މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފަރުމާކުރެއްވި “މާލޭ ޓެކްސީ ލައިން” ގެ ޚިދުމަތް މިރޭ ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ. “މާލެ ޓެކްސީ”ގެ ހިދުމަތް ފައްޓަވައި ދެއްވީ، ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި މިކަމަށް ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަ...
ޔުމްނާ ޢަލީ
މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ތަރައްޤީކޮށްފައިވާ ސްކޭޓް ޕާރކް އެރީނާ ރަސްމީކޮށް ހުޅުވައިފިއެވެ. މި ޕާކު ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒުއެވެ. ސްކޭޓް ޕާރކް އެރީނާ ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތަށް ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އުސްފަސްގަނޑު ސަރަހައްދަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބުދުﷲ ރާފިޢުއެވެ. މި ރަސްމިއްޔާތުގެ ތެރެއިން ސްކޭޓް ޕާރކް ހުޅުވުމަށްފަހު، ތިން އުމުރު ފުރައެއްގެ...
ޔުމްނާ ޢަލީ
ސިޔާސީ ވާދަވެރިކަމެއްގައި، ރައްޔިތުންގެ ޙައްޤުތައް އެކަހެރިކޮށް، ފޮރުވިފައިވާ ސިޔާސީ އެޖެންޑާއެއްގެ ދަށުން ޒިންމާދާރުކަން ކުޑަ ގޮތަކަށް މަސައްކަތްކުރާނެ ކައުންސިލެއް އިންތިހާބު ކުރެވިއްޖެނަމަ އެކަމުގެ ނޭދެވޭ އަސަރު ހުޅުދުއަށް ކުރާނެކަމަށް އެ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ. އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބާ ގުޅިގެން ހުޅުދޫ ދާއިރާގެ ރައްޔިތުންނަށް ފޮނުއްވި ހާއްސަ މެސެޖުގައި މެމްބަރު ވިދާޅުވީ ވޭތުވެދިޔަ ފަނަރަ ވަރަކަށް އަހަރު ހުޅުދޫގެ ރައްޔިތުން ލާމަރުކަޒީ ނިޒާމުގެ ފޮނ...
އައިޝަތު ޢާދަމް
އައްޑޫ ސިޓީ ކައުންސިލަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، އިހުތިރާމް ލިބިގެންވާ މުއައްސަސާއަކަށް ވާންޖެހޭނެ ކަމަށް، އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް މުޝްރިފް ޢަލީ ވިދާޅުވެއްޖެ އެވެ. އައްޑޫ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ އިންތިޚާބުގެ ފޯރިގަދަވެފައިވާ މި ދަނޑިވަޅުގައި، ވޯޓުލާ ފަރާތްތަކުގެ މެދުގައި އުފެދިފައިވާ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ސިޔާސީ ނުފޫޒުން އެއްކިބާވެ އޮތް ތަނެއްގެ ގޮތުގައި ކައުންސިލް ހިންގިދާނެތޯ އުފެދޭ ސުވާލެވެ. އައް...
އައިޝަތު ޢާދަމް
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ބައިނަލްއަގުވާމީ މާލީ ބާޒާރަށް ދޫކޮށްފައިވާ ސުކޫކަށް ދައްކަންޖެހޭ 524.68 މިލިއަން ޑޮލަރު (8 ބިލިއަން ރުފިޔާ) ދިވެހި ސަރުކާރުން މިއަދު ދައްކައި ޚަލާސްކޮށްފިއެވެ. ސަރުކާރުން ހާމަކުރި ގޮތުގައި މި ފައިސާގެ ތެރޭގައި ހިމެނެނީ ސުކޫކުގެ އަސްލު އަގު ކަމަށްވާ 500 މިލިއަން ޑޮލަރާއި، އިންޓްރެސްޓަށްވާ 25 މިލިއަން ޑޮލަރެވެ. މި ބޮޑު ދަރަނި ސަރުކާރުން އަދާކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގ...
އިބްރާހިމް އަސްވާޤް
ކ. ކާށިދޫގައި ފުލުހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި މުހައްމަދު ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ސާޖަންޓް އާދަމް ހަލީމަށް 2012 ވަނަ އަހަރު ހަމަލާދީ އޭނާ މަރާލީ އެރަށު ސުވާސާގޭ ސަމާހު ގޭ ބަންދުގައި ހުއްޓާ ގެއިން ބޭރަށް އޭނާ ނިކުމެ އުޅޭތީ އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދަން އާދަމް ހަލީމް އުޅުމުންނެވެ. ސަމާހުގެ މައްޗަށް ކުށް ސާބިތުވެ، އޭނާ މެރުމަށް ކްރިމިނަލް ކޯޓުން 2013 ވަނަ އަހަރު […]
ހުސައިން ހަބީބް
މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ށ. ފޯކައިދޫއިން މީހަކު ހައްޔަރުކޮށްފިއެވެ. މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ށ. ފޯކައިދޫއިން ހައްޔަރުކުރި މީހާ، ފޮޓޯ: ޕޮލިސް މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ށ. ފޯކައިދޫ / މިއުނިކް، ޢަބްދުﷲ ސާލިމް (32އ) އެވެ. ފުލުހުން ހާމަކުރި ގޮތުގައި އޭނާ ހަ...
ޔުމްނާ ޢަލީ
މި ސަރުކާރުގެ ދައުރުގައި ނިމިގެންދިޔަ ކޮންމެ ދުވަހަކީ ޤައުމު އިސްކޮށްގެން ކުރިއަށްދިޔަ ދުވަހެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރޭ ބޭއްވި ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން މިހާތަނަށް ނިންމަވާފައިވާ ނިންމެވުންތަކަށް ރިޢާޔަތްކުރައްވައި ވިދާޅުވީ، އެފަދަ ގިނަ ނިންމެވުންތަކަކީ އެހާ މަގުބޫލު ނިންމެވުންތަކަކަށް ނުވިޔަސް، އެކަންކަމަކީ ޤައުމަށް އެކަމު...
ޝިއުނާ އާދަމް
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ރައްޔިތުން އޭނާ މޭޔަރުކަމަށް އިންތިޚާބުކޮށްދީފިނަމަ، ގްރޭޓާ މާލެ ސަރަހައްދަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ބޮޑު ތަސައްވުރު ހަގީގަތަކަށް ހެދުމަށް ސަރުކާރާއެކު މުރާލިކަމާއެކު މަސައްކަތް ކުރައްވާނެ ކަމަށް ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ވިދާޅުވެއްޖެއެވެ. ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް މިހެން ވިދާޅުވީ ރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނ...
ޔުމްނާ ޢަލީ
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމުން ސުޕަ މެޖޯރިޓީގެ ނިޒާމަށް ބަދަލު އައިސް، އިންތިޚާބުތަކުގެ މިނިވަންކަން އިތުރުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ވޯޓުގައި އެކަމަށް “ފެންނަ” ކަމަށް ވޯޓު ދޭންޖެހެނީ އެކަމުން ރައްޔިތުންނާއި ޤައުމަށް ބޮޑެތި ފައިދާތަކެއް އޮތުމުން ކަމަށެވެ. މިހާރު އިންތިޚާބ...
ޝިއުނާ އާދަމް
ރައްޔިތުންނަށް ހިދުމަތްދިނުމުގައި މި ސަރުކާރުން ތަފާތުކުރުމެއް ނުގެންގުޅޭކަމަށާއި ސަރުކާރު ތަސައްވުރުގައި ކުލަ ޖެއްސޭނީ ސަރުކާރަށް ތާއީދުކުރާ ކެންޑިޑޭޓުން ހޮވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޢަފޫ ހާމިދު ވިދާޅުވެއްޖެ އެވެ. ކޮންގްރެސް ޕާޓީން ކެނދިކުޅުދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ ކޮންގްރެސް ޕާޓީން ވެރިކަމަށް އައީ ތަސައްވުރަކާ އެކުގައިކަމަށާއި، އަދި މަޖިލިސް އިންތިހާބު ކާމިޔާބުކޮށް މަޖިލީހުގެ ތަޅުމަށް ވަނީ ވެ...
އައިޝަތު ޢާދަމް
ތަކުރާރުކޮށް ކުރީ ސަރުކާރުގެ ވާހަކަ ދައްކަންޖެހެނީ ވެރިކަން ހިންގުމުގައި ގޯސް ހަދާފައި އޮތީމަ ކަމަށާއި މި ހުރިހާ ގޯހެއްގެ ޒިންމާ ނަގަންޖެހޭނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. ކޮންގްރެސް ޕާޓީން ކެނދިކުޅުދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ވޭތުވެދިޔަ އެމްޑީޕިގެ ދެ ވެރިކަމުގައި ގައުމަށް ދީފައިހުރި ގެއްލުންތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވަރަށް ތަފްސީ...
އައިޝަތު ޢާދަމް
މާލެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ގިނަ އަދަދެއްގެ ވިޔަފާރިތަކުން ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލަށް ތާޢީދުކޮށް، އެމަނިކުފާނު އެންޑޯސް ކޮށްފި އެެވެ. މާލެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ގިނަ ވިޔަފާރިތަކަކުން މިއަދު ވަނީ މޫސާ ޢަލީ ޖަލީލާއި އެކު ބައްދަލުވުމެއް ބާއްވާފަ އެވެ. މި ބައްދަލުވުން އޮތީ މާލޭ، މަންހަޓަން ރެސްޓޯރަންޓުގަ އެވެ. މި ބައްދަލުވުމުގައި ވިޔަފާރިތަކުން ވަނީ، މާލެ ސަރަހައްްދުގައި ޙަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ފާހަގަ ކޮށްފަ އެ...
އައިޝަތު ޢާދަމް
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހިންގާ “ބިންވެރިޔާ” ހާއްސަ ސްކީމްގެ ދަށުން ރަސްމާލެއިން ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ފުރުސަތުގެ ދަށުން ރަސްމާލެއިން ދޫކުރުމަށް ހަމަޖެހިފައިވަނީ 1250 އަކަފޫޓުގެ ގޯތިތަކެކެވެ. މި ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހާއްސަކޮށްފައިވަނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތ...
ޔުމްނާ ޢަލީ
ޤައުމަށް ބޭނުންވާ ޓެކްނިކަލް ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް، އެއްވެސް ލިމިޓެއް ނެތި ލޯނުގެ ފުރުސަތު ހުޅުވާލަން ސަރުކާރުން ނިންމައިފިއެވެ. މިކަން އިޢުލާނު ކުރެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރުއެވެ. މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޭ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ކޮންމެ އަހަރަކު ދޫކުރާ ލޯނުގެ މަދުވެގެން 50 އިންސައްތައަކީ ޓެކްނިކަލް...
ޔުމްނާ ޢަލީ