ރެއާލް ކަޓުވާލައި އެތުލެޓިކޯ މެޑްރިޑް ކުއާޓާއަށް
ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ) ގަދަ ސޯޅައިގެ ބުރުގައި އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުން މޮޅުވެ މުބާރާތުގެ ކުއާޓާ ފައިނަލުން އެތުލެޓިކޯ ޖާގަ ހޯދައިފިއެވެ. ރޭ އެތުލެޓިކޯގެ ދަނޑުގައި ކުޅުނު ވާދަވެރި ފޯރިގަދަ މެޗު ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރު ވެފައެވެ. ނަތީޖާ ނެރުމަށް ކުޅުނު ދެ ހާފުގައި އެތުލެޓިކޯއިން ވަނީ ދެ ލަނޑު ޖަހައި 4-2 ގެ ނަތީޖާއިން މެޗު ކާމިޔާބު ކޮށްފައެވެ. […]