ހުޅުމާލެ ތެރެއަށް ކުނި ނޭޅުމަށާއި، ރަށުތެރެ ސާފުކޮށް ބާއްވައި ދިނުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޑިސީއިން ބުނީ އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކްގެ ބާވަތްތައް ބޭނުންކުރުން މަދު ކުރުމަށާއި، މޫދޫ، ގޮނޑުދޮށް މަގުތަށް ނުވަތަ ދިރިއުޅޭ ސަރަހައްދަށްވިއަސް ކުނިއެޅުން ހުއްޓާލުމަށް އިލްތިމާސް ކުރާ ކަމަށެވެ.

Ad
rt

މިކަން ހާމަކޮަށް އެޗްޑީސީއިން ކުރި ޓުވީޓްގައި ބުނެފައިވައިގޮތުގައި ހޯމަ ދުވަހު ހުލުމާލެ ފަޅުތެރެއިން އެކަނިވެސް ބޮޑެތި 20 ޖަމްބޯ ބޭގްގެ ކުނި ވަނީ ނަގާ ސާފު ކޮށްފައެވެ.

މީގެ ދުވަސްތަކެއް ކުރިން ހުޅުމާލެ ފަޅުތެރެއަށް ގިނައަދަދެއްގެ ކުންޏާއި ޕްލާސްޓިކް ފުޅި އުކާފައިވާ ތަން ފެންނަ ފޮޓޯތަކެއް ވަނީ މީސް މީޑިއާގައި ދައުރުވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް، ރައްކާތެރިވުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ކެފޭ ރެސްޓޯރަންޓުތައް ބަންދު ކުރުމާއި ގުޅިގެން ގިނަމީހުން ކެފޭ ރެސްޓޯރެންޓުތަކުން ޓޭކްއަވޭ ހެދުމަށްފަހު އުކާލެވޭ ތަށި އަދި ފެންފުޅި ފަދަ ތަކެތި މަގުމައްޗާއި، ގޮނޑުދޮށާއި އަދި މޫދަށް އެއްލާލުމުގެ ބަދަލުގައި ކޮންމެ ބޭފުޅަކުވެސް ހަމަޖެހިފައިވާ އުޞޫލުގެމަތިން ކުނިއުކުމުން ރަށުތެރޭގެ ސާފުތާހިރުކަން ދެމެހެއްޓޭނެއެވެ.