ޖޭޑަބްލިއު މެރިއަޓް މޯލްޑިވްސްގައި މަސައްކަތް ކުރާ މީހަކު މޫދަށް ފުންމާލުމުން ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ޖޭޑަބްލިއު މެރިއަޓް މޯލްޑިވްސް އެންޑް ސްޕާގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފެއް ގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފްގެ ނޯދަން އޭރިއާއިން ހަރަކާތްތެރިވާން ފަށާފައި ވާކަމަށެވެ.

Ad
rt

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފްގެ ނޯދަން އޭރިއާއަށް ލިބިފައިވަނީ މިރޭ 22:13 ހާއިރުކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ރިސޯޓުގެ ސީސީޓީވީން ފެންނަ ގޮތުގައި، އެ މީހާ މޫދަށް ފުންމާލީ ފޯނުން ވާހަކަ ދައްކަމުން ގޮސް، އެ ރިސޯޓުގެ ސަޕްލައި ޖެޓީ މަތިންނެވެ. އެހެންވެ، ސިފައިންގެ ކޯސްޓްގާޑާއި ޑައިވަރުންގެ ޓީމުން އޭނާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ރިސޯޓުގެ ސީސީޓީވީން ފެންނަ ގޮތުގައި، އެ މީހާ ފޯނު ކޯލެއްގައި ހުރެފައި ރިސޯޓުގެ ސަޕްލައި ޖެޓީ މަތިން މޫދަށް ފުއްމާލިތަން ފެނިފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި މި މީހާ ހޯދުމުގައި ސިފައިންގެ ކޯސްޓްގާޑާއި ޑައިވަރުންގެ ޓީމުން އޭނާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިހާދިސާގައި މޫދަށް ފުންމާލީ އެރިސޯޓުގައި މަސައްކަތްކުރާ އުމުރުން 30 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށާއި، އޭނާއަކީ އެ ރިސޯޓުގައި އިމާމެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއްކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

މިހާރު މިކަން ހިނގާދިޔަގޮތް ބެލުމަށް ފުލުހުން ހަ