14 އަހަރުގެ ފިރިހެން ކުއްޖަކަށް އޭނާގެ މަންމަ ޖިންސީ ގޯނާކުރި މައްސަލައެއް ބަލަންފަށައިފި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ 14 އަހަރުގެ ފިރިހެން ކުއްޖަކަށް އޭނާގެ މަންމަ (38އ) ޖިންސީ ގޯނާކޮށް، ބަދުއަހުލާގީ އަމަލު ހިންގާކަމުގެ މައްސަލައެއް މި މަހުގެ ދެވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

Ad
rt

ޖިންސީ ގޯނާ ލިބުނު ކުއްޖާ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިވާ ކަމަށާއި، ފުލުހުން އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

މިކަން ހިނގާފައިވަނީ ރާއްޖޭގެ ދެކުނުގެ ރަށެއްގައެވެ. ކުޑަކުދިންނަށް ކުރާ އަނިޔާ އަކީ މި ފުލުހުން ސީރިއަސް ކޮށް ބަލަމުންދާ މައްސަލަ އެއްކަމުން ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ހާދިސާ ހިންގި އަތޮޅާއި ރަށް ހާމަ ކުރެވެން ނެތްކަމަށް ބުނެފައި ވެއެވެ.

މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައިނުވާއިރު، ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ވަރަށް ސީރިއަސް ގޮތެއްގައި ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.