ސަން ކުންފުނިން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޑޮލަރު ޖަމާކޮށްދިން ކަމަށް އެ ކުންފުނީގެ ކުރީގެ މުވައްޒަފަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ. ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ކުރާއިރު ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ދައުވާ އެވެ. އެ ދައުވާ ކުރަނީ ބޭރުގެ ކުންފުންޏަކަށް ފުއްގިރި ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ […]
ހުސައިން ހަބީބް
މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްް (އެމްޑީއޭ)ގެ ރައީސް، ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް)ގެ ޕާސްޕޯޓު ސިންގަޕޫރުން ހިފަހައްޓާފައިވާކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ. އަޑުތައް ފެތުރިފައިވާ ގޮތުގައި ސިޔާމް ސިންގަޕޫރަށް ވަޑައިގަތީ އޭނާގެ ސަން ޓްރެވަލްސް ކުންފުންޏާ ހިލްޓަންނާ ދެމެދު ސިންގަޕޫރުގެ އާބިޓްރޭޝަންގައި ހިނގާ މައްސަލައާއި ގުޅިގެންނެވެ. އެ ގައުމުން ސިޔާމްގެ ޕާސްޕޯޓު ހިފެހެއްޓިކަމަށް އަޑުތައް ފެތުރިފައިވާތީ އެކަމާއި ގުޅިގެން އެމްޑީއޭގެ ބަހެއް ހޯދުމަށް އެމްޑީއ...
ޔުމްނާ ޢަލީ
ހއ. އުލިގަމު ބަނދަރު ތަރައްގީ ކޮށްދޭނީ ޔޮޓްތައް ކައިރިކުރެވޭ ގޮތަށް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ެކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުލިގަމަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މިގޮތަށް ނިންމެވީ، ޔޮޓު ފަހަރު ކައިރި ކުރެވޭނެ ގޮތަށް އެ ރަށު ބަނދަރު...
މުޙައްމަދު އަފްރާޙް
ހއ. އިހަވަންދޫ މަސްގަންނަ މަރުކަޒުގެ މަސައްކަތް ފަށައި، މަސް ގަންނަ ބަނދަރު ޤާއިމްކުރުމަށް ހަވާލު ކުރަން ނިންމައިފިއެވެ. އިހަވަންދޫގެ އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގައި ބުދަދުވަހުގެރޭ ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އިހަވަންދޫ އަކީ މަސްވެރި ރަށެއް ކަމަށާއި އެއީ މާލެއިން އުތުރުގައި މަސްވެރިކަން ކުރާ އުޅަނދުތައް އެންމެ ގިނަ ރަށް ކަމަށެވެ. އިހަވަންދޫގެ މަސް މަރުކަޒުގެ މަސައްކަތް ލަސްވީ އެ ރަށުގެ ބިން އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ދާތީކަން ހާމަކުރައްވައި ރައީސް ވިދާލުވީ މަސް ގަންނަ މަ...
މުޙައްމަދު އަފްރާޙް
ހއ. ތުރާކުނު ރައްޔިތުންގެ ބޭނުމަށް ވަނގާރު ދޭން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ ގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރިޔާސީ ކެމްޕެއިނަށް ހއ. އަތޮޅުގެ ބައެއް ރަަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސާލިހު ވިދާޅުވި ތުރާކުނާ އެއް ފަޅެއްގައި އޮންނަ ވަނގާރު، ޓޫރިޒަމަށް ނުނަގައި ތުރާކުނު ރައްޔިތުން އެދުނު ގޮތަށް އެ ރަށުގެ އިހުތިސާސްގައި ހިމަނާނެ ކަމަށެވެ. “ޓޫރިޒަމް ތަރައްގީ ކުރުމަށް އަ...
މުޙައްމަދު އަފްރާޙް
ދިވެހިންނަށް ހާސްކަމެއް ނެތް ދިރިއުޅުމެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ލީޑަރު ޤާސިމް އިބްރާހީމްގެ ތަޖުރިބާއިން ކަށަވަރުކޮށްދޭކަމަށް އެމަނިކުފާނުގެ ތަރުޖަމާނު، ކުރީގެ ވަޒީރު ޢަބުދުﷲ އަމީން ވިދާޅުވެއްޖެއެވެ. އަމީން މިހެން ވިދާޅުވީ، ރޭ ވީޓީވީން “ޤާސިމް ކީއްވެ؟” މައުލޫއަށް ގެނެސްދިން ޚާއްސަ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުންނެވެ. މަޝްހޫރު ނޫސްވެރިޔާ އިމާދު ލަތީފް މޮޑަރޭޓް ކުރެއްވި މި ޕެނަލް ޑިސްކަޝަންގައި އަމީން މިހެން ވިދާޅުވީ ރާއްޖޭގެ ސިއްހީ ނި...
ޔުމްނާ ޢަލީ
ކުރީގެ އަދަދާއިގުޅޭ، ސިހިފައި ޔަޝްމީއަށް ހޭލެވުނެވެ. އެއާއިއެކު އެ ބޮޑު ކޮޓަރީގައި އޮތީ އޭނާ އެކަނިކަން ހަނދާންވިއެވެ. އޭނާގެ ހިތަށް ބިރުވެރިކަން ވެރި ކުރުވާކަށް މާ ގިނަ އިރުތަކެއް ނުނެގިއެވެ. މަޑުމަޑުން ތެދުވެ ލޮލު ތެރޭގައި އަވަސް އަވަހަށް ކަޅި ހިންގަން ފެށުނީ ހިތް ބިރުގަންނަ ވަރުންނެވެ. އެނދުން ފައިބައިގެން އޭނާއަށް ހިނގައިގަނެވުނީ ދޮރާއި ދިމާލަށެވެ. އެއާއިއެކު ޓީވީ ކައިރީގައި ހުރި ގަޑިން، މެންދަމުން އަލިވެ ތިނެއް ޖަހާފައި ހުރިތަން ފެނި އިތުރަށް ބިރުގަތެވެ. ކޮޓަރީގެ ދޮރު […]
ސަލާމާ ޢަބްދުލް ޢަލީމް
ހއ. އިހަވަންދޫގެ ޢުމްރާނީ ތަރައްޤީއަށް ސަރުކާރުން ކުރިޔަށްގެންދިޔަ ހަތަރު މަޝްރޫޢުއެއް އިއްޔެ އިފްތިތާޙްކޮށްފިއެވެ. މި މަޝްރޫޢުތައް އިފްތިތާޙްކޮށް ދެއްވީ ރައީސް އިބްްރާޙީމް މުޙައްމަދު ޞާލިޙް އިއްޔެ ހއ. އަތޮޅަށް ފެއްޓެވި ކެމްޕޭން ދަތުރުގެތެރެއިން އެމަނިކުފާނެވެ. މިގޮތުން ރައީސް ޞާލިޙް ވަނީ އިހަވަންދޫގެ ބަނދަރާއި، ފެނަކަ އޮފީހާއި، އިހަވަންދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ އިތުރުން އެރަށުގެ ކޮމިއުނިޓީ ސެންޓަރު ހުޅުއްވައިދެއްވާފައެވެ. އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ހުޅުއްވައިދެއްވި އިހ...
ޔުމްނާ ޢަލީ
ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ބާއްވާ ފުޓްސަލް މުބާރާތް މި މަހު 20 ވާ ބުރާސްފަތި ދުވަހު ފެށުމަށް ތާވަލު ކޮށްފިއެވެ. މި މުބާރާތުގައި ހަތަރު ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ އަމާޒް، ހަބޭސް އެފްސީ، ޓާފް ކުއީންގެ އިތުރުން ޔަންގް ސްޓާއެވެ. މި މުބާރާތް ކުރިއަށް ގެންދަން ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް […]
އިބްރާހިމް ޚަލީލް
ހއ. މޮޅަދޫ ބަނދަރާއި، އިންޖީނުގެ އަދި ފެނަކަ އޮފީސް އިމާރާތް މިއަދު ހުޅުވައިފިއެވެ. މިތަންތަން ހުޅުއްވައި ދެއްވީ ރައީސް އިބްްރާޙީމް މުޙައްމަދު ޞާލިޙް މިއަދު ހއ. އަތޮޅަށް ފެއްޓެވި ކެމްޕޭން ދަތުރުގެތެރެއިން އެމަނިކުފާނެވެ. މޮޅަދޫގައި ފުރަތަމަ ފަހަރަށް ތަރައްޤީކުރި ބަނދަރު ރައީސް ހުޅުއްވައިދެއްވާފައިވަނީ މިއަދު ހަވީރު އެވެ. މި ބަނދަރުގެ ދިގުމިނުގައި 645 ފޫޓު އަދި ފުޅާ މިނުގައި 250 ފޫޓު ހުރެއެވެ. ބަނދަރު ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އެރަށު އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއް...
ޔުމްނާ ޢަލީ
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޓިކެޓްގައި އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ކެމްޕޭނަށް ޖޭޕީގެ ޓީމެއް މިއަދު އައްޑޫ ސިޓީއަށް ދަތުރެއް ފަށައިފިއެވެ. މި ދަތުރު ލީޑު ކުރައްވަނީ ޤާސިމްގެ ސްޕެޝަލް އެންވޯއީ، ރިޔާސީ އިންތިޚާބުގެ ދެކުނު މެނޭޖަރު އިލްހާމް އަޙްމަދާއި، ޤާސިމްގެ ސްޕެޝަލް އެޑްވައިޒަރ ރިޔާޒު ރަޝީދު އަދި ޖޭޕީ ކައުންސިލް މެންބަރު މުހައްމަދު ފިރާޤް އެވެ. މިދަތުރާއި ގުޅޭގޮތުން ޤާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް ‘’ތިލަދުން’’ އަށް ވިދާޅުވީ، […]
ޔުމްނާ ޢަލީ
ހއ. ތުރާކުނު ފުޓުބޯޅަ ދަނޑާއި، އެރަށު ކުޑަކުދިންގެ ޕާކު “އުތުރުވެހި” މިއަދު ހުޅުވައިފިއެވެ. މި ތަންތަން ހުޅުއްވައިދެއްވީ މިހާރު ހއ. އަތޮޅަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެވެ. ތުރާކުނު ފުޓުބޯޅަ ދަނޑަކީ، ޓާފްއަޅައިގެން ޒަމާނީ ފެންވަރަށް ހަދާފައިވާ ފުޓުބޯޅަ ދަނޑެކެވެ. މިއީ ސަރުކާރުން މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކޮށްފައިވާ މަސައްކަތެކެވެ. ފުޓުބޯޅަ ދަނޑު ހުޅުއްވައި ދެއްވުމުގެ ކުރިން، ރައީސް ވަނީ، ތުރާކުނުގައި މި ސަރުކާރ...
ޔުމްނާ ޢަލީ
ތިލަންދުންމަތީ އުތުރުބުރި ހޯރަފުއްޓަށް މި ސަރުކާރުން ގެނެސްދީފައިވާ ތަރައްގީއަށް ރައްޔިތުން، ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ސެލިއުޓް ކުރާ ކަމަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް ސާލިހު، ހއ. އަތޮޅުގެ ބައެއް ރަަށްރަށް މިހާރު ކުރައްވަމުން ގެންދަވާ ފަތުރުފުޅުގެ ތެރެއިން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ވައްޑޭ ވިދާޅުވީ މުޅި ރާއްޖެއަށް ވ...
މުޙައްމަދު އަފްރާޙް
ޕްރޮގްރެސިވް ކޯލިޝަނުން ރުހިއްޖެނަމަ، އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓެއް ނެރުމަށް އެއްބަސްވެއްޖެއެވެ. މިގޮތަށް އެއްބަސްވެފައި މިވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު ބައްދަލު ކުރެއްވުމަށްފަހުގައެވެ. ޖުމްހޫރީ ޕާޓީގެ މައި ހަރުގެ، މ. ކުނޫ...
މުޙައްމަދު އަފްރާޙް
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑްގެ ހުނަރުވެރި ފޯވާޑް މާކަސް ރަޝްފޯޑް އެ ޓީމާއިއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ. އުމުރުން 25 އަހަރުގެ ރަޝްފޯޑް ޔުނައިޓެޑާއިއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮށްވައި، އޭނާ މިވަނީ އިތުރު ފަސްއަހަރު ޔުނައިޓެގައި މަޑުކުރަން ނިންމައި އެއްބަސްވުން އައުކޮށްފައެވެ. މިދިޔަ ސީޒަންގައި ޔުނައިޓެޑްގެ ކޯޗުކަމާއި އެރިކް ޓެން ހާގް ހަވާލުވެ އެ ޓީމަށް އިރުޝާދު ދޭންފެށި ފަހުން ރަޝްފޯޑު އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ....
އިބްރާހިމް ޚަލީލް
ބޭނުންވަނީ ހޯރަފުށްޓާއި ބޮޑު ތިލަދުންމަތި ތަފާތު ބޮޑުކޮށް ތަރައްޤީކުރަން ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކިފާނު މިހެން ވިދާޅުވީ ބޮޑު ތިލަދުންމައްޗަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. ހޯރަފުއްޓަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. ތަރައްގީ އަކީ އަބަދު ވެސް މިހާރު އޮތް ހިސާބުން އެހެން ހިސާބަކަށް ބަދަލުކޮށްލާ އެއްޗެއް ކަމަށާއި ހޯރަފުށި މީގެ ކުރިން އޮތީ ކިރިޔާ ދިރިއުޅެނ...
މުޙައްމަދު އަފްރާޙް
ފާއިތުވި ސީޒަންގައި އިޓަލީގެ ނަޕޯލީގައި މޮޅު ކުޅުމެއް ދެއްކި ދެކުނު ކޮރެއާގެ ސެންޓަ ޑިފެންޑަރ ކިމް މިން-ޖޭ ބަޔާން މިއުނިކަށް ސޮއިކޮށްފިއެވެ. އުމުރުން 26 އަހަރުގެ ކިމް ޖަރުމަނުގެ ޗެމްޕިއަން ބަޔާންއާއި ގުޅިފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރިޕޯޓުތައް ބުނާގޮތުން ބަޔާނުން ވަނީ ކިމްގެ ރިލީޒް ކްލޯޒްގެ ގޮތުގައި 50 މިލިއަން ޔޫރޯ ދައްކާފައެވެ. ނަޕޯލީން ތިރީސް އަހަރަށް ފަހު މިދިޔަ ސީޒަންގައި އިޓަލީ ލީގު ކާމިޔާބު ކުރިއިރު އެ ޓީމްގެ ފަހަތުގައި ކިމް […]
އިބްރާހިމް ޚަލީލް
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ގެ ބައްދަލުކުރެއްވުމެއް ފަށައިފިއެވެ. މި ބައްދަލުވުން ކުރިއަށް ދާނީ ޖުމްހޫރީ ޕާޓީގެ މައި ހަރުގެ މ. ކުނޫޒުގައެވެ. މި ބައްދަލުވުން ފެށީ މިއަދު 13:15 ހާއިރުއެވެ. މި […]
މުޙައްމަދު އަފްރާޙް