ރޯވި ޔޮޓް އަޑިއަށް ހިނގައްޖެ
ކ. ކުޑަވިލިނގިލި ފަޅުގައި އަޅާފައިވާ ޔޮޓެއްގައި ރޯވި އޮސްޓްރޭލިއާގެ ޔޮޓް އަޑިއަށް ހިނގައްޖެއެވެ. އެ ޔޮޓް އަޑިއަށް ގޮސްފައިވަނީ އެ ޔޮޓްގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު ހެނދުނު 9.30 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ. އަލިފާނުގެ ހާދިސާގެ ރިޕޯޓު ލިބުނީ ރޭ ފަތިހު 5:42 ހާއިރު ކަމަށާއި އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު އިން ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.