މާލެއިން 3 ވަނަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެކަމާ ގުޅޭގޮތުން އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ، ބުދަ ދުވަހު މާލެއިން ފުރަތަމަ ޕޮޒިޓިވްވި މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި ފަރާތެއްގެ ސާމްޕަލްގެ ނަތީޖާ ލިބިފައިވާ ކަމަށާއި، އޭނާ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

Ad
rt

އެއާއެކު މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 3 އަށް އަރާފަައެވެ.

މާލެއިން 3 މީހުން ޕޮޒިޓިވްވެފައިވާއިރު، ބުދަ ދުވަހުގެރޭ އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި 14 މީހަކު ހުޅުލޭ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަދި މި 14 މީހުންނަކީ މިއަދު މާލެއިން ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓުންކަމަށް ބުނެފައިވެއެވެ.

ތިންވަނަ މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން އެޗްޕީއޭއިން އިތުރަށް ބުނެފައިވަނީ އެމީހާ މިހާރު ހުރީ އައިސޮލޭޝަން ފެސިލިޓީގައި ކަމަށާއި މިއާއި އެކު ދިވެހިންނަށް މިބަލި ޖެހުނު އަދަދު 8 ކަށް އަރާފައިވާކަމަށް ބުނެފައިވެއެވެ.