ރައްޔިތުންގެ ގޭގައި މިހާރު ކުރަމުންދާ ބަހުސާމެދު ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހުމަދު ފާއިޒް ހުސެއިންއަށް ޢިލްމީ ނަޒަރަކުން ފެނިވަޑައިގަންނަވާ ނަޒަރިއްޔާތައް ހިއްސާކުރައްވައިފިއެވެ. ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މިކަންކަން ހިއްސާ ކުރަމުން ބުނެފައި ވަނީ މިއީ، ޤާނޫނުގެ ދަރިވަރެއްގެ ހައިސިއްޔަތުން ދައްކާ ވާހަކައެއްކަމަށެވެ. ތިރީގައި މި ހިއްސާކޮށްލަނީ ފާއިޒްގެ ނަޒަރިއްޔާތަކެވެ. ފުރަތަމަ ނަޒަރިއްޔާ: ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ) ގެ ދަށުން އިންތިޚާބުވެގެން، މަގާމުގައި ތިއ...
އަލީ އާދިލް
އިތުރު 19 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1457 އަށް އަރައިފިއެވެ. އެޗްޕީއޭއިން ދެންމެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއިން ބަންގްލަދޭސްގެ 13 މީހުންނާއި އިންޑިޔާ މީހަކާއި ނޭޕާލުމީހެއް ކަމަށެވެ. މިވަގުތު އައިސޮލޭޝަން ފެސިލިޓީސްތަކުގައި 1108 މީހަކު ތިބިއިރު، 1817 މީހަކު ކަރަންޓިން ފެސިލިޓީސްގައިތިބިކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. މިހާތަނަށް ރާއްޖެއިން ވަނީ 20،000 އަށްވުރެ ސާމްޕަލް ވަނީ ނަގާފައ...
ޝިއުނާ އާދަމް
މަގުމައްޗަށް ރޭ ވެއްޓިފައި އޮތް ބިދޭސީއަކު އައިޖީއެމްއެޗަށް ގެންދިޔަ އިރު މަރުވެފައިވާ ކަމަށާއި، އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި ކަމަށް އެންއޯއައިސީ އިން ހާމަ ކުރަށްވައިފިއެވެ. ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ މަގުމައްޗަށް ރޭ ވެއްޓިފައި އޮތް ބިދޭސީއަކު އައިޖީއެމްއެޗަށް ގެންދިޔަ އިރު މަރުވެފައިވާ ކަމަށާއި، އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި ކަމަށެވެ. އެމީހާއަކީ...
ޝިއުނާ އާދަމް
ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ދެން ނަގާނެ ރާޅަކާއިމެދު ތަފާތު ވާހަކަތައް ދެކެވެމުން ދަނިކޮށް އިދިކޮޅުގެ ވިސްނުން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާކަން ދޭހަވާ ފަދަ ޓުވީޓެއް، އިދިކޮޅަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސްގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުރަށްވައިފިއެވެ. މަޖިލިސް މެމްބަރު އަދި ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ކުރަށްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ ދެން އޮތީ ދެ ގޮތެއް ކަމަށާއި، މިޓް ޓާމް އިލެކްޝަނަށް ދިޔުން ނުވަތަ ޕާޓީ ބަދަލު ނުކުރެވޭ ގޮތަށް […]
އަލީ އާދިލް
ސިއްޙީ ނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފަވަނިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ނުވަތަ ފުލުހުންގެ ހުއްދަނެތި ޖަލްސާ ބޭއްވުމާއި މެދު މެމްބަރުން ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ. މިގޮތަށް ކަންބޮޑުވުން ފާޅުކުރެއްވި މެމްބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު ޢަބުދު ﷲ ރިޔާޟު ވަނީ ސިއްޙީ ނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފަވަނިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ނުވަތަ ފުލުހުންގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ ޖަލްސާއަ...
އަލީ އާދިލް
ސިއްޙީ ނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފަވަނިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ނުވަތަ ފުލުހުންގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ ޖަލްސާއަށް ޙާޟިރުވެވެން ނެތްކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެފައި ވަނިކޮށް މަޖިލީހުން އެދިފައިވާ މެމްބަރުންނަށާއި، އިދާރީ މުވައްޒަފުންނަށް މަޖިލިސް ޖަލްސާއަށް ދިއުމުގެ ހުއްދަ ދެމުން ދާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ކުރަށްވާފައިވާ ޓުވީޓެއްގައި ބުނީ ޖަލްސާ އަށް ވަޑައިގެއްނެވުމަށް ހުއްދަދިނުމަށް މަޖިލީހުން އެދިލަށްވާފައިވާ މެމްބަރުއްނާއި އިދާ...
ޔުމްނާ ޢަލީ
ރާއްޖޭގައި ކޯވިޑް-19 ފެތުރުން ވީހާވެސް ކުޑަކުރުމަށް ސަރުކާރުން އަޅުއްވާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުގެ ދަށުން މާލެ ސަރަޙައްދުގައި ދަމަހައްޓާފައިވާ ފުރަބަންދުގެ ހާލަތާއި މެދު ގޮތެއް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ މާލަމުގައި ޖަލްސާތައް ނުބާއްވައި އިތުރަށް މަޑުކުރަން އުނދަގޫ ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިފި އެވެ. އެމަނިކުފާނު މި ގޮތަށް އަންގަވާފައި ވާނެ ކަމަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މ...
އަލީ އާދިލް
މާދަމާ ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ، މަޖިލިސްގައި ބާއްވަން ނިންމައިފިއެވެ. ފުރަބަންދުގެ ސަބަބުން ފަހަކަށް އައިސް މަޖިލިސް ޖަލްސާތައް ބާއްވަމުން އައީ އޮންލައިނުކޮށެވެ. ރައްޔިތުންގެ މަޖިލިސްގެ އިދާރާއިން ބުނީ މި އަހަރުގެ ފުރަތަމަ ދައުރުގެ 40 ވަނަ ޖަލްސާ މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެ ކަމަށެވެ. މާދަމާ ހެނދުނު 11 ޖަހާއިރު ފަށަން ނިންމާފައިވާ މިޖަލްސާގެ އެޖެންޑާ މިހާރު ވަނީ މަޖިލިސްގެ ވެބްސައިޓަށް އަޕްލޯޑް ކޮށްފައެވެ. މަޖިލީހުން މިއަދު ވަނީ ރަ...
ޝިއުނާ އާދަމް
ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 24 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1395 އަށް އިތުރު ވެފައެވެ. އެޗްޕީއޭއިން ބުނީ މިއަދުގެ ހަވީރު 4:30 އާއި ހަމައަށް އިތުރު 24 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ 24 މީހުން ތެރޭގައި ހިމެނެނީ 4 ދިވެއްސަކާއި ބަންގްލަދޭޝްގެ 18 މީހުންނާއި، އަދި އިންޑިއާ ދެ މީހުން ކަމަށެވެ. […]
ޝިއުނާ އާދަމް
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގުޅުން ހުރި، މަސްތުވާ ތަކެތީގެ ބޮޑު މައްސަލައެއްގައި 11 މީހަކަށް ދައުވާކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މަައްސަލަތައް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. ޕީޖީ އޮފީހުން ބުނެފައި ވަނީ މ.ބޮއިލިންގފިޝް، އަޙްމަދު ވިސާމް އިސްވެހުރެ، އިތުރު ބަޔަކާ ބައިވެރިވެގެން 26 މާރިޗު 2020 ދުވަހު “އިރުއަލިމަސް” ކިޔާ ދޯންޏެއްގައި ދިވެހިރާއްޖެއަށް 61 ކިލޯ މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުވާ މައްސަލާގައި 11 މީހަކަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިކަމަށެވެ....
ޝިއުނާ އާދަމް
ށ. މިލަންދޫގައި ހުކުރު ނަމާދުކުރުމުގެ ހުއްދަ ދިނުމަށް ފަހު، ފަހުން ޖަމާއަތް ހެދުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ބާތިލުކުރުމުން އެކަމާއި ކަންބޮޑުވެ ރަށު ކައުންސިލު ދޮށުގައި މީހުން މުޒާހަރާކޮށްފި އެވެ. ފުލުހުން މިއަދު ބުނީ ހުކުރު ނަމާދުކުރުމުގެ ހުއްދަ ދިނުމަށް ފަހު، ފަހުން ޖަމާއަތް ހެދުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ބާތިލުކޮށް ސިޓީއަކުން އެކަން މިލަންދޫ ކައުންސިލަށް އެންގުމުން އެކަން އާންމުކޮށް އިއުލާން ކުރުމާއި ގުޅިގެން އެކަމާއި ހިތްހަމަނުޖެހިގެން 100 ވަރަކަށް މީހުން ކައުންސިލް ދޮށަށް އެ...
ޔުމްނާ ޢަލީ
މިއަހަރުގެ އޮކްޓޯބަރު، ނޮވެންބަރު ގައި ބޭއްވުމަށް ކުރިން ތާވަލުކުރެވިފައިވާ ސާނަވީ ނިންމާ އިމްތިޙާނުތައް 2021 ވަނަ އަހަރުގެ މޭ ޖޫން ގައި ބޭއްވުމަށް ނިންމައި، އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރޭގައި ފަށަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ. އެޑިޔުކޭޝަން މިނިސްޓްރީއިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މިއަހަރުގެ އޮކްޓޯބަރު، ނޮވެންބަރު ގައި ބޭއްވުމަށް ކުރިން ތާވަލުކުރެވިފައިވާ ސާނަވީ ނިންމާ އިމްތިޙާނުތައް 2021 ވަނަ އަހަރުގެ މޭ ޖޫން ގައި ބޭއްވުމަށް ނިންމާފައ...
ޔުމްނާ ޢަލީ
ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން މޮނީޓަރިން ހާލަތަށް ލާފައި ނެތް ރަށްރަށުގައި ހާމަކަން ބޮޑުތަނެއްގައި ބޮޑު ޖަމާޢަތް ހަދައިގެން މާދަމާގެ ފިޠުރު ޢީދު ނަމާދު ކުރެވިދާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ. އިސްލާމިކް މިނިސްޓަރާއި ހަވާލާދީ ދައުލަތުގެ މީޑިއާ “ޕީއެސްއެމްނިއުސް” ގައި ބުނެފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލުމަށްފަހު މިހާރުވަނީ މޮނިޓަރިންގެ ޙާލަތުގައި ނެތް ރަށްތަކުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމ...
ޝިއުނާ އާދަމް
ނ. މަނަދޫން ކޯވިޑް-19 އަށް ޕޮޒިޓިވި މީހުންނާ ގުޅުން ހުރި މީހުންގެ ތެރެއިން ނެގި ސާމްޕަލްތައް ނެގެޓިވްވެފައި ވާކަމަށް ކޯވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ. ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވެފައި ވަނީ މަނަދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާ ގުޅުންހުރި މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓް ކޮށްފައި ވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޕޮޒިޓިވްވި މީހުންނާ، އެެކި ގޮތްގޮތުން ދިމާވި […...
ޝިއުނާ އާދަމް
ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރެއިން އިތުރު 5 މީހުން ރަނގަޅުވެ، ރާއްޖެއިން މިހާރު މިބަލިން ޖުމްލަ 109 މީހުން ރަނގަޅުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މެޑިކަލް އޮފިސަރ ޑރ. އިބްރާޙީމް އަފްޒަލް މިރޭ ވިދާޅުވެއްޖެއެވެ. ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ރަނގަޅުވެފައި ތިބި މީހުންތެރޭގައި 63 ދިވެހިން ހިމެނޭ ކަމަށެވެ. އަދި ބަންގްލަދޭޝްއަށް ނިސްބަތްވާ 23 މީހަކުވެސް […]
ޔުމްނާ ޢަލީ