ކޮވިޑް-19 އަށް ރާއްޖޭގައި ފުރަތަމަ ޕޮޒިޓިވްވި މީހާ ރަނގަޅުވެއްޖެ ކަމަށް ސަރުކާރުން ހާމަކުރަށްވައިފިއެވެ.
އެކަން ހާމަކުރެއްވީ ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިހާރު ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލްވުމުގައި އައިޖީއެމްއެޗް ގެ ޑަކްޓަރު، ޑރ. މޫސާ މުރާދެވެ.
ޑރ. މުރާދު ވިދާޅުވީ އެޔާއިއެކުވެސް ފާހަގަ ކުރެވެމުންދާ ކަމަކީ އަދިވެސް ވަރަށް ގިނަ މަސައްކަތް ކުރަން ހުރިކަން ކަމަށެވެ. މިހާރު އަޅާފައި ހުރި ފިޔަވަޅުތަކުގައި އެހާ ބޮޑު ލުއިތަކެއް ގެނެވެން ނެތީ މިނަތީޖާތައް މިހެން އަންނަމުން ދާތީ ކަމަށާއި، އަޅުގަނޑުމެން މިކަމަށް ވަރަށް ހޭލާ ތިބުމަށް ޑރ. ވިދާޅުވިއެވެ.
އަޅުގަނޑުމެން ލުއިކޮށް ނުދެކުމަށާއި، ސީރިއަސްކަން ކުޑަ ނުކުރުމަށްވެސް ޑރ. މުރާދު އިލްތިމާސް ކުރެއްވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކު އަޒިޒު ވިދާޅުވީ މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް 2270 ސާމްޕަލްނެގި، 20 ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މިހާތަނަށް 22612 ސާމްޕަލް ނެގެޓިވް ކަމަށެވެ. އޭގެ ތެރެއިން 38 ސާމްޕަލެއް ނަތީޖާ ނުލިބޭ ކަމަށާއި، މިހާތަނަށް 14 މީހުން ބަލިން ރަނގަޅުވެ، 4 އެކްޓިވް ކޭސް ވާކަމަށެވެ. އަދި ރާއްޖެއިން ޕޮޒިޓިވްވި 2 މީހަކު ރާއްޖެއިން ބޭރުގައި ތިބި ކަމަށެވެ.
ރާއްޖެއިން ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވީ އިނގިރޭސި ވިލާތުން ރާއްޖެއައިސް ރޯޔަލް އައިލެންޑް ކަރަންޓީން ފެސިލިޓީސްގައި ހުރި ދިވެއްސެކެވެ.
ރާއްޖެއިން އެންމެ ފަހުން މިބައްޔަށް މީހަކު ޕޮޒިޓިވްވެފައިވަނީ މިއަދުއެވެ. މިއަދު އަލަށް ޕޮޒިޓިވްވީ ފިލިޕީންސްއިން އައި ދިވެއްސެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!