ބޭންކް އޮފް މޯލްޑިވްސް އިން 'ސްޓާފް ޗެރިޓީ ރަން' 2023 ބާއްވައިފިއެވެ.
މިއީ މުޖުތަމަޢުއަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ބާއްވާ ދުވުމެކެވެ. މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި ޗެރިޓީ ރަންގައި ބޭންކުގެ 100 މުވައްޒަފުންނާއި އެ މުވައްޒަފުންގެ ކުދިން ބައިވެރިވިއެވެ.
މީގެ އިތުރުން އަތޮޅު ތެރެއިން 40 އަށް ވުރެ ގިނަ މުވައްޒަފުން އެ ރަށްތަކުގައި ތިބެގެން މި ދުވުމުގައި ބައިވެރިވެފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.
ދުވުން ނިންމާލުމަށްފަހު ބޭންކުގެ ފަރާތުން ވަނީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތު ޑިސަބިލިޓީގެ( އެމްއޭޕީޑީ) ޕީޑަބްލިއުޑީ ހެލްތު ކޭމްޕް ހިންގުމަށް 50،000 ރުފިޔާ ހަދިޔާކޮށްފައެވެ.
މުޖުތަމައަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާ ޖަމާޢަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ އާންމުކޮން އިވެންޓްތައް ބާއްވަމުންނެވެ. ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ 2018 ވަނަ އަހަރުން ފެށިގެން އެމްއޭޕީޑީގެ މުހިންމު ޕްރޮގްރާމްތަކަށްވެސް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!