ކަނޑުމަތިން މަރުވެފައި އޮތް ދިވެއްސެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި ވެލައްސަރު ރިސޯޓު ކައިރި ކަނޑުގެ ސަރަހައްދުން މަރުވެފައިވާ މީހެއްގެ ހަށިގަނޑުފެނިގެން އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Ad
rt

އެމީހާ ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 9:11 ހާއިރުއެވެ.

އެމީހާ އަކީ ކ. އަތޮޅުގެ ރިސޯޓެއްގައި މަސައްކަތްކުރާ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއްކަން މިހާތަނަށް ބެލިބުލުމުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން މި މައްސަލަ ތަހުގީގުކުރަމުން އަންނައިރު އިތުރު މައުލޫމާތެއް އަދި ހާމައެއް ނުކުރަށްވައެވެ.