ބޮޑު ގަސްގަނޑެއް ކަނޑުމަތީ އޮޔާ ދާތީ ސަމާލު ވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މާލެ ސިޓީގެ އިރު ދެކުނު ކަންމަތިން ބޮޑު ގަސް ގަސް ގަނޑެއް އޮޔާ ދަމުން ދާކަމަށެވެ.

Ad
rt

މިސަރަހައްދުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރަށްވައެވެ.

އިއްޔެ އެމްއެންޑީއެފުން ވަނީ އަލިހުރަސް ކަނޑުތެރެއިން މި ދިގުމިނުގައި ގާތްގަނޑަކަށް 100 ފޫޓު ހުރި ދަގަނޑު ބާޖެއް އޮޔާދާކަމުގެ މަޢުލޫމަތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާތީ އެ ސަރައްޙައްދުން ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށްވެސް އިލްތިމާސް ކޮށްފައެވެ.