުތުބާ ދެއްވުމަށް ހަމަޖެހިފައި ވަނީ އިނގެރޭސި ބަހުން ނެވެ. މުފްތީ މެންކް ރާއްޖެ ވަޑައިގަންނަވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދައުވަތަކަށެވެ. މެންކް ރާއްޖެ ވަޑައިގެންނެވުމަށް ތާވަލްކޮށްފައި ވަނީ މި މަހުގެ 14 އިން 18 އަށެވެ. އިސްލާމިކް މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި މުފްތީ މެންކްގެ މި ދަަތުރުފުޅުގައި، މާލެ އާއި […]

ޔުމްނާ ޢަލީ

އީސީގެ ފަރާތުން ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ކުރިއަށްއޮތް އިންތިޚާބަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް ހިންގަނީ

އިލެކްޝަންސް ކޮމިޝަނުން (އީސީ) ގެ ފަރާތުން ލަންކާގައި ދިރިއުޅޭ ދިވެހިން ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް އަހުލުވެރިކުރުމުގެ ޕްރޮގްރާނެއް ހިންގަން ނިންމައިފިއެވެ. އިލެކްޝަންސް ކޮމިސަނުން ބުނީ އެ ޕްރޮގްރާމް ހިންގުމަށް ނިންމާފައިވަނީ މިހިނގާ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު ކަމަށެވެ. 2020 January 7 vana dhuvahu, EC ge faraathun, Sri Lanka gai dhiriulhuhvaa Dhivehi raiyyithun nah #LCE2020 Adhi #WDCE2020 inthihaabaa […]

އަލީ އާދިލް

މުފްތީ މެންކް  ކުޅުދުއްފުށި ސިޓީއަށް ވަޑައި ގަންނަވަނީ

ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ކުޅުދުއްފުށި ސިޓީއަށް ވަޑައި ގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. މިދަތުރުގައި ކުޅުއްދުއްފުށީ ސިޓީގައި އޭނާ ދީނީ ދަރުސް ދެއްވާނެއެވެ. މުފްތީ މެންކް ކުޅުދުއްފުށި ސިޓީއަށް ވަޑައިގަންނަވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދައުވަތަކަށް، މި މަހުގެ 14 އިން 18 އަށް ރާއްޖެއަށް ކުރައްވާ ޒިޔާރަތުގެ ތެރޭގައެވެ. އިސްލާމިކް މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި މުފްތީ މެންކްގެ މި ދަަތުރުފުޅުގައި، ކުޅުދުއްފުށި ސިޓީގެ އިތުރުން މާލެ އާއި އައްޑޫ ސިޓީގައި ތަގުރީރު...

ޔުމްނާ ޢަލީ

ޓްރެފިކް ލައިޓް ރަތްވުމުންވެސް މަޑުނުކޮށް ދިޔަ ސައިކަލަކުން ބަނގުރާ ހުރި ފުޅިއެއް ފެނިއްޖެ

ޓްރެފިކް ލައިޓް ރަތްވުމުންވެސް މަޑުނުކޮށް ދިޔަ ސައިކަލަކުން ބަނގުރާ ހުރި ފުޅިއެއް ފެނިއްޖެއެވެ. ފުލުހުން ބުނީ މިރޭ ސިނަމާލެ ބުރިޖުން ދަތުރުކުރި ސައިކަލެއް ހުޅެލެއަށް ދާން އަޅަން އޮންނަ ސަރަހައްދުގައި ހުންނަ ޓްރެފިކް ލައިޓް ރަތްވެފައި ހުއްޓައި މަޑު ނުކޮށް ދިއުމުން ހިއްޓުވައި ބަލާ ފާސް ކުރި ކަމަށެވެ. އެސައިކަލު ބަލައި ފާސްކުރި އިރު ބަނގުރާ ހުރި ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ސައިކަލު ދުއްވަން އިން މީހާގެ އަތުގައި ލައިސަންސްވެސް ނެތްކަމަށް ފުލުހުން […]

ޔުމްނާ ޢަލީ

މިދިޔަ އަހަރު ދައުލަތުގެ މުއައްސަސާތަކަށް އެއްހާހަށްވުރެ ގިނަ ޤާނޫނީ ލަފާ ފޯރުކޮށްދީފައިވާނެ: އޭޖީ

ފާއިތުވި އަހަރު ދައުލަތުގެ މުއައްސަސާތަކަށް އެއްހާހަށްވުރެ ގިނަ ޤާނޫނީ ލަފާ ފޯރުކޮށްދީފައިވާކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ހާމަކުރައްވައިފިއެވެ. އެ އޮފީހުން ޢާންމު ކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ދައުލަތުގެ މުއައްސަސާތަކުން 1082 ކަމެއްގައި ޤާނޫނީ ލަފަޔަކަށް އެދި އެ އޮފީހަށް ފޮނުވާފައިވާއިރު، 1003 ކަމެއްގައި ޤާނޫނީ ލަފާ ވަނީ ދެއްވާފައެވެ. އެޓަރނީ ޖެނަރަލްގެ އޮފީހުން 2019 ވަނަ އަހަރު ދިން ލަފާގެ ތަފާސްހިސާބު pic.twitter.com/IPDTdjY5cR — AG Office Maldives...

އަލީ އާދިލް
ދީނަށާއި ޢިލްމުވެރިންނާ ދެކޮޅަށް ވަގު އައިޑީގައި ބަސްބުނުމަކީ ދީނާއި ޤައުމަށް ވަފާތެރި މުސްލިމަކު ކުރާނެ ކަމެއްނޫން: ސެއިޚް އިލްޔާސް

ދީނަށާއި ޢިލްމުވެރިންނާ ދެކޮޅަށް ވަގު އައިޑީގައި ބަސްބުނުމަކީ ދީނާއި ޤައުމަށް ވަފާތެރި މުސްލިމަކު ކުރާނެ ކަމެއްނޫން: ސެއިޚް އިލްޔާސް

ދީނަށާއި ޢިލްމުވެރިންނާ ދެކޮޅަށް ވަގު އައިޑީގައި ބަސްބުނުމަކީ ޔަޤީނުންވެސް ދީނަށާއި ޤައުމަށް ވަފާތެރި އިޚްލާސްތެރި މުސްލިމް މުވާތިނަކު ކުރާނެ ކަމެއް ނޫންކަމަށް ސެއިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ. ސެއިޚް އެހެން ވިދާޅުވީ މިއަދު ކުރި ޓުވީޓެއްގައެވެ. އެ ޓުވީޓުގައި ސެއިޚް އިތުރަށް ވިދާޅުވެފައިވަނީ މުންކަރާތްތަކާއި ދެކޮޅު ހެދުމަކީ ހަރުކަށި ކަމެއްނޫން ކަމަށެވެ. އަދި ” އަހަރެމެން ބަޔަކާ ދެކޮޅުވެރި ވާނީވެސް އަދި އެކުވެރި ވާނީވެސް ހައްޤުގެ ދިފާއުގައި ” ކަމަށް ވިދާޅުވެފައިވެއެވެ. Dhēnashai, ilmuveri...

ޔުމްނާ ޢަލީ
ިމާލޭގައި މީހެއް ގަޔަށް ވަޅި ޖަހައިފި

ިމާލޭގައި މީހެއް ގަޔަށް ވަޅި ޖަހައިފި

ިމާލޭގައި މިއަދު ހަވީރު މީހެއް ގަޔަށް ވަޅި ޖަހައިފިއެވެ. ފުލުހުން ބުނީ މާފަންނު ހިލާލީ މަގުގައި ބަޔަކު ހަމަނުޖެހުން ހިންގާ ކަމަށް މިއަދު 4:40 ހާއިރު ފުލުހުންގެ ސީސީޓީވީ ކެމެރާއަކުން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ފުލުހުން ބުނީ މި މާރާމާރީގައި އަނިޔާވެގެން ފަރުވާދެމުން ދަނީ 29 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. އަދި އެކަން ބެލި އިރު މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި އަނިޔާ ލިބުނު މީހާއަށް އައިޖީއެމްއެޗް އިން ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. […]

އަލީ އާދިލް

ޑިންގީއިން ގެއްލުނު މީހާ އަދިވެސް ނުފެނޭ

ބ. ދޮންފަނާއި އެއަތޮޅު ހަނިފަރާ ދެމެދު ދަތުރު ކުރަމުން ދިޔަ ލޯންޗެއް އެ ސަރަހައްދުގައި މަސްވެރިކަމަށް މަަޑުކޮށްގެން އޮތް ޑިންގީއެއްގައި ޖެހި ރޭ ހިނގި އެކްސިޑެންޓުގައި، ޑިންގީއިން ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް ކޯސްޓް ގާޑުން މިއަދު ބުނެފި އެވެ. އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބިފައިވަނީ ރޭގެ 19:06 އެހާކަންހާއިރުއެވެ. އެ އެކްސިޑެންޓްގައި ގެއްލިފައި ވަނީ، ބ. އޭދަފުށީ މުޝްތަރީގޭ، ނަސްރުﷲ އަބްދުﷲ، 41 އ. އެވެ. ރޭ ކަނޑުމަތީ އެކްސިޑެންޓެއް ހިނގައި […]

އަލީ އާދިލް
ގެއްލުނު މީހާ ހޯދުމަށް މިދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން: އެމްއެންޑީއެފް

ގެއްލުނު މީހާ ހޯދުމަށް މިދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން: އެމްއެންޑީއެފް

މިރޭ ކަނޑުމަތީ އެކްސިޑެންޓެއް ހިނގައި ގެއްލިގެން ހޯދަމުންދާ މީހާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ. އެމްއެންޑީއެފް އިން ބުނީ ގެއްލުނު މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓް ކާޑުގެ އެފްއައިސީ ފާމުލަދޭރި އާއި އެމްއެންޑީއެފްގެ ޑައިވަރުން ހުއްޓުމެއްނެތި ހަރަކާތްތެރި ވަނުން ދާކަމަށެވެ. އެ އެކްސިޑެންޓް ހިނގާފައި ވަނީ ބ. ދޮންފަނާއި، ބ، ހަނިފަރާ ދެމެދުން ދަތުރުކުރަމުންދިޔަ ދޯންޏަކާއި، ޑިންގީއެއް ޖެހި ގެންނެވެ. އެ އެކްސިޑެންޓްގައި ގެއްލިގެން ހޯދަނީ ޑިންގީއިން...

ޔުމްނާ ޢަލީ
ވެރިކަމާއި ހަވާލުވިއިރު ކޯސްޓްގާޑްގެ ގިނަ އުޅަނދުތައް ހުރީ ހަލާކުވެފައި: މާރިޔާ

ވެރިކަމާއި ހަވާލުވިއިރު ކޯސްޓްގާޑްގެ ގިނަ އުޅަނދުތައް ހުރީ ހަލާކުވެފައި: މާރިޔާ

މި ސަރުކާރު ވެރިކަމާއި ހަވާލުވީއިރު ކޯސްޓްގާޑުގެ ވަރަށް ގިނަ އުޅަނދުތައް ހުރީ ހަލާކުވެފައި ކަމަށާއި އެހެން ކަމުން އެ އުޅަނދުތައް މަރާމާތު ކުރުުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވެއްޖެ އެވެ. ކޯސްޓްގާޑްގެ ހިދުމަތަށް 40 އަހަރު ފުރުމާއި ގުޅިގެން އާންމު ކުރެއްވި ވީޑިއޯ އިންޓަވިއުއެއްގައެއެކަމަނާ މިހެން ވިދާޅުވެފައި ވާއިރު އެކަމަނާ އިތުރަށް ވިދާޅުވީ ސިފައިންގެ މުއައްސަސާއަކީ ގަދަރާއި އިހުތިރާމް ލިބިފައިވާ މުއައްސަސާއަކަށް ހެދުމާއި، ޒަމާނީ ވަސީލަތްތައް އެ މުއައްސަސާއަށް ހޯއް...

ފާތިމަތު ސިނާޒާ

ކަނޑުމަތީ އެކްސިޑެންޓެއް ހިނގައި މީހަކު ގެއްލިގެން ހޯދަނީ

ކަނޑުމަތީ އެކްސިޑެންޓެއް ހިނގައި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ބ. ދޮންފަނާއި، ބ، ހަނިފަރާ ދެމެދުން ދަތުރުކުރަމުންދިޔަ ދޯންޏަކާއި، ޑިންގީއެއް ޖެހި ގެންނެވެ. https://twitter.com/MNDF_Official/status/1212753128770039808?s=19 މިއެކްސިޑެންޓްގައި ގެއްލިގެން ހޯދަނީ ޑިންގީއިން ދަތުރުކުރި މީހެކެވެ. އެމީހާ ހޯދުމަށް އެމްއެންޑީއެފްގެ ނޯދަން އޭރިއާ ކޯސްޓް ގާޑުން ދަނީ ހަރަކާތް ތެރި ވަމުންނެވެ. ގެއްލިގެން ހޯދަމުންދަނީ ދިވެއްސެއް ކެވެ. މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފ...

ފާތިމަތު ސިނާޒާ

އާ އަހަރުގެ އޮޕަރޭޝަންގައި 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި

އާ އަހަރާ ގުޅުވައިގެން ފުލުހުން އިއްޔެ އާއި ރޭ ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނުގައި ރާއްޖޭގެ އެކި ރަށްރަށުން 110 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި އެންމެ ގިނަ މީހުން ހައްޔަރުކުރީ ބަނގުރާ ބޭނުންކޮށްގެންނާއި މަގުމަތީގެ އާއްމު ހަމަޖެހުން ނަގާލަން އުޅުނުކަމުގެ ތުހުމަތުގަ އެވެ. ފުލުހުން މިހާތަނަށް އާއްމުކޮށްފައިވާ ހިސާބުތަކުގައިވާ ގޮތުން އެންމެ ގިނަ ބަޔަކު ހައްޔަރު ކުރީ ޏ. ފުވައްމުލަކުންނެވެ. އެ […]

ފާތިމަތު ސިނާޒާ
ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް އާންމު ހާލަތައް ގެނެސްފި

ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް އާންމު ހާލަތައް ގެނެސްފި

ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް އާންމު ހާލަތައް ގެނެސްފިއެވެ. ގައުމީ ދިފާއީ ބާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މަހު 24 އިން ފެށިގެން ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ހިންގަމުން ގެންދިޔަ އޮޕަރޭޝަން މިއަދު ހެނދުނު 6:00 ގައި ނިންމާލާފައިވާ ކަމަށެވެ. ގައުމީ ދިފާއީ ބާރުން މިއަދު އާންމު ހާލަތަށް ގެނައި، އެލާޓް ލެވެލް “ޔެލޯ 2” އަކީ އާންމުކޮށް ސިފައިންގެ އެލާޓް ސްޓޭޓަސް އަށްވުރެ އެއް ދަރަޖަ މައްޗެވެ. ނަމަވެސް ސިފައިންގެ […]

އަލީ އާދިލް
ސަރުކާރުގެ އަމާޒަކީ ވައިގެ ދަތުރުފަތުރުން ރާއްޖެ ގުޅުވާލައި ފަސޭހައިން ދަތުރު ކުރެވޭނެ ގޮތްތަކެއް ހަމަޖައްސައިދިނުން: މިނިސްޓަރ ނަހުލާ

ސަރުކާރުގެ އަމާޒަކީ ވައިގެ ދަތުރުފަތުރުން ރާއްޖެ ގުޅުވާލައި ފަސޭހައިން ދަތުރު ކުރެވޭނެ ގޮތްތަކެއް ހަމަޖައްސައިދިނުން: މިނިސްޓަރ ނަހުލާ

ސަރުކާރުގެ އަމާޒަކީ ވައިގެ ދަތުރުފަތުރުން ރާއްޖެ ގުޅުވާލައި ރައްޔިތުންނަށް ފަސޭހައިން ދަތުރު ކުރެވޭނެ ގޮތްތަކެއް ހަމަޖައްސައިދިނުން ކަމަށް ޓްރާންސް ޕޯރޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. އެކަމަނާ އެހެން ވިދާޅުވީ ރޭ ވީޓީވީ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ޓްރާންސް ޕޯރޓް މިނިސްޓްރީގެ 2019 ވަނަ އަހަރުގެ މަސައްކަތް ތަކާއި، 2020 ވަނަ އަހަރުގެ ތަސައްވަރާ ބެހޭގޮތުން އެކަމަނާ ރޭ ވަނީ ވާހަކަ ފުޅު ދައްކަވާފައެވެ. 2020 ވަނަ އަހަރުގެ އަމާޒު ތަކުގެ ތެރޭގައި އެކަމަނާ ވިދާޅުވީ، [...

ޔުމްނާ ޢަލީ

ޓީމް ގެ ރައްދު: އެއްވެސް މެންބަރަކަށް އޮޅުވާލައިގެން ޗަންދާ ދައްކާކަށް ނުޖެހޭނެ، މިނިސްޓަރު މާ ޅައީ

އެއްވެސް މެންބަރަކަށް އޮޅުވާލައިގެން ޗަންދާ ދައްކާކަށް ނުޖެހޭނެ ކަމަށާއި، ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު މާ ޅައީ ކަމަށް ބުނެ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން މިނިސްޓަރަށް ރައްދު ދީފިއެވެ. TEAM akee Trade Union eh, Union hingan beynunva fund raise kurun onnanee membership dues ge gothuga, mihaaruves TEAM ah chandaa dahkkaa ethah resort workers eh thibeyne, ehves member akah olhuvailaagen adhi majboorun […]

ޔުމްނާ ޢަލީ