މިވަގުތު ކަރަންޓީނުގައި ތިބީ 809 މީހުން ކަމަށާއި، އައިސޮލޭޝަންގައި ތިބީ 12 މީހުން ކަމަށް ސަރުކާރުން ބުނެފިއެވެ. މިކަން ހާމަކުރެއްވީ މިހާރު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިޔަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 އާއި ގުޅޭ ފަހުގެ މަޢުލޫމާތު ހިއްސާ ކުރަށްވަމުން މަބްރޫކު ވިދާޅުވީ ކަރަންޓީނު ފެސިލިޓީތަކުން 73 މީހުން ދޫކޮށްލާފައި ވާކަމަށެވެ. އަދި މިއަދު 187 ސާމްޕަލެއް ނަގާފައިވާކަމަށާއި، ކަރަން...
ޝިއުނާ އާދަމް
ކޮވިޑް-19 އާ ގުޅިގެން ސޯޝަލް ޑިސްޓެންޓް އަށް ސަމާލުކަން ދިނުމުގެ ގޮތުން ބީއެމްއެލްގެ ބްރާންޗަށް ނުގޮސް، އިންޓަނެޓް ބޭންކިން އަދި އޭޓީއެމް ބޭނުން ކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދިއްޖެ އެވެ. ބީއެމްްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ މި ހަފްތާގެ ތިން ދުވަހު ބީއެމްއެލްގެ ބްރާންޗްތަކާއި ހިދުމަތްދޭ ސެންޓަތައް ހުޅުވާނެކަމަށާ އެހެން ނަމަވެސް އިލްތިމާސަކީ ކޮންމެހެން ބްރާންޗަށް ވަޑައިގެން ހޯއްދަވަންޖެހޭ ހިދުމަތްތައް ފިޔަވައި އެހެން ހިދުމަތްތައް ހޯއްދެވުމަށް އ...
ޖަލްވާން ޖާދުﷲ
ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެގައުމަށް ގެންދިޔުމުގައި ބަންގްލަދޭސްގެ އެހީތެރިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެދިވަޑައިގެންފިއެވެ. މިނިސްޓަރު ޝާހިދު އެގޮތަށް އެދި ވަޑައިގަތީ، ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު އޭކޭ އަބްދުލް މޮމެން އާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފޯނުން ގުޅުއްވައި މިއަދު ދެއްކެވި ވާހަކައިގައެވެ. ދެވަޒީރުން ކުރެއްވި މަޝްވަރާގައި، ކޮވިޑް-19 ރާއްޖޭގައި ފެތުރިއްޖެ ހާލަތެއްގައި ބަލީގެ ނުރައްކާ އެންމެ ބޮޑު އެއް ބަޔަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން...
ޝިއުނާ އާދަމް
ރާއްޖެ ނާދެވި، ހަތަރު ޤައުމެއްގައި ތާށި ވެފައިތިބި ތިބި ދިވެހިން ގެނައުމަށް ގައުމީ އެއާލައިން “މޯލްޑިވިއަން” ގެ ދަތުރުތަކެއް ސްރީލަންކާ އަދި އިންޑިއާގެ ކޮޗިންއަށް ކުރުމަށް ހަމަޖައްސައިފި އެވެ. ނަމަވެސް ލަންކާ މަގުން ރާއްޖެއަށްނަން ގިނަ ދިވެހިން ތަކެއް ތިބުމާއިއެކު ލަންކާއަށް އަށް އަޅާ މިއަދުގެ ފްލައިޓް މިހާރު ފުލް ވެފައިވާ ކަމަށްވެސް މޯލްޑިވިއަނުންވަނީ ބުނެފައެވެ. މެލޭޝިއާގެ ކުއަލަރަމްޕޫރަށާއި އިންޑިއާގެ ޓްރެވެންޑްރަމަށް ވެސް ވަރަށް އަވަހަށް މޯލްޑިވިއަންއިން ފްލައިޓްތައް އަޅާނެ ކަމަށް ފޮރިން މިނ...
ޝިއުނާ އާދަމް
ބަލިމީހާގެ އައިޑީކާޑު ނެތް ހާލަތެއްގައި، އާސަންދައިގެ ޚިދުމަތް ލިބޭނެ ގޮތް އާސަދައިން ހަމަޖައްސައިފިއެވެ. އެގޮތަށް ޚިދުމަތް ދިނުމަށް އެ ކުންފުނިން ކަނޑައަޅާފައި ވަނީ ބަލިމީހާގެ އައިޑީކާޑު އަތުގައި ނެތިއްޖެ ހާލަތެއްގައި، އައިޑީކާޑު ކޮޕީ ނުވަތަ ލައިސަންސް ކާޑާއި ޕާސްޕޯޓު ފަދަ އައިޑީ ނަމްބަރު ފެންނަން އޮންނަ ލިޔުމެއްގެ ފޮޓޯ ހުށަހަޅައިގެން، އާސަންދަ ޕޯޓަލުން ޗެކްކޮށް ވެރިފައި ކުރުމަށްފަހުއެވެ. pic.twitter.com/dksQNfPL6M — Aasandha Company Ltd (@AasandhaLtd) April 4, 2020 އާސަންދައިން ބުނީ ކޮވިޑް-19...
ޝިއުނާ އާދަމް
ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާތީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ފަސްކުރުމަށާއި، އެ އިންތިޚާބާގުޅޭ އެ ނޫން ވެސް ޚާއްޞަ އުސޫލުތަކެއް އެކަށައެޅުމުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވާފައިކަމަށް އެޓާރނީ ޖެނެރަލް އޮފީހުން ބުނެފިއެވެ. “ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020″ގެ ނަމުގައި 10 މާއްދާގެ މައްޗަށް އެކުލެވޭ ބިލު ފަރުމާކޮށްފައި ވަނ...
ޔުމްނާ ޢަލީ
13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު މިއަދު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަން (ކ، އއ، އދ، ވ. އަތޮޅު ހިމެނޭ ޑިވިޝަން) ގެ ރަށެއްގައި 13 އަހަރުގެ އަނަހެން ކުއްޖަކަށް ޖންސީ ގޯނާ ކުރި މައްސަލައެއް މި މމިއަދު ހުށަހެޅިފައިވާ ކަމަށެވެ. އަދި މި މައްސަލާގައި 21 އަހަރުގެ ފިރިހެނަކު ހައްޔަރު ކުރެވިފައިވާ ކަމަސް ފުލުހުން މައުލޫމާތު ދެއެވެ. ކުޑަކުދިންނަށް ކުރާ އަނިޔާއަކީ ފުލުހުން ސީރިއަސް މައްސަލައެއްގެ […]
ޖަލްވާން ޖާދުﷲ
ކޮވިޑް19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ބޭރު ގައުމުތަކުން ރާއްޖެ އަންނަ އެންމެން ކަރަންޓީން ފެސިލިޓީތަކުގައި 14 ދުވަސް ވަންދެން ބޭތިއްބުމަށް އެޗްޕީއޭ އިންވަނީ ނިންމާފައެވެ. އެގޮތުން ފަން އައިލެންޑް ރިސޯޓުގައި ތިބި 49 މީހުންގެ ޓެސްޓުގެ ނަތީޖާތައް ނެގެޓިވް ވުމުން މިއަދު ވަނީ ހޯމް އައިސޮލޭށަނަށް ދޫކޮށްލައިފައެވެ. އެޗްޕީއޭއިން ވިދާޅުވީ، ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ ފަން އައިލެންޑް ރިސޯޓްގައި ތިބި އެ 49 މީހުން ވެސް ވަނީ 14 ދުވަސް ފުރިހަމަ […]
ޖަލްވާން ޖާދުﷲ
އަލަށް އުފަންވާ ކުއްޖެއް ނަމަ ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ ނުވަތަ މުއްދަތު ހަމަވެފައިވާނަމަ، އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގް ލައިސަންސް ނުވަތަ 2020 ޖެނުއަރީ 1 ވަނަ ދުވަހުގެ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ނަންބަރަށް ބައްލަވައި ޚިދުމަތް ފޯރުކޮށްދެވޭ ގޮތް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ހަމަޖައްސައި ދީފިއެވެ. މިގޮތަށް ހަމަޖައްސައި ދެއްވީ 2020 ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމާއި ގުޅިގެން މިއަދު އެ ޑިޕާޓުމަންޓުން ކުރި ޢިއުލާނެއްގައި ބުނީ ކޮވިޑް-19 ފެ...
ޝިއުނާ އާދަމް
ފިޔާ، ބިސް، އަލުވި، މުގު އަދި ޓެކްސީގެ އަގު ކޮންޓްރޯލު ކުރާ ބީދައިން ކުލިވެސް ކޮންޓްރޯލު ކުރެވެން އެބަޖެހޭކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅު ވެއްޖެއެވެ. އަލީ ހުސައިން މިއަދު ކުރެއްވި ޓުވީޓެއްގައި އިތުރަށް ބުނެފައިވަނީ ހަމަގައިމުވެސް ބޭންކު ލޯނު ދައްކާ ނިމިފައި ހުރި ބިލްޑިންގްތައްވެސް މަދެއް ނޫންކަމަށެވެ. ޑިމާންޑް އެންޑް ސަޕްލައި ގެ އުސޫލު ތަކަށްވުރެ ރައްޔިތުންގެ އަސާސީ ބޭނުންތައް މާ މުހިންމު. އަލީ ޙުސައިން ކުރެއްވި ޓުވީޓުގައި ބުނެފައިވެއެވެ. ފިޔާ، ބިސް، އަލުވި، މުގު އަދި ޓެކްސީ...
ޝިއުނާ އާދަމް
ރާއްޖޭގެ ހުރިހާ ޓޫރިސްޓް ފެސިލިޓީތަކަކުން ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް އިޙުތިރާމުކުރުމަށް ޓޫރިޒަމް މިނިސްޓްރީން އަންގައިފިއެވެ. ރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން މިައދު އާންމުކުރި ނޫސްބަޔާނެއްގައި ބުނީ މިހާރު ދުނިޔޭއާއި ރާއްޖޭގައި ވެސް ފެތުރެމުންދާ ކޮވިޑް-19 އާގުޅިގެން ގިނަ ރިޒޯޓުތަކުގެ އޮޕަރޭޝަން ހުއްޓާލުމަށް ނިންމުމުން، ޤާނޫނާއި ޚިލާފަށް ބައެއް މުވައްޒަފުންނަށް ނޯޓިސް ދިނުމަކާނުލައި ވަޒީފާއިން ވަކިކުރުމާއި، މުސާރަ ނުލިބޭގޮތަށް ޗުއްޓީ ނެގުމަށް މަޖުބޫރުކުރަމުންދާކަމުގެ ޝަކުވާތައް...
ޔުމްނާ ޢަލީ
ކޮވިޑް-19 ގެ ސަބަބުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސިޓީގެ މާލެ، ހުޅުމާލެ އަދި ވިލިމާލެ މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް ކަނޑައެޅި މުއްދަތު މިމަހުގެ 11 ވަނަ ދުވަހަށް އިތުރުކޮށްފިއެވެ. އިސްލާމިކް މިނިސްޓަރީން ބުނީ، ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19، ވައިރަސް ރާއްޖެއިން ފެނިފައިވާތީ މިހާރުގެ ހާލަތަށް ރިޔާއަތްކޮށް، އިތުރަށް މި ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށް އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއް ގޮތުން އިސްލާމި ފަތުވާދޭ އެންމެ މަތީ މަޖިލ...
ޔުމްނާ ޢަލީ
ތައުލީމުދޭ ހުރިހާ ތަނެއްގެ ކިޔެވުން މިމަހު ފަސް ވަނަ ދުވަހުން ފެށިގެން އިތުރު އެއް ހަފުތާއަށް ބަންދު ކުރަން ނިންމައިފި އެވެ. ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން އެގޮތަށް ނިންމާފައިވަނީ އޭޕްރިލް 5 ވަނަ ދުވަހުން ފެށިގެން އެއް ހަފުތާއަށެވެ. އެގޮތުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުނު އެންގުމެއްގައި ބުނެފައިވަނީ މާދަމާއިން ފެށިގެން […]
ޝިއުނާ އާދަމް
ބާޒާރުގައި ވިއްކާ ބައެއް ބާވަތްތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައެޅި ކޮންޓްރޯލް އަގަށް ވުރެ ބޮޑުކޮށް ވިއްކާ ނަމަ ބޮޑު ޢަދަދަކުން ޖޫރި މަނާ ކުރަން ސަރުކާރުން ނިންމައިފި އެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ މިވަގުތު އިގްތިސޯދީ ހާލަތު ހުރި ގޮތަށް ރިއާޔަތްކޮށް، ބާޒާރުގައި ވިއްކާ ފިޔާ، އަލުވި، ރީނދޫ މުގު އަދި ބިހުގެ އަގު ކޮންޓްރޯލް ކޮށް، އެބާވަތްތައް އެންމެ ބޮޑުކޮށް ވިއްކޭނެ އަގުތައް ކަނޑައަޅައި، ޢިއުލާން ކޮށްފައެވެ. އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި […]
ޔުމްނާ ޢަލީ
ފިޔާއާއި ބިސް ހިފައިގެން އިންޑިއާއިން ރާއްޖެ ދަތުރުކުރި ބޯޓެއްގެ އިންޖީނުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އަލިފާނުގެ ޙާދިސާ ހިނގާފައިވަނީ އެމް.ވީ ވީބީ ޕްރޮގްރެސް ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއްގެ އިންޖީނުގައިކަމަށެވެ. އެމް.ވީ ވީބީ ޕްރޮގްރެސް ބޯޓުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ ދަންވަރު 00:30 ހާއިރެވެ. އޭރު ބޯޓު ދަތުރުކުރަމުން ދިޔައީ ރާއްޖޭގެ ބޭރު ކަނޑުން ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މި ޙާދި...
ޝިއުނާ އާދަމް