ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރެއިން އިތުރު 5 މީހުން ރަނގަޅުވެ، ރާއްޖެއިން މިހާރު މިބަލިން ޖުމްލަ 109 މީހުން ރަނގަޅުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މެޑިކަލް އޮފިސަރ ޑރ. އިބްރާޙީމް އަފްޒަލް މިރޭ ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ރަނގަޅުވެފައި ތިބި މީހުންތެރޭގައި 63 ދިވެހިން ހިމެނޭ ކަމަށެވެ. އަދި ބަންގްލަދޭޝްއަށް ނިސްބަތްވާ 23 މީހަކުވެސް މިހާތަނަށް ރަނގަޅުވެފައިވާކަމަށެވެ. އިތުރަށް ރަނގަޅުވި 24 މީހުންނަކީ ޓޫރިސްޓުންނާއި، އެހެނިހެން މީހުންކަމަށްވެސް ޑރ، އަފްޒަލް ވިދާޅުވިއެވެ.
މިރޭ 7:00 އާއި ހަމައަށް އިތުރު 58 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ކުރިން ވަނީ ބުނެފައެވެ.
ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1274 އަށް އިތުރު ވެފައެވެ. އަދި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. މަރުވީ ތިން ދިވެހިންނާއި ބިދޭސީއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!