ދުނިޔޭގެ އޭޑްސް ބަލީގެ ދުވަހާއި ގުޅުވައިގެން ހދ. އަތޮޅުގައި ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
މި އަހަރުގެ އޭޑްސް ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ "”Let Communities lead'' މި ޝިއާރެވެ.
މި ޝިޢާރުގެ މަގްސަދަކީ އޭޑްސް ބައްޔަށް ފަރުވާދިނުމުގައްޔާއި، ބަލި ޖެހިފައިވާ މީހުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އަދި ބޭނުންވާ ސަޕޯޓް ދިނުމުގައްޔާއި ބަލިންރައްކާތެރިވުމުގެ ގޮތުން ހިންގޭ ހަރަކާތްތަކުގައި އެންމެން އެއްބައިވެ، އާއްމުން އިސްނަގައިގެން ކުރިއަށްދިއުމެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނި ގޮތުގައި މި ޝިއާރުގެ ދަށުން މިއަހަރު ދުނިޔޭގޭ އެއިޑްސް ދުވަހާގުޅުވައިގެން ހދ. އަތޮޅުގައި ވަނީ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައެވެ.
މި ހަރަކާތްތައް ކުރިއަށް ގެންދަނީ، އެ އެޖެންސީއާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ކުޅުދުއްފުށީ ސިޓީ ކައުންސިލް، ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން، މިޝަން ފޯރ މައިގްރަންޓްސް މޯލްޑިވްސް، ވައިބް ޔޫތު އަދި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ގުޅިގެންނެވެ.
މިގޮތުން ކުރިއަށް ގެންދެވޭ ޙަރަކާތްތަކުގެ ތެރޭގައި، ފުރަތަމަ ހަރަކާތެއްގެ ގޮތުގައި ސިއްހީ މަސައްކަތް ތެރިންނަށް (ޑޮކްޓަރުންނާއި ނަރުހުން، އަދި ލެބޯރެޓަރީ ޓެކްނޮލޮޖިސްޓުންނަށް އަމާޒުކޮށްގެން ވޮލެންޓްރީ ކައުންސިލިން އެންޑް ޓެސްޓިން ޓްއިނިން އެއް 26 ނޮވެމްބަރު 2023 ން 30 އަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޓްރޭނިން ކުރިއަށް ގެންދިޔައީ އެ އަތޮޅު ހަނިމާދޫގައެވެ. މިޓްރެނިންގައި ޓެސްޓުކުރުމުގައާއި ޓެސްޓުގެ މައުލޫމާތު ދިނުމުގައި ގެންގުޅޭ އުޞޫލުތަކާއި ޓެސްޓުކުރާފަރާތްތަކަށް ބޭނުންވާ މައުލޫމާތާއި ކައުންސެލިންގ ދިނުމުގެ މައްޗަށް މައުލޫމާތުދީ ތަމްރީނު ދިނުން ހިމެނެއެވެ.
މީގެ އިތުރުން މި ހަރަކާތްތަކުގެ ދަށުން މަސްތުވާ ތަކެތި ބޭނުން ކުރާ ފަރާތްތަކަށް އަމާޒު ކޮށްގެން ޕިއާރ އެޑިއުކޭޝަން ޓްރޭނިން އަކާއި ޕީއަރ އައުޓްރީޗް ޕްރޮގްރާމެއް ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަނާއި ގުޅިގެން ކުޅުދުއްފުށި ސިޓީގައި ކުރިޔަށް ގެންދަން ނިންމާފައިވާއިރު، ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން އެމްއާރް ވެކްސިން ކެމްޕެއިން ލޯންޗްކުރުން ވެސް މި ހަރަކާތްތަކުގެ ތެރޭގައި ހިމެނެއެވެ.
މި ހަރަކާތްތަކުގެ ތެެރެއިން ކުޅުދުއްފުށީގައި ތިބޭ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން މިޝަން ފޮރ މައިގްރެންޓް ވޯރކާރސް އިން މޯލްޑިވްސް ( އެމްއެމްޑަބްލިޔުއެމް) އާއި ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން ގުޅިގެން ހެލްތު ކޭމްޕެއް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާއިރު، ކުޅުދުއްފުށީގައި އެޗް.އައި.ވީ އަދި ހެޕަޓައިޓިސްއަށް ޓެސްޓް ކުރުމުގެ ޙަރަކާތްތައް ކުރިއަށް ގެންދަން ވެސް ވަނީ ނިންމައިފައެވެ. އަދި އާއިލާ ތަކަށާއި ޒުވާނުންނަށް ޙާއްސަކޮށްގެން ދުވަހާ ގުޅޭ ޙަރަކާތްތަކެއް ކުރިއަށް ގެންދަން ވެސް ވަނީ ނިންމާފައެވެ.
މީގެ އިތުރުން ހދ. އަތޮޅުގެ ސިއްޙީ ހިދުމަތްތެރިންނަށް އަމާޒުކޮށްގެން އެޗް.އައި.ވީ، ހެޕަޓައިޓިސް ބީ އާއި އަދި ޖިންސީ ގުޅުމުން އަރާ އެހެންބަލިތަކާއި ފަރުވާ އާއި ގުޅޭ ގޮތުން 1 ދުވަހުގެ ޓްރޭނިންގ އައި.ޖީ.އެމް.އެޗް ގެ އެހީތެރިކަމާ އެކު ކުޅުދުއްފުށި ސިޓީގައި ކުރިޔަށް ގެންދިއުމާއި ބަލިމީހުން ބެލުމުގެ ސްޕެޝަލިސްޓް ކޮންސަލްޓޭޝަން ކުރިއަށް ގެންދިއުމަށް ވެސް ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!