އިތުރު 19 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1457 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ދެންމެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއިން ބަންގްލަދޭސްގެ 13 މީހުންނާއި އިންޑިޔާ މީހަކާއި ނޭޕާލުމީހެއް ކަމަށެވެ.

Ad
rt

މިވަގުތު އައިސޮލޭޝަން ފެސިލިޓީސްތަކުގައި 1108 މީހަކު ތިބިއިރު، 1817 މީހަކު ކަރަންޓިން ފެސިލިޓީސްގައިތިބިކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. މިހާތަނަށް ރާއްޖެއިން ވަނީ 20،000 އަށްވުރެ ސާމްޕަލް ވަނީ ނަގާފައެވެ.

މިހާރު ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައީ އެކި ފެސިލިޓީތަކުގައި މަސައްކަތްކުރާ މީހުންނާއި، ތޮއްޖެހިގެން މާލޭގައި އުޅޭ ބިދޭސީންގެ ތެރެއިން ނެގޭ ސާމްޕަލްތަކުން ޕޮޒިޓިވްވާ މީހުންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ރޭ ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 232 މީހަކު ބަލިން ރަނގަޅުވެފައިވާކަމަށެވެ. އަދި މިހާތަނަށް ބައްޔަށް ފަރުވާ ހޯދަމުންދަނީ 1200 މީހުންކަމަށެވެ.