ސިއްޙީ ނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފަވަނިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ނުވަތަ ފުލުހުންގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ ޖަލްސާއަށް ޙާޟިރުވެވެން ނެތްކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެފައި ވަނިކޮށް މަޖިލީހުން އެދިފައިވާ މެމްބަރުންނަށާއި، އިދާރީ މުވައްޒަފުންނަށް މަޖިލިސް ޖަލްސާއަށް ދިއުމުގެ ހުއްދަ ދެމުން ދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ކުރަށްވާފައިވާ ޓުވީޓެއްގައި ބުނީ ޖަލްސާ އަށް ވަޑައިގެއްނެވުމަށް ހުއްދަދިނުމަށް މަޖިލީހުން އެދިލަށްވާފައިވާ މެމްބަރުއްނާއި އިދާރީ މުވައްޒަފުއްނަށް ފުލުހުން ހުއްދަ ދެމުން ގެންދަވާ ކަމަށެވެ.
Jalsaa ah vadaigennevumah hudhdhadhinumah Majileehun edhilvvaafaivaa membarunnaai idhaaree muvazzafunnah mi service in migendhanee hudhdha dhemum.
— Maldives Police (@PoliceMv) May 25, 2020
އިތުރު ޓުވީޓެއްގައި ފުލުހުން ބުނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މަޖިލީހުގެ ތަޅުމުގައި ބާއްވަވާނަމަ ފުރިހަމަ ކުރުމަށް އެޗްޕީއޭއިން އިރުޝާދު ދެއްވާފައިވާ ކަންކަން ފުލުހުންވާނީ މަޖިލީހުގެ އިދާރާގައި ދައްނަވާފައި ކަމަށެވެ.
Rayyithunge Majileehuge jalsaaeh majileehuge thalhumugai baavvavaanama furihama kurumah HPA in irushaadhu dhevvaafaivaa kankan Maldives Police Service in vaanee majileehuge idhaaraagai dhannavaafai.
— Maldives Police (@PoliceMv) May 25, 2020
މަޖިލީހުގެ ޖަލްސާއެއް މިއަދު ތަޅުމުގައި ބޭއްވުމަށް މަޖިލީހުގެ ރައީސް ފުރަތަމަ ނިންމަވާފައި ވަނީ އެޗްޕީއޭގެ ހުއްދަ ހޯދުމަކާއި ނުލައެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ރޭ ވިދާޅުވީ ފުރަބަންދުގެ ހާލަތާއި މެދު ގޮތެއް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ މާލަމުގައި ޖަލްސާތައް ނުބާއްވައި އިތުރަށް މަޑުކުރަން އުނދަގޫ ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް އަންގަވައިފި ކަމަށެވެ.
މިއަދު ބާއްވާ މަޖިލިސް ޖަލްސާ ބާއްވަން ތާވަލުކޮށްފައިވަނީ މިއަދު ހެނދުނު 11:00 ގައިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!