ރާއްޖެ-ޗައިނާ، ރަސްމީ ވާހަކަތައް ބާއްވައިފި
ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަންމާނަ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް މިއަދު ބާއްވައިފިއެވެ. މި ވާހަކަތައް ބާއްވާފައި ވަނީ ޗައިނާގެ ވެރިރަށް ބެއިޖިން ގެ ގްރޭޓް ހޯލް އޮފް ޕީޕަލް ގައެވެ. ރައީސް މުޢިއްޒު އާއި ރައީސް ޝީ ގެ ބައިވެރިވެވަަޑައިގަތުމާއެކު ކުރިއަށް ގެންދިޔަ މި ރަސްމީ ވާހަކަތަކުގައި ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމުގެ އުއްމީދު އައުކުރެއްވިކަމަށް ރައީސް އޮފީހުން […]