މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް މިއަދު ތަރުތީބުކޮށްފިއެވެ. ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމާއެކު ރަސްމީކޮށް ކެމްޕޭން ފެށުމުގެ ފުރުސަތު ވެސް މިއަދު ވަނީ ހުޅުވިގެން ގޮސްފައެވެ. އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އިންތިޚާބުގައި ނަންތައް ތަރުތީބުކުރަން ގުރުއަތު ނެގުމުގެ ފުރުސަތު ދިނީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމުތައް ހުށަހެޅި ތަރުތީބުންނެވެ. ގުރުއަތުން ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުވެފައިވާ ގޮތް ކެންޑިޑޭޓް ނަންބަރު 1: އުމަރު ނަސީރު (އަމިއްލަ...
ޔުމްނާ ޢަލީ
މާލޭގެ ކެފޭއެއްގެ ތެރޭގައި މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލައިގެ ދައުވާ ލިބޭ ދެ މީހަކު ބަންދުކުރަން އެދުނުއިރު ފެނަކަ ކޯޕަރޭޝަނުން އެ މީހުންނަށް ވަޒީފާ ދީފައިވާތީ ހައި ކޯޓުގެ ފަނޑިޔާރުން މިއަދު ސުވާލު އުފައްދައިފި އެވެ. ޓާމިނަލް ކެފޭ ތެރޭގައި 2017 ވަނަ އަހަރު ގްރޫޕަކުން ގޮސް ނަދީމަށް ތޫނު އެއްޗެހިން ހަމަލާދީ، މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް މަފާޒް ހުސައިން ސަލީމާއި ލ. ގަން ވިދާތަރި އަލީ ނިފާޒާއި ރ. އިންނަމާދޫ […]
ހުސައިން ހަބީބް
އުރީދޫ މޯލްޑިވްސް އިން އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅިގެން އެއާ ފައިބާގެ ހާއްސަ އެޑިޝަނެއް ނަސީބުވެރި ކަސްޓަމަރަކަށް ދިނުމަށް ހުޅުވާލި ފުރުސަތު މިރޭ ހަމަވާނެއެވެ. މިއީ ޓީވީއެމްއާ ގުޅިގެން އުރީދޫއިން ކުރިއަށްގެންދާ ގިވްއަވޭއެކެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ހޭޔަންބޯ ޕްރޮގްރާމުގައި މި ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަަތު ވަނީ ހުޅުވާލާފައެވެ. އުރީދޫ މޯލްޑިވްސް އިން ހުޅުވާލި މި ފުރުސަތުގައި އެއާ ފައިބާގެ ސްޕެޝަލް އެޑިޝަން ބޭނުންވާ ފާރަތްތަކުން އެސްއެސް ކުރަން ޖެހޭނީ HO (space) Ooredoo […]
އަޙްމަދު ވަހީދު
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިމާރާތްކުރަމުން އަންނަ ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓްގައި ހިމެނޭ، ފްލެޓަށް ޝަރުތު ހަމަވާ އެންމެނަށް ލެޓް ދެވޭނީ އަންނަ ދައުރުގެ ތެރޭގައި ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުުވެއްޖެއެވެ. ސަރުކާރުން ނިންމާފައި ވަނީ މި ލިސްޓްގައި ހިމެނޭ ޝަރުތު ހަމަވާ އެންމެނަށް ފްލެޓް ދިނުމަށެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ގދ. ނަޑެއްލާއަށް ވަޑައިގެން އެރަށުގައި ވާހަކަ ދައްކަވަމ...
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީގެ ރައްޔިތުން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރަނީ، އެމަނިކުފާނު ކޮށްދެއްވާފައިވާ މަަސައްކަތްތަކުގެ ސަބަބުން ކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު މިހެން ވިދާޅުވީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ކެމްޕޭނަށް އިއްޔެ ކުޅުދުއްފުށީ ސިޓީ އަށް ވަޑައިގެން ރޭ އެރަށު އެމްޑީޕީ ޖަގަހައިގައި ބޭއްވި ޖަގަހަ ޖަލްސާއަށްފަހު އ...
ޔުމްނާ ޢަލީ
ކުރީގެ އަދަދާއިގުޅޭ، ” އަހަރެން އަދި ދުވަހަކުވެސް ރިސޯޓަކަށް ނުދަން! އަހަންނަށް އެ ރިސޯޓް ދައްކާލަންވީނު” ޝަހާނާ ކުޑަކުއްޖަކު ފަދައިން ބުނެލިއެވެ. ބޭރަށް ނިކުންނަން ދޮރު ހުޅުވައިލަމުން ހާރޫން ފަހަތް ބަލައިލިއެވެ. ” މިހާރު ވަރަށް ބިޒީ ދުވަސްވަރެއް! އެހެން ފަހަރަކުން ޔަޝްމީއާއެކު ދާނީ” ހާރޫންގެ ޖުމްލައިން ޝަހާނާގެ މޫނުމަތީގައިވާ އުޖާލާކަން ފަނޑުވެގެން ދިޔައެވެ. ޔަޝްމީގެ ނަންވެސް ހާރޫންގެ ދުލުން ބުނާއަޑު އަހަން އޭނާއަށް އުނދަގޫވި ކަހަލައެވެ. އެވަގުތު އޭނާ ހުރީ، ޔަޝްމީ އަންނާނެ ދުވަހެއްވެސް އެނގެން...
ސަލާމާ ޢަބްދުލް ޢަލީމް
ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު، ޕީއެންސީގެ ކެންޑިޑޭޓް މާލޭ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަށް ކާމިޔާބުކޮށްދިނުމަށް ޕީޕީއެމް، ޕީއެންސީގެ ލީޑަރުން އެއްބަސްވެއްޖެއެވެ. ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެ ކޯލިޝަނުން ކާމިޔާބު ކުރާނެ ކަމަށެވެ. އަދި ދެ ޕާޓީ އޮތީ […]
މުޙައްމަދު އަފްރާޙް
އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ދައުލަތުގެ އިދާރާތަކުން މަސައްކަތް ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިލްތިމާސް ކުރައްވައިފިއެވެ. އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ސެޕްޓެމްބަރިު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ މާހައުލަކ، އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނުގައި ބަޔާންކުރާ ފަދަ ޑިމޮކްރަސީ އަސާސްތަކުގެ މައްޗަށް ބިނާކޮށް ސީދާ ރައްޔިތުންގެ ބައިވެރިވުން އޮންނަ މިނިވަން އިންތިހާބަކަށް ހެދުމަަށް މަސައްކަތް ކުރަމުންގެންދާ ކަމަަށެވެ. މީގެ އިތުރު...
މުޙައްމަދު އަފްރާޙް
ދުނިޔޭގެ ފެންވަރުގެ ވަސީލަތްތަކާއި އެކު ސިއްހީ ދާއިރާއިން ތައްޔާރުވާން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ “ކާޑިއަކް ވޯކްޝޮޕް 2023” ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިތުގެ އޮޕަރޭޝަންތައް ކުރަންފެށުނު ދުވަސް ފާހަގަކުރުމުގެ ގޮތުން އޭޑީކޭ ހޮސްޕިޓަލުން ކުރިޔަށްގެންދާ މި ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ސިއްހަތަށް ރައްކާތެރިވެ ދިރިއުޅުމުގެ އާދަތަކާއި މެދު ވެސް ވިސްނަންޖެހޭނެ...
މުޙައްމަދު އަފްރާޙް
ށ. ގޮއިދޫގައި “ވެލިޔު އެޑިޝަން އެންޑް މާކެޓިންގ އަދި ބިޒްނަސް ޕްލޭން ” އާއިބެހޭ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ، ށ. އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ ރަށްވެހި ތަރައްޤީގެ ޕްރޮގްރާމްގެ މާލީ އެހީގެ ދަށުން ށ. ގޮއިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން- ހދ.ކުޅުދުއްފުށި ބިޒްނަސް ސެންޓަރު (ބީ.ސީ.ސީ) އާއި ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށް ގޮއިދޫ ކައުންސިލުން މައުލޫމާތު ދެއްވިއެވެ. މި ޕްރޮގްރާމާބެހޭ މައުލޫމާތު ”ތިލަދުން” އަށް ދެއްވަމުނ...
ޙުސައިން ޝަހުދީ
އެމްޑީޕީއަކީ ހަމަޖެހުން ނަގާލައި ރައްޔިތުންގެ މުދަލާއި ތަކެއްޗަށް ގެއްލުންދޭނެ ބައެއް ނޫން ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކެމްޕެއިން ދަތުރުފުޅެއްގައި ގދ. މަޑަވެއްޔަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. އެ ރަށުގައި ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ބަޔަކު ހުޅުޖަހައި، ރޯކޮށްލާފައިވާތީ، އެމަނިކުފާނުގެ ކެމްޕޭން ޓީމުން އެރަށުގައި ޖަލްސާ ބާއްވާފައިވަނީ ގަސް ދޮށުގައެވެ. އެ ގަސްދޮށުގައި ހުންނަވައި ވާ...
މުޙައްމަދު އަފްރާޙް
މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން މާދަމާ ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ. އެ ކޮމިޝަނުން ވިދާޅުވީ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން އޮންނާނީ މާދަމާ ހަވީރު 4:30 ގައި އިންތިހާބާއި ބެހޭ މައި މަރުކަޒު، ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކަމަށެވެ. އަދި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް ގުރުއަތުނަގާ ތަނަށް ވަޑައިގެންދެއްވުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން ކެންޑި...
މުޙައްމަދު އަފްރާޙް
ޓާފް ހަލާކުވުމުގެ ސަބަބުން ބޭނުން ނުކުރެވި އޮންނަތާ އެތައް އަހަރެއް ވެފައިވާ ހަނިމާދޫ ފުޓްސަލް ދަނޑު މަރާމާތު ކުރުމުގެ މަސައްކަތް ހަނިމާދޫ ކައުންސިލާއި އެ ރަށުގެ ޒުވާނުން ގުޅިގެން ފަށައިފިއެވެ. ހަނިމާދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެ ކައުންސިލުން ރާވާފައި އޮތީ، ކައުންސިލުން އެތަނަށް ބޭނުންވާ ސާމާނު ގެނައުމުން ރަށުގެ ޒުވާނުންނާއި ކައުންސިލާއި އަދި އެ މަސައްކަތުގައި ބައިވެރިވާން ބޭނުންވާ އެންމެހާ ފަރާތްތައް ނުކުމެ ޓާފްއެޅުމުގެ އަމަލީ މަސައްކަތްކޮށް ނިންމާ ގޮތަށެވެ. މި މަސައްކ...
އިބްރާހިމް ޚަލީލް
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިމާރާތްކުރަމުން އަންނަ ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު މިއަދު އާއްމުކޮށްފިއެވެ. މި ލިސްޓް އާންމުކޮށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވީ، ސަރުކާރުން ނިންމާފައިވަނީ މި ސްކީމަށް ޝަރުތުހަމަވާ ހުރިހާފަރާތްތަކަށް ފުލެޓް ދިނުމަށް ކަމަށެވެ. ދާއިމީ ލިސްޓް އިޢުލާނުކުރުމުގެ ކުރިން ވަގުތީ ލިސްޓްގައި ޝަރުތުހަމަވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުގައި ދީފައިފައިވާ ދިރިއުޅުމުގެ ޙާލަތާއިގުޅ...
ޔުމްނާ ޢަލީ
މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލުމަށް ބޭނުންވާ މީހުން ރީ-ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލި ފުރުސަތުގައި 35،849 މީހުން ރަޖިސްޓާކޮށްފި އެވެ. އީސީން ބުނެފައިވާ ގޮތުގައި ރީ-ރަޖިސްޓަރީވާން ދިން ފުރުސަތުގައި ރީރަޖިސްޓްރީވުމަށް ހުށަހަޅާފައިވަނީ 42،867 މީހުންނެވެ. އެއީ އޮންލައިންކޮށް ހުށަހެޅި 22،882 މީހުންނާއި ފޯމު މެދުވެރިކޮށް ހުށަހެޅި 19،985 މީހުންނެވެ. މީގެތެރެއިން 6،736 މީހެއްގެ ފޯމު ބަލައިގެންފައެއް ނުވެ އެވެ. ރީ-...
ޔުމްނާ ޢަލީ
އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮސްޕާއަށް ކުޅެމުން އަންނަ އިންގްލެންޑްގެ ތަޖުރިބާކާރު ފޯވާޑް ހެރީ ކޭން ހޯދުމަށް ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެއެވެ. އިންގްލެންޑްގެ ކެޕްޓަން ކަން ވެސް ކުރަމުން އަންނަ އުމުރުން 30 އަހަރުގެ ކޭން ގަތުމަށް ބަޔާނުން މަސައްކަތްފަށައި، ބަޔާނުން ފުރަތަމަ ހުށަހެޅީ 80 މިލިއަން ޔޫރޯއެވެ. މަޝްވަރާތައް ދިގުލައި ގޮތްތަކެއް ނުހޯދިފައި އޮތުމަށްފަހު ބަޔާނުން ވަނީ ކޭން ގަތުމަށް މިދިޔަ ހަފްތާތެރޭ 100 މިލިއަން ޔޫރޯގެ ބިޑެއް […]
އިބްރާހިމް ޚަލީލް
ހާރޫން ގޭގައި ނެތްކަން ޑްރައިވަރގެ ފަރާތުން ޝަހާނާއަށް އޮތީ އެނގިފައެވެ. އެހެންކަމުން ޖެހިލުމެއްނެތި އޭނާ އެ ކޮޓަރިއަށް ވަނެވެ. އޭނާ ގޮސް އެނދުމަތީގައި އިށީނދެ ބާލީސް ނަގާ ބައްދާލިއެވެ. އަދި ދެލޯ މަރާލުމަށްފަހު ބާލީހުގައި މޫނު ޖައްސާލިއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ޝަހާނާ ތެދުވިއެވެ. އަދި ދުރުގައި ހުރި އަލަމާރިއާ ދިމާލަށް ހިނގައިގަތީވެސް ޖެހިލުމެއް ނެތިއެވެ. އަލަމާރި ހުޅުވާލުމަށްފަހު، ހާރޫންގެ ގަމީސްތަކާއި ޓީޝާޓްތަކުގައި އެއްކޮޅުން އަނެއްކޮޅަށް އަތް ހިންގާލިއެވެ. އޭރު އޭނާގެ މޫނުމަތީގައިވަ...
ސަލާމާ ޢަބްދުލް ޢަލީމް
ލީޑަރު ދައްކާހާ މީހަކަށް ވޯޓުލާކަށް ނުޖެހޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އުޖާލާ ޒަމާން ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ފާއިތުވެދިޔަ ދެ ދުވަހެއްގެ ތެރޭގައި ޕާޓީއެއްގެ ތެރޭގައި ވަަރަށްބޮޑު ހަނގުރާމައެއް ހިނގައިދިޔަ ކަމަށާއި ފެނިގެން ދިޔައީ ޕާޓީގެ ރުހުމާއި ނުރުހުމުގެ ތެރެއިން ޕާޓީގެ ޓިކެޓު ބަޔަކު ދަމައިގަތްތަން ކަމަށެވެ. މީގެ އިތުރުން ލީޑަރަކަށް […]
މުޙައްމަދު އަފްރާޙް