ނޫނު އަތޮޅުގައި ބާއްވާ އެންމެ ބޮޑު އަންހެން ފުޓްސަލް މުބާރާތް މިމަހު 26 ގައި ފަށަން ނިންމައިފިއެވެ. ޗެސްޓަރ އިން އިންތިޒާމް ކުރާ ވިމެންސް ފުޓްސެލް 2023 ގުރުއަތުލުމުގެ ރަސްމިއްޔާތު ވަނީ ނ. މަނަދޫ އަސްވާރުގައި ވަނީ ބާއްވާފައެވެ. މިނިވަން ދުވަހާއި ގުޅުވައިގެން ބާއްވަމުން އަންނަ މި މުބާރާތް ބޭއްވިގެންދަނީ މުޅި ނޫނު އަތޮޅަށް ހުޅުވާލައިގެނެވެ. ކޮންމެ އަހަރެއްގެ މުބާރާތްވެސް ބާއްވެމުން އަންނަނީ އިޖްތިމާއީ ކޮންމެވެސް މައްސަލައަކާ ގުޅުވައިލައިގެން ހާއްސަ ޝިޔާރެއްގެ ދަށުންނެވެ، މިއަހަރަށް ހާއްސަކޮށްލެވިފަ...
އަލީ ރިޔާޟް
ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި މައްސަލާގައި ސަސްޕެންޑު ކޮށްފައިވާ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމްގެ ސަސްޕެންޝަންގެ މުއްދަތު އިތުރުކޮށްފި އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިމަހުގެ 12 އިން ފެށިގެން އާދަމް އަލީގެ ސަސްޕެންޝަން އިތުރުކުރުމަށް އަންގާފައިވާނެ ކަމަށެވެ. އޭނާ ސަސްޕެންޑު ކޮށްފައި ވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި ހަސްމަކަށް މެޖިސްޓްރޭޓް އަލީ އާދަމް ގުޅައި މެސެޖުކޮށް ހެދި […]
ޔުމްނާ ޢަލީ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގުތައް ގެއްލޭ ކަމަށް ބުނެ އެ މަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މައްސަލަ އެ ކޯޓުން ބަލައިނުގަތުމަށް ނިންމައިފި އެވެ. މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅީ އެމަނިކުފާނުގެ ޖަލު ހުކުމުގެ އިސްތިއުނާފް ނުނިމި ލަސްވަމުންދާތީ އެމަނިކުފާނުގެ އިންތިހާބީ ހައްގު ގެއްލޭ ކަމަށް ބުނެ އެވެ. ސުޕްރީމް ކޯޓުން މިއަދު ނިންމީ ގާނޫނުގައި ބުނާފަދަ […]
ހުސައިން ހަބީބް
ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 76 އިންސައްތަ މަސައްކަތް މިހާރު ވަނޫ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރަމުން އަންނަނީ މިހާރު ހުރި ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ 90 އިންސައްތަ ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 78,000 ކިއުބިކް […]
އަޙްމަދު ވަހީދު
މާލޭގެ ގެއެއްގެ ތެރޭގައި ގޭސް ފުޅިއެއް ގޮވައި، އަންހެނަކަށް އަނިޔާވެއްޖެއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ މ. ދިލީވިލާގައި ކަމަށެވެ. ގޭސް ފުޅިއެއް ގޮވައިގެން، އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް އެ އިދާރާ އަށް ރިޕޯޓް ލިބިގެން ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވަމުންދާ ކަމަށާއި މި ހާދިސާ ހިނގާފައި ވަނީ ގޭސް ލީކް ވެފައި ހުއްޓާ އުނދުން ރޯކޮށްގެން ކަމަށް ބެލެވޭ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވެއެވެ. އެމްއެންޑީއެފް […]
މުޙައްމަދު އަފްރާޙް
ކުރީގެ އަދާއިގުޅޭ، ” އަހަންނާއެކު ސިޓިންގރޫމަށް ގޮސްލެވިދާނެތަ؟ އެއީ އަހަރެންގެ ވަރަށް ގާތް އެކުވެރިންތަކެއް.. ޔަޝްމީއާ ބައްދަލްކޮށްލަން އެއައީ” ހާރޫން ވާހަކަ ދެއްކީ އާދޭހުގެ ރާގެއްގައެވެ. ޔަޝްމީއަށް ހުރެވުނީ ހާރޫންގެ މޫނަށް ބަލަހައްޓައިގެންނެވެ. ” ޕްލީޒް…” އަނެއްކާވެސް އޭނާ ބުންޏެވެ. އެއާއިއެކު އަވަސް އަވަހަށް ޔަޝްމީ ހާރޫންއަށް ފުރަގަސްދިނުމަށްފަހު ދެއަތް އުރާލިއެވެ. ” ތީގެ މާނައަކީ ނޫނެކޭ ދޯ؟ ” އަސަރާއެކު ހާރޫން އެހެން ބުނުމުންވެސް ޔަޝްމީ އެއްވެސް އެއްޗެއް ނުބުންޏެވެ. އެހެންކަމުން އިރުކޮޅަކު މ...
ސަލާމާ ޢަބްދުލް ޢަލީމް
އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ރަށްތަކަށް ބާއްވާ ފުޓްސަލް މުބާރާތުގައި ޓީމް ހަނިމާދޫއާއި އެންވީކޭއިން ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށްފިއެވެ. މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ މުބާރާތް ބާއްވާ އިހަވަންދޫއަށް ނިސްބަތްވާ ދެ ޓީމް ކަމަށްވާ އެންވީކޭއާއި ބޮޑުމަގެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ އެންވީކޭއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެންވީކޭގެ ޖޯޒީ ނަމްބަރު 12، މުޙައްމަދު […]
އިބްރާހިމް ޚަލީލް
ލީގު ކަޕްގައި އިންޓަ މިއާމީއާއި މެކްސިކޯގެ ކްރޫޒް އަޒުލް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމެންދަނިކޮށް، މެސީ ލަނޑުޖަހައި އިންޓަ މިއާމީ މޮޅުކޮށްދީފިއެވެ. މި މެޗު ނިމިގެން ދިޔައީ 2-1 އިން އިންޓަ މިއާމީ މޮޅުވެގެންނެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އެވޯޑް ހަތްފަހަރު ހޯދާފައިވާ އުމުރުން 36 އަހަރުގެ މެސީ ރޭ މެޗުގެ ފުރަތަމަ އެގާރާގައި ހިމަނާފައި ނުވެއެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އިންޓަ މިއާމީންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު […]
އިބްރާހިމް ޚަލީލް
އުރީދޫ މޯލްޑިވްސް އިން މިއަހަރު ރާއްޖޭގެ ސިޓީތަކުގައި ބޭއްްވުމަށް ހަމަޖެހިފައިވާ މަސް ރޭހުގެ އައްޑޫ ސިޓީ ހޯސްޓް ޕާޓްނަރަކަށް އައްޑޫ ސިޓީ ކައުންސިލް ހަމަޖައްސައިފިއެވެ. އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2023 ގައި ބައިވެރިވާން ހަތަރު ސިޓީން 83 ޓީމަކުން ރަޖިސްޓްރީ ކުރިއެވެ. މިއާއެކު މި އަހަރުގެ އުރީދޫ މަސްރޭސް ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތަށް ކަމަށެވެ. އުރީދޫ މޯލްޑިވްސްގެ […]
އަޙްމަދު ވަހީދު
ސެޕްޓެމްބަރު 9 ގައި ބާއްވާ ރާއްޖޭގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ކެމްޕެއިންގެ ތެރެއިން މާލޭގައި “ދޮރުން ދޮރަށް” ހަރަކާތް މިއަދު ފަށައިފިއެވެ. ޖޭޕީގެ މައި ޖަގަހަ، މ. ކުނޫޒުގައި އެކަމަށްޓަކައި ބޭއްވި ހަފުލާގައި ޖޭޕީއަށް ނިސްބަވެވަޑައިގަންނަވާ ގިނަ އަދަދެއްގެ އާންމު މެމްބަރުންނާއި ލީޑާޝިޕްގެ ބައެއް ބޭފުޅުން ވަނީ ބައިވެެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި ޖޭޕީގެ ރިޔާސީ...
މުޙައްމަދު އަފްރާޙް
އިލެކްޝަންސް ކޮމިޝަނުން ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމުކޮށްފިއެވެ. އެ ކޮމިޝަނުން ވިދާޅުވީ އެ ބިއުރޯ ގާއިމުކޮށްފައިވަނީ އިންތިހާބާއި ބެހޭ މަރުކަޒު (ދަރުބާރުގޭގައި) ކަމަށެވެ. ޝަކުވާ ހުށަހަޅާ ފޯމު އެ ކޮމިޝަނުގެ ވެބްސައިޓުންނާއި އިންތިހާބާއި ބެހޭ މަރުކަޒުންނާއި އެ ކޮމިޝަނުގެ އިދާރާގެ ކައުންޓަރުން ލިބެންހުންނާނެ ކަމަށެވެ. އަދި ރަށްރަށުގެ ރަށު ކައުންސިލް އިދާރާ އަދި އަތޮޅު/ސިޓީތަކުގައި ގާއިމް ކުރެވިފައިވާ އިލެކްޝަންސް ފޯކަލް ޕޮއިންޓް ތަކުން ވެސަް ލިބެންހުންނާނެ ކަމަށެވެ. މީގެ އިތުރުން ރާއްޖެއިން...
މުޙައްމަދު އަފްރާޙް
ރާއްޖޭގައި އެންމެފަހުން ވުޖޫދުވި ސިޔާސީ ޕާޓީ “ދަ ޑިމޮކްރެޓްސް” ގެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 4045 މީހުންނަށް ލިބިފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ. އެ ޕާޓީން ބުނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާ ސުންގަޑި މިއަދު ހަވީރު 4 ޖެހުމާއި ހަމައަށް ހަމަވާނެ ކަމަށެވެ. އެހެންކަމުން ލިންކް މެދުވެރިކޮށް، ޝަކުވާ ބަލައިގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ. އަދި ހުށަހަޅާ ޝަކުވާތައް ބެލުމަށްފަހު ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު […]
މުޙައްމަދު އަފްރާޙް
މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވާދަކުރައްވާ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމު ފުރުމުގެ މަސައްކަތް ފަށައިފިއެވެ. އެ ކޯލިޝަނުން މިހެން ބުނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މާދަމާ އިން ފެށިގެން ހުޅުވައިލުމަށް އިލެކްޝަންސް ކޮމިޝަން (އިސީ) އިން ނިންމައި، އިއުލާނު ކުރުމާއި ގުޅިގެން ނޫސްވެރިން ކުރިމަތިކުރުވި ސުވާލަށް ޖަވާބު ދެމުންނެވެ. އެ ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު (ހީނާ) ވިދާޅުވީ އެ މަސައްކަތް ދަނީ [...
މުޙައްމަދު އަފްރާޙް
ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދޭން އެދިއްޖެއެވެ. އޭނާ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވީ ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ބޭނުންވާ ކަމަށް ޑޮކްޓަރުން ލިޔުމުން ދިނުމުން، ކަރެކްޝަންގެ މެޑިކަލް ބޯޑުން އެ ގޮތަށް ލަފާ ދިނުމުންނެވެ. އަދީބު ނިސްބަތްވާ ސިޔާސީ ޕާޓީ މޯލްޑިވްސް ތާޑުވޭ ޕާޓީ (އެމްޓީޑީ) އިން ބުނެފައިވަނީ އަދީބު އޭނާ ފަރުވާ ހޯދަމުން ދަނީ ނާރުގެ […]
މުޙައްމަދު އަފްރާޙް
މި އަހަރު ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލަން ނިންމައި، އިލެކްޝަންސް ކޮމިޝަނުން އެކަން އިއުލާން ކޮށްފިއެވެ. އީސީ އިން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައިވާ ގޮތުގައި މި އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އެދޭ މީހުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، ޖުލައި 23 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ން ފެށިގެން ހުޅުވައިލުމަށް ވަނީ ނިންމާފައެވެ. އަދި އެ ފުރުސަތު އޮގަސްޓު 7 ވާ ހޯމަ ދުވަހުގެ މެންދުރުފަހު […]
މުޙައްމަދު އަފްރާޙް
ސިންގަޕޫރުގައި ޕާސްޕޯޓު ހިފެހެއްޓި ވާހަކަ، އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު، އަހުމަދު ސިޔާމް (ސަން ސިޔާމް) ގެ ޕާސްޕޯޓް ސިންގަޕޫރުން ހިފެހެއްޓި ވާހަކަ އޭނާ ދޮގުކުރައްވައިފިއެވެ. އޭނާ މިހެން ވިދާޅުވީ ސިންގަޕޫރުގައި ހުންނެވުމަށްފަހު، ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ސިޔާމް ވިދާޅުވީ އެގައުމުގައި އުޅުއްވިއިރު، ޕާސްޕޯޓު ހިފެހެއްޓިކަމެއް ނުވަތަ އެ ގައުމުން އޭނާ ފުރުން ހުއްޓުވިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ ޚަބަރު ލިބުނީ ރާއްޖ...
މުޙައްމަދު އަފްރާޙް
ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދުވެސް ވިއްސާރަ ކުރާނެ ކަމަށް މުސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ. އެ އިދާރާ އިން ވިދާޅުވީ ދެކުނު އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނދު ދެކުނާއި ހުޅަނގުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ އިތުރުން ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް […]
މުޙައްމަދު އަފްރާޙް
މާލޭގައި ހަށި ވިއްކަމުން ދިޔަ ސްޕާއަކުން ބަޔަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މާލޭގައި ހިންގަމުންދިޔަ “އަލޯރާ ސްޕާ އެންޑް ސެލޫން” ހަށި ވިއްކަމުންދިޔަ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތާއި ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަން ހިންގީ ޖުލައި 20 ވަނަ ދުވަހުގެ ރޭ ކަމަށާއި ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަނާއި އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓާއި އިންޓެލިޖެންސް އަދި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ކަމަށް ވެސް ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ...
މުޙައްމަދު އަފްރާޙް