ޖުވެނައިލް ކޯޓުގެ ވެބްސައިޓު ހެކްކޮށް އިންޒާރު ދީފިއެވެ.
ޖުވެނައިލް ކޯޓުގެ ވެބްސައިޓު ހެކްކޮށް އެ ވެބްސައިޓް މައި ފޮޓޯ އަކަށް ލާފައި ވަނީ އިންޑިއާގެ ދިދައެކެވެ.
ދިދައިގެ ތިރީގައި "އަހަރެމެންނަކީ ބާރަތިޔާ ހެކަރުން" ކަމަށް ލިޔެފަވެއެވެ.
އެ ވެބްސައިޓް ހެކްކުރުމަށްފަހު އިނގިރޭސިބަހުން ލިޔެފައިވާ ގޮތުގައި އެ ވެބްސައިޓް ހެކްކުރީ ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންތަކެއް އިންޑިއާއަށް އަމާޒުކޮށް ބަދު ބަސް ރައްދުކޮށް މަލާމާތްކޮށް ފުރައްސާރަ ކުރުމުންނެވެ.
ހެކަރުން ވަނީ ސަރުކާރުގެ ތިން ނައިބު ވަޒީރެއްގެ ނަން ލިޔެ، އެބޭފުޅުންގެ ވާހަކަތަކަކީ ހަމައެކަނި ލަދުވެތި ވާހަކަތެއް ނޫން ކަމަށް ބުނެފައެވެ. އަދި އެއީ ދެ ޤައުމުގެ ޑިޕްލޮމެޓިކް ގުޅުމަށް ވެސް ގެއްލުން ހުރި ވާހަކަތަކެއް ކަމަށް ބުނެފައެވެ. އެ މީހުން ލިޔެފައި ވަނީ ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ތިން ނައިބު ވަޒީރުން ކަމަށްވާ މަލްޝާ ޝަރީފާއި ހަސަން ޒިހާން އަދި މަރިޔަމް ޝިއުނާގެ ނަމެވެ.
ހެކަރުން ވަނީ މާޒީގައި ރާއްޖެއަށް އިންޑިއާއިން ދިން އެހީތެރިކަން ހަނދާންކޮށްދީފަ އެވެ. އަދި އިންޑިއާގެ ސަގާފަތާ ބެހޭ ގޮތުން އިހުތިރާމު ކުޑަ ވާހަކަ ދެއްކުމަކީ މާޔޫސްވިކަމެއްކަމަށް ވަނީ ވަނީ ލިޔެފައެވެ.
ހެކްރަކުން ވަނީ އެއީ އިންޒާރެއްގެ ގޮތުގައި ބަލައި މިފަދަ ނަފުރަތުގެ ވާހަކަތަކާއި ނަސްލީ ތަފާތުކުރުންތައް ތަހައްމަލެއް ނުކުރެވޭކަމަށް ވެސް ލިޔެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!