އެކްސްގައި ބޭނުން ކުރަމުން އަންނަ ''ހަސަން ކުރުސީ'' އެކައުންޓާއި އެމަނިކުފާނާއި އަދި އެމަނިކުފާނުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު އާއި އެއްވެސް ގުޅުމެއް ނެތްކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
12 ޑިސެމްބަރު 2023 ގައި ސިޔާސީ މަަސައްކަތާއި ފެޔަށް ޖެހިވަޑައިގެންފައިވާކަން ޢިއުލާންކުރައްވައިގެން ހުންނެވި ކުރީގެ މަޖިލީހުގެ ރައީސްކަމާއި، އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާފައި ނަޝީދު މިހެން ވިދާޅުވީ ''އެކްސް''ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ސިޔާސީ މަަސައްކަތާއި ފެޔަށް ޖެހިވަޑައިގެން ބޭރުގެ ޖަމާއަތެއްކަމަށްވާ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މިހާރު ހުންނެވި ނަޝީދު މިހެން ވިދާޅުވީ ''އެކްސް''ގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިވަގުތު ރާއްޖޭގައި ހުންނެވި ނަޝީދު އެކްސްގައި ވިދާޅުވެފައިވާ ގޮތުގައި ހަސަން ކުރުސީ އެކައުންޓާ އެ މަނިކުފާނާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި، އެއީ އެ މަނިކުފާނުގެ ދަރިކަނބަލުން މީރާ ހިންގަވާ އެކައުންޓެއް ނޫންކަމަށާއި، އެ އެކައުންޓުން ދައްކައި އިންޑިއާއާ ދެކޮޅު ވާހަކަތަކަށް ވެސް ތާއީދު ނުކުރައްވާކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަޝީދުގެ ދަރިކަނބަލުން މީރާ ވެސް ވަނީ އެ އެކައުންޓާއި ގުޅޭ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.
ނަޝީދު މީގެ ކުރިން ވެސް ވަނީ އެ އެކައުންޓާއި ގުޅުން ނެތްކަން ހާމަކުރައްވާފައެވެ. އެ އެކައުންޓާއި ގުޅިގެން އެމަނިކުފާނުގެ އިސްތަށިފުޅުގައި އެޅުނު ތުހުމަތު ތަކާއި ގުޅިގެން އެ އެކައުންޓްގެ ވެރިފަރާތް ހޯދައި މައްސަލަ ބައިލައިދޭން ވެސް ނަޝީދު ވަނީ ފުލުހުންގެ އިދާރާގައި އެދިވަޑައިގެންފައެވެ.
އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް މަލާމާތްކޮށް ރާއްޖޭގެ ތިން ނައިބު ވަޒީރަކު ހިމެނޭ ގޮތަށް ''އެކްސް''ގައި ޕޯސްޓްތަކެއްކޮށް ދެ ޤައުމުގެ ދެމެދުގައި ނުތަނަވަސްކަންއުފެދުނު ދަނޑިވަޅުގައި ނަޝީދު ވެސް ވަނީ އެކަން ކުށްވެރިކުރައްވާފައެވެ. އަދި އެ ބޭފުޅުންގެ ވާހަކަތަކަކީ ސަރުކާރުގެ ޕޮލިސީނޫންކަން ރައީސް ޑރ. މުޢިއްޒު އިންޑިއާއަށް ޔަޤީންކޮށްދޭން ވެސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!