ތިލަފުށީ ބިން ހިއްކުމުގެ ދެވަަނަ ފިޔަވަހީގެ އޭރިއާ އީގެ މަސައްކަތް ފަށައިފި
ތިލަފުށި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އޭރިއާ އީ ހިއްކުމުގެ މަސައްކަތް އާބަންކޯއިން މިއަދު ފަށައިފިއެވެ. އޭރިއާ އީ ހިއްކުމުގެ މަސައްކަތް 25 ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށް އާބަންކޯއިން ބުންޏެވެ. އޭރިއާ އީ ގެ ދަށުން 5.9 ހެކްޓަރުގެ ސަރަޙައްދެއް ހިއްކިމަށް ވަނީ ހަމަޖެހިފައެވެ. ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްޤީކުރުމަށް އެރިއާ އޭ، ބީ، އީ ގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ އާބަންކޯ އާއި ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ […]