އދ. އަތޮޅު މަންތާ ޕޮއިންޓަށް މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު، ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވެއްޖެއެވެ. މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ 2026 އޭޕްރީލް 1 ވާ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ އެދުވަހުގެ ހެނދުނު 09:59 އެހައިކަންހާއިރުއެވެ. މި ހާދިސާގައި މަރުވެގައި ވަނީ ޖަރުމަނު ވިލާތަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއެކެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، މިކަމުގައި އިހުމާލެއް އޮ...
ޔުމްނާ ޢަލީ
މާލެއިން ށ. މާއުނގޫދުއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ށ. މާއުނގޫދޫ / ނިރޮޅު، އަޙްމަދު ނަޢީމް (48އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މާއުނގޫދޫ ޕޮލިސް ގުޅިގެން މިދިޔަ މާރިޗު މަހުގެ 30 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި އަޙްމަދު ނަޢީމް ހައްޔަރު...
ޔުމްނާ ޢަލީ
އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލުތަކުން ސަރުކާރަށް ކުރިމަތިކުރާ ހުރަސްތަކުގެ ސަބަބުން ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ ދާއިރާއިން އަތޮޅުތެރޭގައި ހިންގަން ނިންމާފައިވާ މަޝްރޫއުތައް ނުހިންގި އަހަރެއްހާ ދުވަސްވެފައިވާތީ އެކަމުގެ ކަންބޮޑުވުން ވަޒީރު އާދަމް ނަޞީރު ފާޅުކުރައްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެން ގަލޮޅު ދެކުނު ދާއިރާގައި އިއްޔެ ކުރިއަށްގެންދެވި ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ވަނީ ދ...
އައިޝަތު ޢާދަމް
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް އަންނަ ހޮނިހިރުދުވަހު ނަގާ ވޯޓަށް އިދިކޮޅު އެމްޑީޕީންގެ ލީޑަރޝިޕުން ދެކޮޅު ހަދަނީ ސިޔާސީ ޕްރެޝަރާ ހެދި ކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިގްބާލު އާދަމް ވިދާޅުވެއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވި ގަލޮޅު ދެކުނު ދޮރުން ދޮރަށް ހަރަކާތުގެ ޚާއްޞަ ކަވަރޭޖްގައި ވާހަކަދައްކަވަމުން އިގްބާލް ވިދާޅުވީ، ސިޔާސީ މައިދާނުގައި މަސައްކަތް ކު...
އައިޝަތު ޢާދަމް
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓުގެ ސުވާލު އޮތީ ގާނޫނާ އެއްގޮތަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ގާނޫނީ ވަކީލް އައިކް އަހުމަދު އީސަ އާއި ގާނޫނީ ވަކީލް އިބްރާހިމް ޝިޔާމްގެ ފަރާތުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންނާ ކުރުމަށް ކަނޑައަޅާފައިވާ ސުވާލަކީ ގާނޫނު އަސާސީއާ ހިލާފް ސުވާލެއް ކަމަށް ބުނެ އެ ވޯޓު […]
ހުސައިން ހަބީބް
މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕްގައި، ދަރިވަރުން ބޭނުންވާ ކޮންމެ ދާއިރާއަކުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބޭގޮތަށް އުސޫލު ބަދަލުކޮށް އިއްޔެ ގެޒެޓްކޮށްފިއެވެ. ކުރިން މި ސްކޮލަރޝިޕް ލިބެނީ ހަމައެކަނި ސަރުކާރުން ކަނޑައަޅާ ވަކި ދާއިރާތަކަކުން ނެވެ. ނަމަވެސް، އަލަށް ގެޒެޓްކުރި އުސޫލާއެކު ދަރިވަރުން ބޭނުންވާ ކޮންމެ ރޮނގަކުންވެސް މަތީ ތަޢުލީމު ހާސިލުކުރުމުގެ މަގު މިހާރު ވަނީ ފަހިކޮށްދީފައެވެ. ހައި އެޗީވަރސް ސ...
ޔުމްނާ ޢަލީ
ށ. ފުނަދޫއިން އެ އަތޮޅު މިލަންދުއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ށ. ފުނަދޫ، ތަނޑިނޫމާގެ، މޫސާ ސިރާޖް (40އ) އެވެ. ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ މިލަންދުއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 29 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަނަކީ ފުލުހުންގެ ކައުންޓަ...
ޔުމްނާ ޢަލީ
ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް އާއްމުން ކޮށްފައިވާ ޚަރަދު އަނބުރާ ދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދު ތަންފީޒުކުރުމުގެ ގޮތުން، ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑާލައިފިއެވެ. މިކަމާ ގުޅޭ ތަފްސީލް ހާމަކުރައްވައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފްލެޓުތަކުގެ ވެރިންނަށް ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވަނީ، ފްލެޓުގެ ފިނިޝިންއާ ގުޅިގެން ކޮންމެ ފްލެޓަކަށް ކަނޑައަޅާފައިވާ 200,000 ރުފިޔާގެ ޑިސްކައުންޓު ނ...
ޔުމްނާ ޢަލީ
އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދޭ ދާއިރާ ފުޅާކުރައްވައި، 1 އެޕްރީލް 2026 އިން ފެށިގެން އިތުރު ހާލަތްތަކުގައި އާސަންދަ މެދުވެރިކޮށް އެ ޚިދުމަތް ފޯރުކޮށްދެއްވުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ، އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އާސަންދަ ސްކީމް މެދުވެރިކޮށް އެމްބިއުލާންސްގެ ޚިދުމަތް މިހާރު ފޯރުކޮށްދެމުން...
ޔުމްނާ ޢަލީ
އަންނަ މަހު ހަތަރު ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއިންތިޚާބުގައި ހއ. އިހަވަންދޫ ކައުންސިލަށާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އަށް ވާދަކުރާ މިނިވަން ކެންޑިޑޭޓުންގެ ޓީމަށް ރައްޔިތުންގެ މަޖިލިހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ތާއީދުކުރަށްވައި، އެ ކެންޑިޑޭޓުންގެ ކެމްޕޭނަށް ނުކުންނަވައިފިއެވެ. އިހަވަންދޫ ކައުންސިލަށް ވާދަކުރާ މިނިވަން ކެންޑިޑޭޓުންގެ ޓީމަކީ އެރަށުގެ މިހާރުގ...
ޔުމްނާ ޢަލީ
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގެ ހުކުމް މާދަމާ އިއްވަން ތާވަލްކޮށްފި އެވެ. ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ފެންނަ ނުފެންނަ ވޯޓު ނެގުމަށް ނިންމާފައިވަނީ އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު އެވެ. ގާނޫނީ ވަކީލުން ކަމަށްވާ އިބްރާހިމް ޝިޔާމް އާއި އައިކު އަހުމަދު އީސާގެ ފަރާތުން […]
ހުސައިން ހަބީބް
ސައިކަލު ވިއްކާކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ މައްސަލައެއްގައި، ކުންފުންޏަކާއި އެ ކުންފުނީގެ ވެރިޔާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. ފުލުހުންގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް އިން މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްފަހު، ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ 2026 މާރިޗު 03 ވަނަ ދުވަހުއެވެ. ދައުވާކުރަނީ ކިންގްސްޓަން ހޯލްޑިންގްސް އާއި އޭގެ ވެރިޔާގެ މައްޗަށް މި މައްސަލާގައި ދައ...
ޔުމްނާ ޢަލީ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން މާލޭ ސަރަޙައްދުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، ގޯތީގައި ގެދޮރު އިމާރާތްކުރުމުގެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ހައުސިންގ ޔުނިޓަށް އެދުމުގެ ފުރުޞަތު ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަސް ތެރޭގައި ހުޅުވާލާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބިންވެރިޔާ މަޝްރޫޢުން ގޯތި ލިބިފައިވާ ފަރާތްތަކަށް ހައުސިންގ ޔ...
ޔުމްނާ ޢަލީ
ސްކޭމްކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދި ތަފާތު މައްސަލަތަކަކާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ. މި މައްސަލަތަކުގައި ހައްޔަރުކޮށްފައިވަނީ ގދ. ހޯނޑެއްދޫ، ފެހިވިނަމާގެ، އަޒުހީމް ސަޢީދު (36އ) އާއި، ޏ. ފުވައްމުލައް، ދޫޑިގަން، ގޯލްޑަންގޭޓް، ޢަލީ ޝަފާޒު (31އ) ގެ އިތުރުން ސ. ހިތަދޫ، ކުޅިބަލާގެ، މުޙައްމަދު ޖުނައިދު (47އ) އެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން އަޒުހީމް ސަޢީދު ހައްޔަރުކޮށްފައިވަނީ ސޯޝަލް މީޑިއާ އެކައުންޓެއް ހެކްކޮށް، އެހެން މީހެއްގެ ނަމުގައި އެކައުންޓެއް ހަދައިގެނ...
އަލީ އާދިލް
ލ. ގަމުގައި ފުލުހުންނަށް ހާއްސަކޮށްގެން ބިނާކުރި އެކޮމޮޑޭޝަން އިމަރާތް ރަސްމީކޮށް އިއްޔެ ހުޅުވައިފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި މިއީ އަތޮޅުތެރޭގައި ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށާއި، ފުލުހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދެވުނު މުހިންމު މަޝްރޫއެކެވެ. ލ. ގަމުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އިމަރާތް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން އ...
ޔުމްނާ ޢަލީ