ކޯވިޑް-19 ގެ ސަބަބުން ސްކޫލްތައް ބަންދުކޮށްފައި ވާތީ، އެޑިޔުކޭޝަން މިނިސްޓްރީއިން ކުރިއަށް ގެންދިޔަ ޓެލިކިލާސްތައް މެދު ކަނޑާލައިފިއެވެ.
އެކަމާއި ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީއިން ބުނީ 2020 އޭޕްރިލް 15 ގެ މެންދުރުފަހު 3:30 ގެ ފަހުން ފެށިގެން 24 ގަޑިއިރުގެ މުއްދައްތަކަށް މާލެ ސަރަހައްދު ފުރަބަންދުކުރުމާއި ގުޅިގެން މާދަމާއިން ފެށިގެން ވަކި ގޮތެއް އަންގަންދެން ޓެލިކިލާސްތައް މެދުކަނޑާލެވިފައިވާ ކަމަށެވެ.
2020 އޭޕްރިލް 15ގެ މެންދުރުފަހު 3:30ގެ ފަހުންފެށިގެން 24 ގަޑިއިރުގެ މުއްދައްތަކަށް މާލެ ސަރަހައްދު ފުރަބަންދުކުރުމާއި ގުޅިގެން މާދަމާއިން ފެށިގެން ވަކި ގޮތެއް އަންގަންދެން ޓެލިކިލާސްތައް މެދުކަނޑާލެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަން.
— Ministry of Education (@MoEdumv) April 15, 2020
އެޑިޔުކޭޝަނުން ކުރިއަށް ގެންދިޔަ ޓެލިކިލާސްތައް ކީ ސްޓޭޖް 1 އަދި 2 އަށް ފެށީ މިހަފުތާގައިއެވެ. އޭގެ ކުރިން އެހެން ގްރޭޑް ތަކަށްވަނީ ޓެލިކިލާސްތައް ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!