މާލޭގެ ގ. ހިޔާރޯދިގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.

ގަލޮޅު މޯޗަރީ ކައިރީ ހުންނަ މި ގޭގައި މި ހާދިސާ ހިނގުމުގެ ހައެއްކަ މިނެޓު ކުރިން މީހަކު އެ ގެއަށް ވަންނަ ސީސީޓީވީ ފުޓޭޖް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

Ad
rt

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ލ. މާބައިދޫ، ސަބުނަމްހައުސް، ޙުސައިން ޝަޙްބާން (29އ) އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 22 ވީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ 2026 މާރިޗު 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މި ހާދިސާގައި އެ އިމާރާތަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.

މާލޭގައި ގުދަނެއް ގޮތުގައި ބޭނުންކުރާ ތަނެއްގައި ރޯވެއްޖެ

މި ތަނަކީ ގުދަނެއް ގޮތުގައި ބޭނުންކުރާ ތަނެއް ކަމަށް ވެސް އެންޑީއެމްއޭ އިން ވަނީ ހާދިސާ ހިނގި ދުވަހު ބުނެފައެވެ.

ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ ބަންދުގައި ބެހެއްޓުމަށް 5 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.