ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަންމާނަ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް މިއަދު ބާއްވައިފިއެވެ.
މި ވާހަކަތައް ބާއްވާފައި ވަނީ ޗައިނާގެ ވެރިރަށް ބެއިޖިން ގެ ގްރޭޓް ހޯލް އޮފް ޕީޕަލް ގައެވެ.
ރައީސް މުޢިއްޒު އާއި ރައީސް ޝީ ގެ ބައިވެރިވެވަަޑައިގަތުމާއެކު ކުރިއަށް ގެންދިޔަ މި ރަސްމީ ވާހަކަތަކުގައި ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމުގެ އުއްމީދު އައުކުރެއްވިކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ބައްދަލުވުމަށްފަހު ތަފާތު އެކި ދާއިރާތަކުން މައިގަނޑު 20 އެއްބަސްވުމެއްގައި ދެ ޤައުމުން ވަނީ ސޮއިކޮށްފައެވެ.
މި މަހު 7 ވަނަ ދުވަހު ރައީސްގެ ދެކަނބަލުން، ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއެކު ޗައިނާ އަށް ފެއްޓެވި މި ދަތުރުފުޅަކީ އެ ޤައުމުގެ ރައީސް ޝީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސްގެ މި ދަތުރުފުޅު ނިންމަވާލައްވަން ހަމަޖެހިފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!