ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދުވެސް ވިއްސާރަ ކުރާނެ ކަމަށް މުސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.

އެ އިދާރާ އިން ވިދާޅުވީ ދެކުނު އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނދު ދެކުނާއި ހުޅަނގުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

Ad
rt

މީގެ އިތުރުން ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަަމަށް ލަފާކޮށްފައިވާއިރު، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ ކަަމަށް ވެސް ވަނީ ލަފާކޮށްފައެވެ. އަދި ރާޅުގެ އުސްމިން 3-6 ފޫޓަށް އުފުލޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

ރާއްޖޭގެ ބައެއް ހިސާބުތަކަށް އިއްޔެ ވެސް މޫސުން ގޯސްވެފައިވާއިރު، ހާއްސަކޮށް މާލެއަށް ވަނީ ވަރަށް ގިނައިރުވަންދެން ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވެފައެވެ.