ބޮމެއް އޮތްކަމެއް ބުނި މީހަކު ހަނިމާދޫ އެއާޕޯޓުން ހައްޔަރުކޮށްފި
ބޮމެއް އޮތްކަމެއް ބުނެ ބިރުދެއްކި މީހަކު ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރުން މިއަދު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރުން ފުރަން ގޮސްހުރި މީހަކު، ބޮމެއް ކަމަށް ބުނެ ބިރުދެއްކި މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ދިވެހި ފިރިހެނެކެވެ. ”މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން” ފުލުހުން ބުންޏެވެ. މި މައްސަލައާއިގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. މީގެ ކުރިން ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެ...