ރާއްޖޭން ކޮވިޑް 19 އަށް ޕޮޒިޓިވްވި އިތުރު ދެ ދިވެއްސަކު އެބަލިން ރަނގަޅުވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭ އިން މިރޭ ބުނީ ކޮރޯނާ އަށް ޕޮޒިޓިވް ވެގެން ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ފަރުވާދެމުންދިޔަ ދެ ދިވެއްސަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. “އެދެމީހުންގެ ޓެސްޓު ޑަބަލް ނެގެޓިވް ވުމުން ދެ މީހުން ބަލިން ރަނގަޅުވެފައިވާކަމަށް ވަނީ ނިންމިފައި،” އެޗްޕީއެ އިން ބުންޏެވެ. ރާއްޖެއިން މިހާތަނަށް ޖުމްލަ ފަސް ދިވެއްސަކު މި ބައްޔަށް […]
ޝިއުނާ އާދަމް
ކުޑަކުދިންނަށް ކޮވިޑް-19 ގެ މައުލޫމާތު ފޯރުކޮށްދިނުމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ 50 ޖަމްއިއްޔާއަކުން ގުޅިގެން ވާހަކަ ފޮތެއް ތައާރަފް ކޮށްފިއެވެ. އޭރިއޯ ނަމަކަށް ކިއާ ހިޔާލީ ކެރެކްޓަރ އެއް ހިމެނޭ މިވާހަކައިގައި ކުޑަކުދިންނަށް އެކުދިންނާއި އާއިލާ އަދި އެކުވެރިން ކޮވިޑް-19 އިން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ވަނީ ހިމަނާފައެވެ. އަދި ދިރިއުޅުމަށް އަންނަމުން މިދާ ބަދަލުތަކުގެ ސަބަބުން އުފެދޭ އިހުސާސްތަކާއި ނަފްސާނީ ކަންތައްތަކާއި ކުރިމަތިލާނެ ގޮތުގެ މައުލޫމާތު ވެސް ހިމެނެއެވެ. https:/...
އައިމިނަތު ޔުމްނާ
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ ކާށިތަކެއް ނީލަން ކިޔުމަށް ބޭނުންވެގެން އިޢުލާންކޮށްފިއެވެ. މިއަދު އެކައުންސިލުން ކުރި އިޢުލާނުގައި ބުނެފައިވަނީ 07 މާރޗް 2020 ވީ ހޮނިހިރު ދުވަހާއި 21 މާރޗް 2020 ވީ ހޮނިހިރު ދުވަހާއި 04 އޭޕްރީލް 2020 ވީ ހޮނިހިރު ދުވަހު ކާށި ވާ ދޫކޮށް ލިބިފައިވާ ކާށިކަމަށް ބުނެފައިވެއެވެ. އެ ގޮތުން އެކައުންސިލަށް ލިބިފައިވާ ކާށި ނީލަންކިޔުން 23 އޭޕްރީލް 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި އެކައުންސިލް […]
އަލީ އިބްރާހިމް
ފިހާރައެއް ފަޅާލައި ބައިލައްކައެއްވުރެ ގިނަ ރުފިޔާ ވަގަށްނެގި 2 މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ. މާލެގައި ހުންނަ ބިޒްމޮބައިލް ފިހާރަ ފަޅާލި ދެމީިހަކު ހައްޔަރުކޮށްފައިވަނީ މިދިޔަ މާރޗްމަހުގެ 23 ވަނަ ދުވަހައިި އެމަހުގެ 30 ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން ބުނެފައިވަނީ ފުލުހުންނަށް ހުށަހެޅި މިވައްކަމުގެ މައްސަލައިގައި 75000 ރުފިޔާއަށްވުރެން ގިނަ ފައިސާގެ ތަކެތި ވަގަށް ނަގާފައިވާކަމަށް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ހާމަކޮށްފައިވެއެވެ. މީގެއިތުރުން އެތަކ...
އަލީ އިބްރާހިމް
ހުޅުމާލެ ތެރެއަށް ކުނި ނޭޅުމަށާއި، ރަށުތެރެ ސާފުކޮށް ބާއްވައި ދިނުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ. އެޗްޑިސީއިން ބުނީ އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކްގެ ބާވަތްތައް ބޭނުންކުރުން މަދު ކުރުމަށާއި، މޫދޫ، ގޮނޑުދޮށް މަގުތަށް ނުވަތަ ދިރިއުޅޭ ސަރަހައްދަށްވިއަސް ކުނިއެޅުން ހުއްޓާލުމަށް އިލްތިމާސް ކުރާ ކަމަށެވެ. މިކަން ހާމަކޮަށް އެޗްޑީސީއިން ކުރި ޓުވީޓްގައި ބުނެފައިވައިގޮތުގައި ހޯމަ ދުވަހު ހުލުމާލެ ފަޅުތެރެއިން އެކަނިވެސް ބޮޑެތި 20 ޖަމްބޯ ބޭގްގެ ކު...
އައިމިނަތު ޔުމްނާ
ކޮންސްޓްރަކްޝަން ސާމާނާއި ހާޑްވެއާ ސާމާނު އެތެރެކުރާ ރާއްޖޭގެ ވިޔަފާރި ކުންފުންޏެއްކަމަށްވާ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ އޮފީހުގެ ތިޖޫރީ ފަޅާލައި 2 މިލިއަނަށްވުރެ ގިނަ ފައިސާ ވަގަށް ނަގައިފިއެވެ. އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ފުލުހުންނަށް މި މައްސަލަ ރިޕޯޓްކޮށްފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައި ކަަމަށެވެ. އެގޮތުން އެޕޯލޯ ހޯލްޑިންގްސްގެ އޮފީސް ފަޅާލައި، އޮފީހުގައި ހުރި ތިޖޫރީން 1.7 މިލިއަން ރުފިޔާއާއި، 2،200 އެމެރިކާ ޑޮލަރު ވަގަށް ނަގާފައިވާކަމަށް ރިޕޯޓްތައް...
ޝިއުނާ އާދަމް
މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ފިލިޕީންސުން ރާއްޖެ ގެނައި 47 ދަރިވަރުންގެ ތެރެއިން އެކަކު ކޮވިޑް-19 އަށް ފައްސިވެފައި ވާތީ، ދެން ތިބި ދަރިވަރުންގެ ކަރަންޓީނުގެ މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ. އެކަން ހާމަކުރެއްވީ ކޮވިޑް-19 ގެ އެންމެ ފަހުގެ މަޢުލޫމާތު ދިނުމަށް މިރޭ ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލްވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒެވެ. މަބްރޫކް ވިދާޅުވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ […]
ޝިއުނާ އާދަމް
ޔޫއޭއީގައި ދިރިއުޅޭ ދިވެހިންނަށް އެހީގެ ތަކެތި ހިލޭ ފޮނުވައިދެވޭނެ އިންތިޒާމްތައް ފޮރިންމިނިސްޓްރީ އިން ހަމަޖައްސައިފިއެވެ. އެގޮތުން 17 އޭޕްރީލް 2020 ވާ ހުކުރު ދުވަހު ޔޫއޭއީއަށް މޯލްޑިވިއަން އިން ދަތުރުކުރުމަށް ހަމަޖެހިފައިވާ ކާގޯ ފްލައިޓުގައި ދިވެހި ޢާއިލާތަކުން ފޮނުވަން ބޭނުންވާ ތަކެތި ހިލޭ ފޮނުވައިދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައިކަމަށް ފޮރިންމިނިސްޓްރީ އިން ހާމަ ކުރަށްވައެވެ. އެމިނިސްޓްރީއިން ބުނީ މިއިންތިޒާމް ހަމަޖެއްސީ ކޮވިޑް-19 އާއި ގުޅިގެން ޔޫއޭއީގައި ދިރިއުޅޭ ބައެއް ދިވެހިންނަށް ޒަރ...
ޝިއުނާ އާދަމް
7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި ބަޔާންކުރާ މުއްދަތުގައި ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބު ބޭއްވެން ނެތްކަމަށް ކަނޑައަޅައި، އިލެކްޝަން ކޮމިޝަނުން އެކަން ޢާންމުކޮށް އިޢުލާންކޮށްފިއެވެ. ކުރިން އިންތިޚާބު ފަސްކުރުމާއި ގުޅޭ، އިލެކްޝަން ކޮމިޝަނުން (އީސީ)ގެ 12 މާރިޗު 2020 އިޢުލާނާއި ޙަވާލާދީ، އީސީއިން މިއަދު ކުރި ޢިއުލާންގައި ބުނީ 12 މާރިޗްގެ އިޢުލާނުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަ...
ޝިއުނާ އާދަމް
ރާއްޖެގައި ކޮވިޑް-19 އާއި ގުޅިގެން ނުކުންނަމުންދާ ނަތީޖާއަށް ބަލާއިރު ހޭލާތިބެން ޖެހޭކަން ފެންނަން އޮތްކަމަށާއި، މި ބައްޔާއި މެދު ސީރިއަސްކަން ކުޑަ ނުކުރުމަށާއި ލުއިކޮށް ނުނެގުމަށް ކޮވިޑް-19 ޓާސްކް ފޯހުގެ އައިޖީއެމްއެޗް ގެ ޑަކްޓަރު، ޑރ. މޫސާ މުރާދު އިލްތިމާސް ކުރަށްވައިފިއެވެ. ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ރޭ ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. މުރާދު ފިލިޕީންސުން ރާއްޖެއައި ދިވެއްސެއް ކަރަންޓީނުގެ މުއްދަތު ހަމަކޮށް، ޑަބަލ...
ޔުމްނާ ޢަލީ
ކަރަންޓީން ފެސިލިޓީސްތަކުން ދޫކުރާ މީހުންނާއި މެދު ތަފާތު ކުރާ ވާހަކަ އަޑުއިވޭ ކަމަށާއި، އެހެން އެކަން ނުކުރުމަށް ކޮވިޑް-19 ޓާސްކު ފޯހުގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު އެދިވަޑައިގެންފިއެވެ. ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ރޭ ދަރުބާރު ގޭގައި ހުންނަ ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ކަރަންޓީނު ފަސެލިޓީއަކަށް ނުގޮސް މުޖުތަމައު ތެރޭތިބި އެންމެންނަށް ދަންނަވާލަން އޮތީ، ކަރަންޓީނު ފެސިލި...
ޝިއުނާ އާދަމް
އެންދަމަން ފީނި މީހަކު ހާލުބޮޑުވެގެން ސިފައިން އެހީތެރި ވެއްޖެ ގދ. ތިނަދޫއާ 24 ނޯޓިކަލް މޭލު ބޭރުން އެންދަމަން ފީނި މީހަކު ހާލު ބޮޑުވެގެން އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު ގދ. ތިނަދޫއަށް ގެންގޮސްދީފިއެވެ. މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 22:13 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އަދި އެ ރިޕޯޓު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް ލިބުމާއެކު މެޑިކަލް ސްކޮޑަކާއެކު ތިނަދޫ، ސީއެމްބިއުލާންސް ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައި ކަމަށްވެސް އެމްއެންޑީއެފުން...
ޝިއުނާ އާދަމް
ބެންކޮކްގައި ދިރިއުޅޭ ދިވެހިންނަށް އެހީގެ ތަކެތި ހިލޭ ފޮނުވައިދެވޭނެ އިންތިޒާމްތައް ފޮރިންމިނިސްޓްރީ އިން ހަމަޖައްސައިފިއެވެ. އެގޮތުން 16 އޭޕްރީލް 2020 ވާ ބުރާސްފަތި ދުވަހު ބެންކޮކްއަށް މޯލްޑިވިއަން އިން ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓުގައި ދިވެހި ޢާއިލާތަކުން ފޮނުވަން ބޭނުންވާ ތަކެތި ހިލޭ ފޮނުވައިދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައިކަމަށް ފޮރިންމިނިސްޓްރީ އިން ހާމަ ކުރަށްވައެވެ. އެމިނިސްޓްރީއިން ބުނީ މިއިންތިޒާމް ހަމަޖެއްސީ ކޮވިޑް-19 އާއި ގުޅިގެން ބެންކޮކްގައި ދިރިއުޅޭ ބައެއް ދިވެހިންނަށ...
ޝިއުނާ އާދަމް
ކޮވިޑް-19 ގެ ބިރުވެރިކަން ފިލާ ނުދާ ކަމަށާއި، ރާއްޖެ ވަށައިގެންވަނީ ތޫފާނެއް ފަދަ ބިރުވެރިކަމެއް ކަމަށް ވިދާޅުވެ، ކޮވިޑް-19 އިން ރައްކާތެރި ވުމަށް ދޭ ސަމާލުކަން ކުޑަ ނުކުރުމަށް ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކު އަޒީޒު އިލްތިމާސް ކުރަށްވައިފިއެވެ. ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިރޭ ދަރުބާރު ގޭގައި ހުންނަ ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ މިއަދުވެސް ދުނިޔެއިން 1.8 މިލިއަނަށް ވުރެ […]
ޔުމްނާ ޢަލީ
ކުރެއްދޫގައި ތިބި އެންމެން ރިސޯޓުން ބޭރުވުމުގެ ހުއްދަދޭނީ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ފަހު ކަމަށް ސަރުކާރުން ބުނެފި އެވެ. ކޮވިޑް-19 ޓާސްކް ފޯހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކުކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ކުރެއްދޫ ކޭސްގެ މައްސަލައާ ގުޅިގެން މިހާރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމާފައި ވަނީ އެ ރިސޯޓުން މީހުން ފޭބުމުގެ ކުރިން އެންމެން ވެސް ކޮވިޑް19 އަށް ޓެސްޓް ކުރަން ކަމަށެވެ. “މިއަދަށް ދުވަސް […]
ޝިއުނާ އާދަމް