ކައުންސިލްތަކުގެ ދައުރު ދަންމާލަން އެކުލަވާލި ޤާނޫނު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 ގެ ދަށުން، ކައުންސިލްތައް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ރޭ އާންމުކުރި އިރު، މިއުޞޫލުގެ ޖަދުވަލު 1 ގައިވާ އެ އުސޫލަށް އަމަލުކުރަން ފެށިއިރު ތިބި ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ ލިސްޓްގައި ބޮޑެތި އޮޅުންތަކެއް ހުރިކަން ފާހަގަ ވެއްޖެއެވެ.
މި އުޞޫލުގެ ތިންވަނަ ބާބުގެ (ހ) ގައި ބުނެފައިވަނީ ކައުންސިލްގެ ރައީސާއި ނައިބު ރައީސަކީ ޤާނޫނު ނަންބަރު: 5/2020 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން
ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނު 2020) ތަސްދީޤުކޮށް އަމަލުކުރަން ފެށިއިރު ކައުންސިލްގައި ހުރި ރައީސާއި ނައިބު ރައީސް ކަމަށެވެ.
މި އުޞޫލުގެ ޖަދުވަލު 1 ގައި، އެ އުސޫލަށް އަމަލުކުރަން ފެށިއިރު ތިބި ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ ލިސްޓް ވަނީ ވަނީ ހިމަނާފައެވެ. ނަމަވެސް އެލިސްޓްގައި ގައި ބޮޑެތި އޮޅުންތަކެއް ހުރިކަން ފާހަގަ ވެއެވެ.
އެ އުޞޫލުގެ ޖަދުވަލު 1 ގައިވާ ލިސްޓްގެ ބައެއް
މިގޮތުން ހދ. އަތޮޅުގެ ބައެއް ރަށްތަކުގައި ހުރި އޮޅުންތަކަށް ބަލާއިރު ހދ. ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ކަމަށް ލިސްޓުގައި ހިމަނާފައި އޮތީ ހދ. ހިރިމަރަދޫ ކައުންސިލްގެ ނައިބު ރައީސްގެ ނަމެވެ. ހދ. ހިރިމަރަދޫ ކައުންސިލްގެ ނައިބު ރައީސްކަމަށް ހިމަނާފައި އޮތީ ހދ. ނައިވާދޫ ކައުންސިލްގެ ނައިބްރައީސްގެ ނަމެވެ. މި ލިސްޓްގައި ހދ. ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ހިމަނާފައިވަނީ ހދ. ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސްގެ ގޮތުގައެވެ. ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުއްލަޠީފް ހަސަން ހިމަނާފައިވަނީ ކުރިނބީ ކައުންސިލްގެ ނައިބު ރައީސްގެ ގޮތުގައެވެ.
މިލިސްޓް ވަރަށް ބޮޑަށް އޮޅުން ބޮޅުންވެފައި ވާއިރު، ނެއްލައިދޫ ކައުންސިލް ނައިބް ރައީސްގެ މަޤާމުގައި ހިމަނާފައި އޮތް އިބްރާހިމް މަޢޫޒަކީ މިހާރު އިސްތިއުފާ ދީފައިވާ ކުރީގެ ނޭކުރެންދޫ ކައުންސިލްގެ މެމްބަރެކެވެ. ފިނޭ ކައުންސިލްގެ ރައީސްގެ ނަމުގައި އެ ކައުންސިލްގެ ނައިބު ރައީސް އަބުދުއްރަޙީމް މުޙައްމަދުގެ ނަން އޮތްއިރު، ލިސްޓުގައި ފިނޭ ކައުންސިލްގެ ރައީސް ޙަސަން ރަޝީދުގެ ނަމެއް ނުވަސް ނެތެވެ. މި ލިސްޓްގައި ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް އޮތީ ނޭކުރެންދޫ ކައުންސިލްގެ ނައިބު ރައީސްގެ ގޮތުގައެވެ. މިނޫންވެސް ރަށްތަކުގެ ރައީސް ނައިބު ރައީސްގެ ނަންތައް މިލިސްޓްގައި އޮޅިފައިވާކަން ފާހަގަ ވެއެވެ.
ޤާނޫނު ނަންބަރު: 5/2020ގެ ދަށުން ކައުންސިލްތައް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު
(04/221/2020އ)
16 ޖޫން 2020https://t.co/C0GG8CvxNz@AfshanLatheef @ShimranAb pic.twitter.com/BkHwdsoKUb— Local Government Authority (@lgaMaldives) June 17, 2020
ކައުންސިލް ތަކުގެ ދައުރު ދަންމާލުމަށް ރައްޔިތުންގެ މަޖިލިސްއިން ފާސްކޮށްފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް 5 ވަނަ އިސްލާހް ގެނައުމުގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލު، ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ތަސްދީޤު ކުރެއްވީ ޖޫން މަހުގެ 2 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!