ރައީސް ސާލިހަކީ ދުވާލަކު ގޮތަކަށް ވާހަކަ ދައްކަވާނެ ބޭފުޅެއްނޫން ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ “ދަ ޑިމޮކްރެޓްސް” އިން ރޭ ބޭއްވި ޖަލްސާގައި ރައީސް ސާލިހަށް މަލާމާތް ކުރައްވައި، ހަޖޫ ޖައްސަވައި ދެވަނަ ދައުރެއް ދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި ސާލިހަކީ ކޮންމެ ދުވަހަކު ބޭސް ކާންޖެހޭ ބަލި ބޭފުޅެއް ކަމަށް ވިދާޅުވުމުން އެކަމަށް ރައްދުދެއްވައެވެ. ނަޝީދު ވިދާޅުވެފައިވަނީ ސާލިހު ވަނީ ވެފައިވާ ވައުދުތަކުގެ މަތީން […]
މުޙައްމަދު އަފްރާޙް
ބ. ތުޅާދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. މި ރަސްމިއްޔާތުގައި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙުމަދު އާދިލް އާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ތުޅާދޫގައި އިމާރާތްކުރަން ފަށާ މި ހޮސްޕިޓަލަކީ ރަށުގެ މުޅި އާބާދީ...
އަޙްމަދު ވަހީދު
ސެޕްޓެެމްބަރު މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ އެޖެންޓެއްގެ ގޮތުގައި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ހަމަޖައްސައިފިއެވެ. ޔާމީންގެ އިންތިހާބީ އެޖެންޓެއް މިއަދު އިއުލާން ކޮށްފައިވީ ނަމަވެސް، ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެހެންކަމުން އެމަނިކުފާނަށް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެވޭނެކަމާއިމެދު ވަނީ ޝައްކު އުފ...
މުޙައްމަދު އަފްރާޙް
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުވާދު ތައުފީގުގެ އިތުބާރު ނެތްކަމަށް އެ ކޮމިޝަނުން ފާސްކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަމަށްޓަކައި ބޭއްވި ޖަލްސާގައި އެ ކޮމިޝަންގައި ތިއްބަވާ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ވަނީ ބައިވެރިވެފައެވެ. އަދި ހަތަރު މެންބަރުންގެ ތެރެއިން ތިން މެންބަރުން ވަނީ ފުވާދުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އިލެކްޝަންސް ކޮމިޝަނުގެ ގާނޫނު އޮންނަ ގޮތުން އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިގެން މެމްބަރަކު ނ...
މުޙައްމަދު އަފްރާޙް
ނޯޓް: މިއީ ދިރިއުޅުމުގައި ތަފާތު ތަޖުރިބާތައް ކޮށްފައިވާ މީހުންގެ ޙަޤީޤީ ވާހަކަތަކުގެ ސިލްސިލާއެކެވެ. އުފާވެރި ޙަޔާތަކަށް އުއްމީދު ނުކުރާނީ ކާކު ހެއްޔެވެ؟ ލޯބިން އެކުގައި މުޅި ޢުމުރަށް އުޅޭނެ ބައިވެރިޔަކު ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ ޙަޔާތް އުޖާލާކޮށް، އުނގު ފަޅުފިލުވައިލަދޭނެ ލޯބިލޯބި ދަރިޔަކު ބޭނުން ނުވާނީ ކާކުހެއްޔެވެ؟ ޖަވާބު ވަރަށްވެސް ސާފެވެ. މިއީ ހަމަ ކޮންމެ މީހަކުވެސް ހިތާއި ރޫޙުން ބޭނުންވާނެ ކަންކަމެވެ. ނަމަވެސް އަހަންނަކީ މިހުރިހާ ކަމަކުން މަޙްރޫމްވެފައިވާ އަންހެން ކުއްޖަކީމެވެ. އަދި ޤު...
ސަލާމާ ޢަބްދުލް ޢަލީމް
މިއަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެ މީހެއްގެ އަމިއްލަ ރަށް ނޫން އެހެން ރަށަކުން ވޯޓުލާނަމަ، އެ ރަށަކަށް ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވައިލުމުން މިހައިތަނަށް 2000 އަށްވުރެ ގިނަ މީހުން (ފޯމު) ރީރެޖިސްޓްރީކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ. އެ ކޮމިޝަނުން ވިދާޅުވީ ރީރެޖިސްޓްރޭޝަނަށް ހުޅުވައިލުމުން ފުރަތަމަ ހަތް ދުވަހު 3،400 އަށްވުރެ ގިނަ ފަރާތުން ރީ-ރަޖިސްޓްރީ ވުމަށް ހުށަހަޅާފައިވާ ކަމަށެވެ. ރީ-ރަޖިސްޓްރީވުމަށް ފުރުސަތު މި ޖުލައި މަހުގެ 16 [...
މުޙައްމަދު އަފްރާޙް
ށ. ފުނަދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތު ފްލެޒިންކް ޕްރައިވެޓް ލިމިޓެޑާއެވެ. 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ ކުންފުންޏާ މިމަސައްކަތް ހަވާލުކުރީ 135,877,224.39ރ (ސަތޭކަ ތިރީސްފަސް މިލިއަން އަށްސަތޭކަ ހަތްދިހަ ހަތްހާސް ދުއިސައްތަ ސައުވީސް ރުފިޔާ ތިރީސް ނުވަލާރި) އަށެވެ. މިއީ އަތޮޅުތެރޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކު...
މުޙައްމަދު އަފްރާޙް
މިއހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ މި ޖުލައި މަހުގެ 26 ވާ ބުދަ ދުވަހުގެ ހެނދުނު ބޭއްވުމަށް ނިންމައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ މި ޖަލްސާ އޮންނާނީ އެދުވަހުގެ ހެނދުނު 10 ޖަހާއިރު ސޯޝަލް ސެންޓަރުގައި ކަމަށެވެ. އަދި މިޖަލްސާގައި ރައީސް ސާލިހު ގައުމާއި މުހާތަބު ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން މި ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ […]
މުޙައްމަދު އަފްރާޙް
ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރެއާލް މެޑްރިޑުން މިހާރު އެމެރިކާއަށް ކުރަމުން އަންނަ ދަތުރުގައި އިޓަލީގެ އޭސީ މިލާނާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު ފަހަތުން އަރައި ކާމިޔާބު ކޮށްފިއެވެ. ރެއާލުން މި މެޗު ކާމިޔާބު ކޮށްފައި ވަނީ މިލާނުން ދެ ލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރައި ތިން ލަނޑު (3-2) ޖަހައިގެންނެވެ. މި ޓްރާންސްފާ މާކެޓްގައި ރެއާލާއި ގުޅުނު އައު ކުޅުންތެރިންނަށް މި މެޗުގެ ފުރަތަމަ އެގާރައިން ކޯޗް އަންޗެލޯޓީ ވަނީ ޖާގަ […]
އިބްރާހިމް ޚަލީލް
ޤައުމާއި ދުރުގައި ޢާއިލާއާއި ވަކިން އުޅެންޖެހުނަސް، ކޮންމެ ޙާލަތެއްގައި ވެސް ޤައުމުގެ އަގު ހިފެހެއްޓުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އިލްތިމާސްކުރައްވައިފިއެވެ. ރައީސް މިގޮތަށް އިލްތިމާސް ކުރެއްވީ، މިއަދު ކުރިއަށްދިޔަ ޑް ސްކައު25 ވަނަ ވޯލްޓް ޖަމްބޮރީގައި ބައިވެރިވާ ދިވެހި ވަފުދާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ކުރިއަށްދިޔަ މި ބައްދަލުކޮށްލެއްވުމުގައި ރައީސް ވަނީ، ގައުމާއި ދުރުގައި ޢާއިލާއާއި ވަކިން އުޅެންޖެހުނަސް، އިސްލާމް ދީނު...
ޔުމްނާ ޢަލީ
ކުރީގެ އަދަދާއިގުޅޭ، ” އަހަރެން ރިސޯޓަށް ދަމުންވެސް އިއްބެއަށް ގުޅިން.. ބުނިން ރިސޯޓަށޭ މިދަނީ! ދެން އަހަރެން ނެތިސް އޭނަ އަންނަންވީ ކީއްވެ؟” ހާރޫން އެހެން ބުނުމުން ޔަޝްމީއަށްވެސް ލިބުނީ ހައިރާންކަމެވެ. ” އޭނަ ކީކޯ ކީ؟” ހާރޫން ދެޖީބަށް އަތް ޖަހާލަމުން ޔަޝްމީއަށް ބަލައިލިއެވެ. އޭރު ހާރޫންގެ މޫނުމަތިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާފަދަ އަސަރުތަކެއް ޔަޝްމީއަށް ފެނުނެވެ. އެހެންކަމުން އެކަމާ ހާރޫން ވަރަށް ބޮޑަށް ކަންބޮޑުވިކަން ޔަޝްމީއަށް އެނގުނެވެ. ” ނޭނގެ! ހަނދާނެއް ނެތް […]
ސަލާމާ ޢަބްދުލް ޢަލީމް
އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ރަށްތަކަށް ބާއްވާ ފުޓްސަލް މުބާރާތުގައި މިއަދު ކުޅުނު މެޗުތަކުން ޔުނައިޓެޑް ޔޫތާއި ކުޅިމަގު އަދި ޓީމް ނައިވާދޫ މޮޅުވެއްޖެއެވެ. މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ޓީމް ނައިވާދޫއާއި އެންވީކޭއެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު 2-1 ގެ ނަތިޖާއިން ކާމިޔާބު ކުރީ ނައިވާދޫއިންނެވެ. މި މެޗުގައި ނައިވާދޫއަށް ލަނޑުތައް ޖަހައިދިނީ އަހްމަދު ނިޔާޒާއި ހުސެއިން އަސްލަމެވެ. އެންވީކޭއިން ކާމިޔާބުކުރި ހަމަ...
އިބްރާހިމް ޚަލީލް
ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި މައްސަލާގައި ސަސްޕެންޑު ކޮށްފައިވާ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ. މި މައްސަލައާއި ގުޅިގެން ޖޭއެސްސީން މިއަދު ފުރަތަމަ ނެރުނު ބަޔާނުގައި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމްގެ ސަސްޕެންޝަންގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ވަނީ ހާމަކުރައްވާފައެވެ. ހދ. އިސްމެޖިސްޓްރޭޓް ސަސްޕެންޑު ކޮށްފައި ވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް...
ޔުމްނާ ޢަލީ
މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތޢި ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މި ޖުލައި މަހުގެ 25 ގައ ބޭއްވުމަށް ނިންމައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ މި ބައްދަލުކުރެއްވުން އޮންނާނީ އިސްލާމީ މަރުކަޒު މައިދާނުގައި ކަމަށެވެ. މި ބައްދަލުކުރެއްވުމަށް ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންނާއި، ދައުލަތުގެ އިސްވެރިންނާއި، ދިވެހި ދައުލަތުން ޢިއްޒަތްއަރުވާފައިވާ ބޭފުޅުންނުންނަށް ގެންދަވަނީ ދައުވަތު އަރުވަމުންނ...
މުޙައްމަދު އަފްރާޙް
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2024 ބާއްވާ ރަސްމީ ފަރާތަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ކަން އިއުލާންކޮށްފިއެވެ. މިކަން އިއުލާންކޮށްފައިވަނީ އެމެރެކާގެ ސެންފްރެންސިސްކޯ ގައި 17 ޖުލައި އިން 19 ޖުލައި އަށް ކުރިއަށްގެންދިޔަ މިއަހަރުގެ ކޮންގްރެސް އިވެންޓެއްގެ ތެރެއިންނެވެ. މި އިވެންޓުގައި އެމް.އޭ.ސީ.އެލްގެ ސީއީއޯ އަދި އެމްޑީ މަހްޖޫބު ޝުޖާއު ވަނީ ކޮންގްރެސްގެ ބައިވެރިން ރާއްޖެއަށް ޒިޔާރަތްކުރުމަށާއި ދިވެހި ރާއްޖޭގެ އެވިއޭޝަން އިންޑަސްޓްރީ ބައްލަވާލެ...
މުޙައްމަދު އަފްރާޙް
ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީނާއި ބައްދަލުކުރުމަށް މާފުށީ ޖަލަށް ދިޔަ އެމަނިކުފާނުގެ ވަކީލުންގެ ޓީމަށް ޔާމީނާ ބައްދަލުކުރެވޭގޮތް ނުވުމުން، އެ ކޯލިޝަނުން އެކަން ކުށްވެރިކޮށްފިއެވެ. ޕްރޮގްރެސިވް ކޯލިޝަނުން ބުނީ ޔާމީނާ ބައްދަލުކުރެވޭގޮތް ނުވީ ޔާމީންގެ ވަކީލުންގެ ޓީމުން ޔާމީނާއި ބައްދަލު ކުރުމަށް ދިޔައިރު، ގެންދިޔަ ފައިލް ދައްކަން ދެކޮޅު ހެދުމުން ކަމަށެވެ. އެ ކޯލިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ޔާމީންގެ ވަކީލުންގެ ޓީމާއި ބައްދަލު ކުރުމަށް ވަގުތު ދިނުމަ...
މުޙައްމަދު އަފްރާޙް
ޓާފް ހަލާކުވުމުގެ ސަބަބުން ބޭނުން ނުކުރެވި އޮންނަތާ އެތައް އަހަރެއް ވެފައިވާ ހަނިމާދޫ ފުޓްސަލް ދަނޑު މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ބަޔަކާއި ހަވާލު ކޮށްފިއެވެ. ހަނިމާދޫ ކައުންސިލުން ވަނީ މިކަމުގެ އެއްބަސްވުމުގައި މިއަދު މޯލްޑިވްސް އެޝުއަރ ސަޕްލައި އާއި އެކު ސޮއިކޮށްފައެވެ. މި ޕްރޮޖެކްޓްގެ ދަށުން މަސައްކަތާއި ހަވާލުވީ ފަރާތުން ގްރާސް ޓާރފް، ސިލިކާ ސޭންޑް، ޓާރފް ހިއްޕުމަށް ބޭނުންވާ އެޑެސިވް ޓޭޕް ހަތް ދުވަސްތެރޭ ސަޕްލައި ކޮށްދޭން ޖެހެއެވެ. މި ޕްރޮޖެކްޓަށް ހަނިމާދޫ […]
އިބްރާހިމް ޚަލީލް
ރާއްޖެ އެތެރެކުރަން އުޅުނު 3.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވިދާޅުވީ މިތަކެތި އެތެރެކުރަން އުޅުނީި ކުރިއަރ މެދުވެރިކޮށް ކަމަށެވެ. އަދި މިތަކެތި އަތުލައިގަނެފައިވަނީ ޖުލައި 7 ވަނަ ދުވަހު ކަމަށެވެ. އެ އިދާރާ އިން ވިދާޅުވީ މި ތަކެތި ފެނުނީ ކުރިއަރ ސާރވިސް މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެގެނެސްފައިވާ ޕެކޭޖެއްގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އެތަކެތި އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އެގޮތުން ބަލާ ފާސްކުރެވު...
މުޙައްމަދު އަފްރާޙް