މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (22:30 އިން 03:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,481 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 878 ވަނަ ޞަފްޙާ

ތުރުކީން ދިވެހިރާއްޖެއަށް ޚާއްޞަކޮށް 30 ސްކޮލާޝިޕް ފުރުޞަތު ދެނީ

ތުރުކީން ދިވެހިރާއްޖެއަށް ޚާއްޞަކޮށް 30 ސްކޮލާޝިޕް ފުރުޞަތު ދެނީ

ތުރުކީވިލާތު ވިލާތުން ދިވެހިރާއްޖެއަށް ޚާއްޞަކޮށް 30 ސްކޮލާޝިޕްގެ ފުރުޞަތު ދެއްވާނެކަން ޔަޤީން ދެއްވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ރައީސް ދެކަނބަލުން ތުރުކީވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޚާއްޞަ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ތުރުކީވިލާތުގެ އިސްބޭފުޅުންނާއެކު އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމަށް...

ޙުސައިން ޝަހުދީ
އާޒިމްއާ ގުޅޭގޮތުން ފަތުރަނީ ދޮގު ޚަބަރެއް، މައްސަލަ ބަލައިދޭން އޭސީސީގައި އެމްޓީސީސީން އެދިއްޖެ

އާޒިމްއާ ގުޅޭގޮތުން ފަތުރަނީ ދޮގު ޚަބަރެއް، މައްސަލަ ބަލައިދޭން އޭސީސީގައި އެމްޓީސީސީން އެދިއްޖެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ނާޖާއިޒް މަންފާއެއް ހޯދާފައިވާކަމަށް ތުހުމަތުކޮށް “ދިޔަރެސް” ނޫހުން އާއްމުކޮށްފައިވަނީ ދޮގު ޚަބަރެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެމްޓީސީސީން ހޯމަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުންޏަކީ ރާއްޖޭގެ ތަފާތު އެކި ސިނާއަތްތަކުގައި ފުޅާދާއިރާއެއްގައި ވިޔަފާރީގެ ހަރަކާތް ކުރިއަށްގެންދާ ކުންފުންޏަކަށް ވެފައި އެ ކުންފުނިން އަބަދުވެސް މަސައްކަތްކޮށްފައިވާނީ ކުންފުނީގެ އާމްދަނީ އާއި ފައިދާ އަދި ހިއ...

އަޙްމަދު ވަހީދު
ރައީސް މުޢިއްޒު، ތުރުކީގެ ރައީސް އުރްދުޣާން އާއި ބައްދަލުކުރައްވައިފި

ރައީސް މުޢިއްޒު، ތުރުކީގެ ރައީސް އުރްދުޣާން އާއި ބައްދަލުކުރައްވައިފި

ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތުރުކީވިލާތުގެ ރައީސް  ރަޖަބް ޠައްޔިބް އުރްދުޣާން އާއި ބައްދަލު ކުރައްވައިފިއެވެ. ދެ ރައީސުން ބައްދަލުވުން ބޭއްވެވިކަން އުރްދުޣާންގެ ރަސްމީ ”އެކްސް” ހޭންޑްލް އިން ކުރެއްވި ޕޯސްޓެއްގައި ވަނީ ހާމަކުރައްވާފައެވެ. ތުރުކީގެ ރިޔާސީ ގަނޑުވަރުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގެ އިތުރު މައުލޫމާތެއް ތުރުކީގެ ރަސްމީ އިދާރާއަކުން ވެސް އަދި ރާއްޖޭގެ ރައީސް އޮފީހުން ވެސް ހާމައެއް ނުކުރައްވައެވެ. އުރްދުޣާންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް މުޢިއްޒުގެ ދެކ...

ޔުމްނާ ޢަލީ
އުލިގަމުގެ ބައެއް ހާއްސަ ތަންތަނަށް ކިޔާނެ ނަން ހޯދަނީ

އުލިގަމުގެ ބައެއް ހާއްސަ ތަންތަނަށް ކިޔާނެ ނަން ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ އުލިގަމުގެ ބައެއް ހާއްސަ ތަންތަނަށް ކިޔާނެ ނަން ހުށަހެޅުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މިގޮތުން އެ ރަށުގައި އަލަށް ހަދާފައިވާ މަގުތަކާއި، މިހާތަނަށް ރަސްމީކޮށް ނަމެއް ދެވިފައި ނުވާ ބައެއް މަގުތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަލަށް ނަން ކިޔަން ބޭނުންވާ މަގުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ފެންސް މަގު، ގެސްޓް ހައުސް މަގު، ފުޓްބޯޅަ ދަނޑުގެ އުތުރުން ފެނަކައާއި ދެމެދު އޮންނަ މަގު، ފުޓްބޯޅަ ދަނޑުގެ […]

އިބްރާހިމް ޚަލީލް
އެމެރިކާގެ ނިރުބަވެރިކަމުގެ ލިސްޓާއި ގުޅިގެން ރާއްޖެއަށް ލިބިދާނެ ގެއްލުން ބެލުމަށް ނާޒިމް ހުށަހެޅި ގަރާރުގެ ބަހުސް ކުރިއަށް

އެމެރިކާގެ ނިރުބަވެރިކަމުގެ ލިސްޓާއި ގުޅިގެން ރާއްޖެއަށް ލިބިދާނެ ގެއްލުން ބެލުމަށް ނާޒިމް ހުށަހެޅި ގަރާރުގެ ބަހުސް ކުރިއަށް

އެމެރިކާގެ ނިރުބަވެރިކަމުގެ ލިސްޓާއި ގުޅިގެން ރާއްޖެއަށް ލިބިދާނެ ގެއްލުން ބެލުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ރައްޔިތުންގެ މަޖިލިސް އަށް ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސް މިއަދު ފަށައިފިއެވެ. ނާޒިމް މަޖިލީހަށް މި ޤަރާރު ހުށަހެޅުއްވީ 2 އޯގަސްޓް 2022 ގައެވެ. އެ ގަރާރުގެ ބަހުސް މިއަދު ފަށާފައިވާއިރު، މަޖިލީހުގެ މާދަމާގެ އެޖެންޑާގައި ވެސް އެ ގަރާރުގެ ބަހުސް ކުރިއަށް ގެންދަން ވަނީ […]

ޔުމްނާ ޢަލީ
''އެމިޑޯން ސަސްޕެންޝަން'' ބޭސް، ރާއްޖޭގައި މަނާކޮށްފި

''އެމިޑޯން ސަސްޕެންޝަން'' ބޭސް، ރާއްޖޭގައި މަނާކޮށްފި

ޕާކިސްތާނުން، ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ”އެމިޑޯން ސަސްޕެންޝަން’ ބޭސް، ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި އެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު ބުނީ، ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ބޭހެއްކަމަށްވާ ”އެމިޑޯން ސަސްޕެންޝަން” ގައި  ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހިމެނޭ ކަމަށް ޕާކިސްތާނުގެ ބޭސް ރެގިއުލޭޓަރީ އޮތޯރިިޓީން އަންގާފަ ވާކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން ”އެމިޑޯން ސަސްޕެންޝަން’ ބޭހުގެ އެއްވެސް ބެޗެއް ރާއްޖެ...

ޔުމްނާ ޢަލީ
ތަޢުލީމީ ފަންޑުން ހަތަރު ސްކޫލަކަށް ބޭންޑް ސާމާނު ހަދިޔާކޮށްފި

ތަޢުލީމީ ފަންޑުން ހަތަރު ސްކޫލަކަށް ބޭންޑް ސާމާނު ހަދިޔާކޮށްފި

ތަޢުލީމީ ފަންޑުން ހަތަރު ސްކޫލެއްގެ ބޭންޑަށް ބޭނުންވާ ސާމާނު މިއަދު ހަދިޔާކޮށްފި އެވެ. ތަޢުލީމާބެހޭ ވުޒާރާއިން މިއަދު ބުނީ، މިއަހަރު ތަޢުލީމީ ފަންޑުން ރާއްޖޭގެ ސްކޫލްތަކަށް ހަދިޔާކުރާ ބޭންޑް ސާމާނު މިއަދު ހަތަރު ސްކޫލަކަށް ހަދިޔާކޮށްފައިވާ ކަމަށެވެ. މި ސާމާނު އެ ސްކޫލްތަކާއި ހަވާލުކޮށްދެއްވީ ތަޢުލީމާބެހޭ ވުޒާރާގެ ވަޒީރު، ޑރ. އިސްމާޢީލް ޝަފީޢު އެވެ. މިއަދު ބޭންޑް ސާމާނު ހަވާލުކޮށްފައި ވަނީ މާލެ ސަރަޙައްދުގެ 4 ސްކޫލެއްގެ ބޭންޑަށެވެ. އެ ސްކޫލް ތަކަކީ، ދަރުމަވަންތަ ސްކޫލް، ޢިއްޒުއްދީން ސްކޫލް، […]

ޔުމްނާ ޢަލީ
މަދަނީ މިންގަނޑުން ބައްޕަ ސާބިތުކުރާ މައްސަލަ ސަރުކާރުން އަނބުރާ ގެންގޮސްފި

މަދަނީ މިންގަނޑުން ބައްޕަ ސާބިތުކުރާ މައްސަލަ ސަރުކާރުން އަނބުރާ ގެންގޮސްފި

މަދަނީ މިންގަނޑުން ދަރިންގެ ބައްޕަ ސާބިތު ކުރެވޭނެ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ދައުލަތުން އަނބުރާ ގެންގޮސްފި އެވެ. ދަރިންގެ ނަސަބު ސާބިތުކުރަން އޮންނަ އުސޫލުތަކުގެ ބޭރުން މަދަނީ މިންގަނޑުން ބައްޕަ ސާބިތުކުރަން ދައުލަތުން ހުށަހެޅީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް ދިވެހި ރައްޔިތުކަން ދިނުމަށްޓަކައި ކަމަށް ބުނެ އެވެ. އިންޑޮނޭޝިއާގެ އަންހެނަކު ރާއްޖޭގައި ވިހެއުމަށްފަހު ދޫކޮށްލާފައި ދިޔަ ކުއްޖާގެ ބައްޕައަކީ ދިވެއްސެއް ކަމަށް ބެލެވުނު ނަމަވެސް އެ ކުއްޖާއަކީ ދަރި ލަ...

ހުސައިން ހަބީބް
ހުޅުމާލޭގައި ކާރަކާއި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް

ހުޅުމާލޭގައި ކާރަކާއި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް

ހުޅުމާލޭގައި ކާރަކާއި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، ހުޅުމާލޭގައި ކާރަކާއި ދެ ސައިކަލު ޖެހި މިއަދު އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. ހުޅުމާލޭ މިދިލި މަގުގައި ހިނގި މި އެކްސިޑެންޓްގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ މިއަދު 12:09 ގައެވެ. މި އެކްސިޑެންޓްގައި ދެ ސައިކަލު ދުއްވި ދެ މީހުންނަށް ވަނީ އަނިޔާ ވެފައެވެ. އަދި އަނިޔާވި މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ފުލުހުން […]

ޔުމްނާ ޢަލީ
މެޖިސްޓްރޭޓް އަލީ އާދަމަށް ކޮމެޓީއަށް ހާޒިރުވާން ފަހު ފުރުސަތު ދީފި

މެޖިސްޓްރޭޓް އަލީ އާދަމަށް ކޮމެޓީއަށް ހާޒިރުވާން ފަހު ފުރުސަތު ދީފި

ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅައި، މެސެޖްކުރި ކަމަށް ތުހުމަތުކުރެވޭ، ހދ. ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމާ ގުޅޭ މައްސަލައިގައި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ޖަވާބުދާރީވާން ހާޒިރު ވުމަށް ފަހު ފުރުސަތު ދީ ފިއެވެ. އަލީ އާދަމާއި ގުޅިގެން ޖޭއެސްސީން ބެލި އެހެން މައްސަލައެއްގައި އޭނާ ހުންނެވި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މަގާމުން މެޖިސްޓްރޭޓް މަގާމަށް 19 ނޮވެންބަރު 2023 ވަނަ ދުވަހު ވަނީ މަގާމު ދަށްކޮށްފައެވެ. ވަރިވާން ކޯޓަށް ދިޔަ […]

ޔުމްނާ ޢަލީ
3 ނޮވެމްބަރު އުދުވާނުގެ މުގުލުގައި ހުރި ލުތުފީ މިއަދު މިނިވަންވަނީ

3 ނޮވެމްބަރު އުދުވާނުގެ މުގުލުގައި ހުރި ލުތުފީ މިއަދު މިނިވަންވަނީ

ނޮވެމްބަރު 3، 1988 ވަނަ އަހަރު ސްރީ ލަންކާގެ ތަމަޅަ ޓައިގަރުންގެ ބަޔަކު ގޮވައިގެން ހަތިޔާރާ އެކު ރާއްޖެ އަރައި ދިން ވަރުގަދަ އުދުވާނީ ހަމަލައާ ގުޅިގެން ހަމަލާގައި މޭސްތިރިޔާ އަބްދުﷲ ލުތުފީގެ ހުކުމްތައް ތަންފީޒުކޮށް ނިމި މިއަދު ބަންދުން ދޫކޮށްލުމަށް ހަމަޖެހިއްޖެއެވެ. ރާއްޖެ އަށް ދިން އުދުވާނީ ހަމަލައާ ގުޅިގެން ބާޣީ ލުތުފީގެ މައްޗަށް ފުރަތަމަ އައީ މަރުގެ ހުކުމެކެވެ. އެކަމަކު، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފަހުން އެ އަދަބު އުމުރު ދުވަހުގެ ޖަލު […]

މުޙައްމަދު
ޖޭޕީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިއަދަށް ތާވަލުކޮށްފި

ޖޭޕީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިއަދަށް ތާވަލުކޮށްފި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކުއްލި ކައުންސިލް ބައްދަލުވުމެއް މިއަދަށް އެޖެންޑާކޮށްފިއެވެ. މި ބައްދަލުވުން އޮންނާނެކަން އަންގައި ކައުންސިލް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަށް ޕާޓީގެ ސެކްރެޓަރީ ޖެނަރަލް (އެސްޖީ)  އަޒްލީން އަހްމަދު މެސެޖެއް ފޮނުއްވީ މިއަދު 12:27 ހާއިރު ކަމަށް ޖޭޕީގެ ކައުންސިލް މެންބަރަކު މައުލޫމާތު ދެއްވިއެވެ. މި ބައްދަލުވުން 2:30 އަށް އެޖެންޑާކޮށްފައިވާއިރު، އެޖެންޑާގެ 4 ވަނަ ނަންބަރުގައި އޮތީ ކުއްލިކަމެއްގައި ވޯޓަށް އަހަންޖެހޭ ކަމެއް އޮތްނަމަ އެކަމަކަށް ވޯޓަށް އެހުމެވެ. އެޖެންޑާގ...

ޔުމްނާ ޢަލީ
މާލޭގެ މޭޔަރު ހޮވާ އިންތިޚާބު އަންނަ ޖެނުއަރީ މަހު

މާލޭގެ މޭޔަރު ހޮވާ އިންތިޚާބު އަންނަ ޖެނުއަރީ މަހު

މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ އަހަރުގެ ޖެނުއަރީ 13 ވަނަ ދުވަހު ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ)އިން ނިންމައިފި އެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއިން ރޭ ގެނެސްދިން “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ އަހަރުގެ ޖެނުއަރީ 13 ވަނަ ދުވަހު ބާއްވަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. މާދަމާ އިން ފެށިގެން އަންނަ […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ކަނބަލުންގެ ނެޓްބޯލް ޗެލެންޖްގެ ޗެމްޕިއަންކަން ފައިވް އަށް

ކުޅުދުއްފުށީ ކަނބަލުންގެ ނެޓްބޯލް ޗެލެންޖްގެ ޗެމްޕިއަންކަން ފައިވް އަށް

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ބޭއްވި “ކަނބަލުންގެ ނެޓްބޯލް ޗެލެންޖް 2023” ގެ ޗެމްޕިއަންކަން ފައިވް އިން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު މި މަހު 25 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީ ސިޓީ ސްޓޭޑިއަމްގައި ކުޅުނުއިރު، ފައިނަލް މެޗުގައި ބައްދަލުކުރީ ފައިވް އާއި ކޭވައިއާރުސީ އެވެ. މި މެޗު 30 ޕޮއިންޓް 25 ޕޮއިންޓުން ކާމިޔާބުކުރީ ފައިވް އެވެ. ފައިނަލް މެޗުގެ […]

އިބްރާހިމް ޚަލީލް
ޅައިމަގު ބަނދަރުގެ ބޮޑުބައެއް ނިންމާލައިފި

ޅައިމަގު ބަނދަރުގެ ބޮޑުބައެއް ނިންމާލައިފި

ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 85 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކޮށްފައެވެ. އަދި، ރިވެޓްމެންޓް ޕްރޮފައިލް ކުރުމުގެ މަސައްކަތުގެ 10 އިންސައްތަ ވަނީ ފުރިހަމަކޮށްފައެވެ. މި މަޝްރޫއުގެ ދަށުން، 24,343 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 14,412 މިހާރު ހުރި ހާބަ ބޭސިން ފުންކުރުމާއި، […]

އަޙްމަދު ވަހީދު
އިސްރާއީލާ ގުޅުން ހުރި އިތުރު ބޯޓެއް ޔަމަނުގެ ހޫތީން ރަހީނުކޮށްފި

އިސްރާއީލާ ގުޅުން ހުރި އިތުރު ބޯޓެއް ޔަމަނުގެ ހޫތީން ރަހީނުކޮށްފި

ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ތިބި ހަތިޔާރު އެޅި ބަޔަކު އިސްރާއީލްއާ ގުޅުން ހުރި އިތުރު ބޯޓެއް ރަހީނުކޮށްފިއެވެ. ލައިބީރިއާގެ ދިދަ ޖަހާފައިވާ ބޯޓު އަތުލައިގަތީ ޔަމަން ކައިރިން ދުއްވާފައި ދަނިކޮށް ކަމަށާއި މިއީ ޒޮޑިއަކް މެރިޓައިމުން ހިންގަމުން އަންނަ ބޯޓެއް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. މި ބޯޓުގައި 22 ފަޅުވެރިން ތިބި ކަމަށް ބުނާ އިރު، ބޯޓު ހައިޖެކް ކުރި ކަން ނުވަތަ ނޫން ކަން ވެސް އެއްވެސް ހަތިޔާރު އެޅި ބަޔަކު ކަށަވަރުކޮށް ދީފައެއް ނުވެއެވެ. […]

މުޙައްމަދު
ރައީސް މުއިއްޒު ތުރުކީވިލާތަށް ވަޑައިގެންފި

ރައީސް މުއިއްޒު ތުރުކީވިލާތަށް ވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ތުރުކީވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހަވީރު އެ ގައުމަށް ވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅަކީ ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ ދެކަނބަލުން ތުރުކީވިލާތުގެ އަންކާރާ އެސިންބޯގަ އެއާޕޯޓަށް ވަޑައިގަތުމުން އެ ދެކަނބަލުންނަށް ވަނީ އެ ގައުމުގެ އިސް އޮފިޝަލުން މަރުޙަބާ ދަންނަވައިފައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ތުރު...

މުޙައްމަދު
ފަލަސްތީނަށް އެހީވާން އާބަންކޯއިން ހުކުރު ދުވަހު ހާއްސަ ހަރަކާތެއް ބާއްވަނީ

ފަލަސްތީނަށް އެހީވާން އާބަންކޯއިން ހުކުރު ދުވަހު ހާއްސަ ހަރަކާތެއް ބާއްވަނީ

ފަލަސްތީނަށް އެހީވާން އާބަންކޯއިން އަންނަ ހުކުރު ދުވަހު ހާއްސަ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ. އެ ކުންފުނިން ބުނީ 1  ޑިސެންބަރު  2023  ވާ  ހުކުރު  ދުވަހު   ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރުއްގަނޑު  2 ގައި  ފަންޑް ރެއިޒިން އިވެންޓެއް ކުރިއަށްދާނެ ކަމަށެވެ. މި ހަރަކާތް ކުރިއަށްދާނީ އެ ދުވަހު ހަވީރު 4-6 އަށް އަދި ރޭގަނޑު 8-10 އަށެވެ. މިއީ އާބަންކޯގެ  މުވައްޒަފުންގެ  ފަރާތުން ފަލަސްތީނުގެ  ރައްޔިތުންނަށް  އެހީވުމަށް  ބާއްވާ  ފަންޑް  ރެއިސިންގް  އިވެންޓެކެވެ. މި އިވެންޓުގައި […]

އަޙްމަދު ވަހީދު