ތަޢުލީމީ ފަންޑުން ހަތަރު ސްކޫލެއްގެ ބޭންޑަށް ބޭނުންވާ ސާމާނު މިއަދު ހަދިޔާކޮށްފި އެވެ.

ތަޢުލީމާބެހޭ ވުޒާރާއިން މިއަދު ބުނީ، މިއަހަރު ތަޢުލީމީ ފަންޑުން ރާއްޖޭގެ ސްކޫލްތަކަށް ހަދިޔާކުރާ ބޭންޑް ސާމާނު މިއަދު ހަތަރު ސްކޫލަކަށް ހަދިޔާކޮށްފައިވާ ކަމަށެވެ.

Ad
rt

މި ސާމާނު އެ ސްކޫލްތަކާއި ހަވާލުކޮށްދެއްވީ ތަޢުލީމާބެހޭ ވުޒާރާގެ ވަޒީރު، ޑރ. އިސްމާޢީލް ޝަފީޢު އެވެ.

މިއަދު ބޭންޑް ސާމާނު ހަވާލުކޮށްފައި ވަނީ މާލެ ސަރަޙައްދުގެ 4 ސްކޫލެއްގެ ބޭންޑަށެވެ. އެ ސްކޫލް ތަކަކީ، ދަރުމަވަންތަ ސްކޫލް، ޢިއްޒުއްދީން ސްކޫލް، ކާމިލް ދީދީ ޕްރައިމަރީ ސްކޫލް އަދި މުޙައްމަދު ޤާސިމް ޕްރީސްކޫލް އެވެ.

މީގެ އިތުރުން، އަތޮޅުތަކުގެ 6 ސްކޫލަކަށްވެ ސް ތަޢުލީމީ ފަންޑުގެ ދަށުން މިއަހަރު ބޭންޑް ސާމާނު ހަވާލުކުރަން ވަނީ ނިންމާފައިކަމަށް ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ބޭންޑް ހަރަކާތަކީ ރާއްޖޭގެ ސްކޫލްތަކުގައި ވެސް ދަރިވަރުން ވަރަށް ޝައުގުވެރިކަމާއެކު ބައިވެރިވަމުން އަންނަ ހަރަކާތެކެވެ.