ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ ބަޔަކު 6.8 ކިލޯގެ ކެނަބިސްއާއެކު ރޭ ހައްޔަރު ކޮށްފި އެވެ.

ރޭ ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 5.6 މިލިއަން ރުފިޔާއަށް އަރައެވެ.

Ad
rt

ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ކައުންޓަރ ނާކޮޓިސް ޓީމުން ރޭގައި ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެއިން 6.8 ކިލޯގެ ކެނަބިސްއާއެކު 3 މީހުން ހައްޔަރުކޮށްފައި ވާކަމަށެވެ.

ރޭގެ އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 5.6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށްވެސް ސީޕީ ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ތިން ދިވެހިން ކަމަށްވެސް ސިޕީ ވިދާޅުވިއެވެ. ނަމަވެސް މި މައްސަލައިގެ އިތުރު ތަފްސީލެއް ހާމަ ކޮއްފައެއް ނުވެއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން މިހާރު އަންނަނީ ބޮޑެތި ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.