ސީޕްލޭން ޓާރމިނަލް އޮޕަރޭޓްކޮށް ޖާގަ ދިނުމުގައި އަމަލު ކުރާނެ އުސޫލުތައް ކަނޑައަޅައިފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އަލަށް އިމާރާތް ކުރަމުންދާ ސީޕްލޭން ޓާރމިނަލް އޮޕަރޭޓްކޮށް ޖާގަ ދިނުމުގައި އަމަލު ކުރާނެ އުސޫލުތައް ކަނޑައަޅައިފި ކަމަށް މިއަދު ފިނޭންސް މިނިސްޓްރީއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފިއެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)އިން ތަރައްޤީކުރަމުން ގެންދާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ސީޕްލޭން ޓަރމިނަލްއަކީ ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން ކުރިއަށް ގެންދާ މަޝްރޫއެއްކަމަށާއި އަދި މި މަޝްރޫޢު ކުރިއަށް ގެންދިއުމަކީ އެއަރޕޯޓް ބޮޑުކ...