ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓުލާން ރީ-ރަޖިސްޓްރީކުރަން 13،000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހެޅި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ. އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރީ-ރަޖިސްޓްރޭޝަނަށް ދިން ހަތް ދުވަހުގެ މުއްދަތު އިއްޔެ ހަވީރު 4:00 ގައި ހަމަވިއިރު، ރީ-ރަޖިސްޓްރީކުރަން 13،378 މީހުން ފޯމު ހުށަހެޅި ކަމަށެވެ. އޭގެ ތެރެއިން، 1،459 ފޯމު ބަލައިނުގަންނަން ނިންމިއިރު، ރީ-ރަޖިސްޓްރީކޮށް ދީފައި ވަނީ 11،919 މީހުންގެ ފޯމް […]
މުޙައްމަދު
ރާއްޖޭގެ ރިސޯޓުތައް ތަރައްގީ ކުރާނީ މަސައްކަތަށް ފަހު، ރަށަށް ދެވޭނެ އިންތިޒާމާ އެކުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް “ރައީސްގެ ޖަވާބު” ނަމުގައި ސަރުކާރުން ފަށާފައިވާ ސިލްސިލާ ޕްރޮގްރާމްގެ ދަށުން ތ. ވޭމަންޑޫ ޒުވާނަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ފަސް އަހަރުގެ ތެރޭގައި، ތ. އަތޮޅުގައި ގިނަ ރިސޯޓުތަކެއް ހުޅުވާނެ ކަމަށެވެ. ރައީސްގެ ޖަވާބު8 ފެބްރުވަރީ 2024 ތ.ވޭމަންޑޫ، ދޫނިގޭ، އާދަމް ރިފާޒް، […]
މުޙައްމަދު
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، މޯލްޑިވިއަންގެ ސީޕްލޭން ޕައިލެޓަކާއި ފަޅުވެރިންނާ ހުތުރުބަހުން މުއާމަލާތްކުރި މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ. މޯލްޑިވިއަންގެ ސީޕްލޭން ޕައިލެޓަކާއި ފަޅުވެރިންނާ ދިމާލަށް ޖާބިރު އަވަގުރާނަ ގޮވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. މޯލްޑިވިއަންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޖާބިރުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭނާއާމެދު އެ ކުންފުނިން ފިޔަވަޅެއް އަޅާނީ ފުލުހުންގެ ތަހ...
މުޙައްމަދު
އިންޑޮނޭޝިއާއިން މަތީ ތައުލީމު ހާސިލްކުރުމަށް ދިވެހިންނަށް ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ސްކޮލާޝިޕްތަކަށް ހުޅުވާލާފައިވާކަން ހާމަކޮށް، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ މިއީ އިންޑޮނޭޝިއާގެ އެކި ޔުނިވާސިޓީ ތަކުގައި ޑިވެލޮޕިންގ ކަންޓްރީޒް ޕާޓްނާޝިޕް ސްކޮލާޝިޕް (ކޭ.އެން.ބީ ސްކޮލާޝިޕް) ގެ ދަށުން ހުޅުވާލާފައިވާ ފުރުޞަތެއް ކަމަށެވެ. މި ފުރުސަތުގެ ދަށުން އިންޑޮނޭޝިއާގެ އެކި ޔުނިވާސިޓީ ތަކުން ބެޗެލާސް، މާސްޓާސް، އަދ...
ޔުމްނާ ޢަލީ
އިއްޔެ ހަވީރު މާލޭގެ ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުމުގެ މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. މިހާރު ކުރިއަށްދާ ރާއްޖޭގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޑަހެންވޭރާއި ވިކްޓަރީ އިއްޔެ ހަވީރު ކުޅުނު މެޗުގެ ނިމެން ކައިރި ވެފައި ވަނިކޮށް ބަޔަކު ދަނޑަށް އަރައި ވަނީ ހަމަނުޖެހުން ހިންގާފައެވެ. މި މެޗުގެ 82 ވަނަ މިނެޓް ކުޅެވުނު ފަހުން، ހިންގި ހަމަނުޖެހުމުގެ ތެރޭގައި ސަޕޯޓަރުންގެ ބަޔަކު ދަނޑުގެ ކޮމްޕައުންޑް ސަރަހައްދަށް ވަނުމުން އިތުރަށް މި ހަމަނުޖެހުން ހޫނުވާން ދިމާވިއެވެ. މި […]
ޔުމްނާ ޢަލީ
ރަށްރަށުގެ ތަރައްގީއަށް ކުރުމަށް ބަޖެޓްކޮށްފައިވާ މަސައްކަތްތައް އެ މަސައްކަތަކާއިގުޅޭ ވުޒާރާއަކާއިގުޅިގެން ތަރުތީބުކޮށްލަދެއްވުމަށް ލޯކަލް ކައުންސިލްތަކުގެ ކިބައިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. އެ މަނިކުފާނު މިގޮތައް އެދިވަޑައިގަތީ އަންގާރަ ދުވަހު ކޮޅުމަޑުލު (ތ. އަތޮޅު) އަށް އެމަނިކުފާނު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެ ރަށުގައި ދެއްކެވި ވާހަކަފުޅުގައި އެރަށަށް ބޭނުންވެފައިވާ ހުރި ކަންކަމުގެ މައްޗަށް އ...
ޔުމްނާ ޢަލީ
އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު އާއިޝަތު ޝިހާމް ބައިވެރިވެވަޑައިގަންނަވާ ފޭސްބުކް ލައިވް ސެޝަނެއް ކުރިއަށް ގެންދަން އެ ވުޒާރާއިން ނިންމައިފިއެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނިގޮތުގައި، އާންމުންގެ ސުވާލުތަކަށް ވަގުތުން ޖަވާބު ދެއްވުމަށް ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްގެ ފޭސްބުކް ލައިވް ސެޝަނެއް މިރޭ ބާއްވަން ވަނީ ނިންމާފައެވެ. މި ސެޝަން ފަށަން ނިންމާފައި ވަނީ މިރޭ 8:30 ގައެވެ. އާންމުންގެ ސުވާލުތަކަށް […]
ޔުމްނާ ޢަލީ
މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑެން ދިމާވީ ދިމާވި ޓެކްނިކަލް މައްސަލައަކުންކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި ކަމަށެވެ. މި މައްސަލަ ހައްލުކޮށް އެ ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް އެ ކުންފުނިންބުންޏެވެ. އެ ކުންފުނިން ވަނީ މިކަމާއިގުޅިގެން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދިފައެވެ.
ޔުމްނާ ޢަލީ
އަމިއްލަ ދަނޑުގައި ބަލިނުވެ އަހަރަކަށްވުރެ ގިނަ ދުވަސްވުމަށް ފަހު އެތުލެޓިކޯ މެޑްރިޑް އަމިއްލަ ދަނޑުގައި ބަލިވެއްޖެއެވެ. ރޭ އެ ޓީމް އަމިއްލަ ދަނޑުގައި ބަލިވެފައި ވަނީ ކޮޕަ ޑެލް ރޭ ސެމީފައިނަލުގެ ފުރަތަމަ ލެގުގެ މެޗުގައި އެތުލެޓިކް ބިލްބާއޯ (1-0) އަތުންނެވެ. އެންމެފަހުން އެތުލެޓިކޯ މެޑްރިޑް އަމިއްލަ ދަނޑުގައި ބަލިވެފައި ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހު، ލީގު މެޗެއްގައި ބާސެލޯނާ އަތުންނެވެ. އެ މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ފާއިތުވި […]
އިބްރާހިމް ޚަލީލް
ކުރީގެ ޢަދަދާ ގުޅޭ: ” އެކަމުގައި އަހަރެން ޒާރާ ކުއްވެރި ކުރާނަން.. އޭނަ ކީއްކުރަން ލޯންޗްގައި ދަތުރު ކޮށްފައި ދާންވީ؟ އޭނަ އެ އިން ޙާލުުގައި މިތާ އިންނަން ވީހެއްނު… އެއީ އޭނަ ގަސްތުގައި ކުރި ކަމަކަށްވާނީ! ” އަޑުއަހަން އިނދެ މުއާޒަށް މަންމައާ ދިމާލަށް ބަލައިލެވުނީ ނުރުހުމުގެ ލޮލަކުންނެވެ. ކަފީލާ އެބީދައިން ވާހަކަ ދެއްކުމުން މުއާޒްގެ އިތުރުން ނަޖީބުވެސް އެކަމާމެދު ހިތްހަމަ ނުޖެހުނެވެ. ” ތިހެން ނުބުނޭ! ގަސްތަކު އެފަދަ ކަމެއް އެއްވެސް މީހަކު ނުކުރާނެ…” […]
ސަލާމާ ޢަބްދުލް ޢަލީމް
އިނގިރޭސި އެފްއޭ ކަޕް ހަތަރުވަނަ ބުރުގެ ދެވަނަ ލެގުގައި އެސްޓަންވިލާ ބަލިކޮށް މުބާރާތުގެ ފަސްވަނަ ބުރުން ޗެލްސީ ޖާގަ ހޯދައިފިއެވެ. އެފްއޭ ކަޕް ހަތަރުވަނަ ބުރުގައި މިދިޔަ މަހުގެ ފަހުކޮޅު ޗެލްސީ ދަނޑުގައި، ވިލާއާއި ޗެލްސީ ބައްދަލުކުރި މެޗު ނިމުނީ 0-0 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. ވުމާއިއެކު ނަތީޖާ ނެރުމަށް ދެވަނަ ލެގު ކުޅެން ޖެހުނުއިރު، އެ މެޗު ރޭ ކުޅެފައިވަނީ އެސްޓަންވިލާގެ ދަނޑުގައެވެ. ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި […]
އިބްރާހިމް ޚަލީލް
ދައުލަތުން ދައުވާ ކޮށްފައިވާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، އޭއެފްސީގެ ބައްދަލުވުމަކަށް ރާއްޖެއިން ބޭރަށް ދާން ޕާސްޕޯޓް ދޫކުރަން އެދުމުން ވެސް ޕާސްޕޯޓް ދޫނުކުރަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ. އެފްއޭއެމްއަށް ލިބެންޖެހޭ ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް، ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ ކޮށްފައިވާއިރު އެ މައްސަލާގައި އޭނާގެ ޕާސްޕޯޓް ތަހުގީގު މަރުހަލާއިން ފެށިގެން އޮތީ ހިފަހައްޓައިފަ އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ގަތަރުގ...
ހުސައިން ހަބީބް
ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް ހުށަހެޅި އިސްލާހު، އެ މައްސަލަ ދިރާސާކުރަން އެކުލަވައިލި ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. މި އިސްލާހް ހިމަނައި އިންތިޚާބުތަކާބެހޭ އާންމު ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޢު އެވެ. މި ބިލުގެ މަސައްކަތަށް މަޖިލީހުން ނަގާފައިވާ ފަސް މެންބަރުންގެ ވަގުތީ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ މި އިސްލާޙް ހުށަހެޅި ގޮތަށް ރޯދަ މަސް ނިމި، 10 ދުވަސް […]
ޔުމްނާ ޢަލީ
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުސްވެފައިވާ މެންބަރު ކަމަށް މެންބަރަކު އައްޔަންކުރުމަށް ތިން ބޭފުޅެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ. ސީއެސްސީގެ މެންބަރުކަމަށް އެދި ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ބޭފުޅުން ތެރެއިން ތިންް ނަމެއް ރައީސް މަޖިލީހަށް ފޮނުއްވިއިރު، މި ބޭފުޅުންގެ ނަންތައް ހިމެނޭ ސިޓީ މިއަދު މަޖިލީހުގެ ޖަލްސާގައި އިއްވުމަށްފަހު، މިނަންތައް ދިރާސާކުރަން ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ. ސީއ...
ޔުމްނާ ޢަލީ
ޏ. ފުވައްމުލަކު ހޮސްޕިޓަލްގެ އިހުމާލުން ކުޑަކުއްޖަކު މަރުވި މައްސަލާގައި ގެއްލުމުގެ ބަދަލު ހޯދަން އެ ކުއްޖާގެ އާއިލާއިން ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކުރަން ދައުލަތުން މަސައްކަތް ކުރުމުން ކޯޓުން އިއްޔެ ދައުލަތަށް ނަސޭހަތްތެރިވެއްޖެ އެވެ. 2021 ވަނަ އަހަރު ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ސަދާ ސައުދުﷲ މަރުވި މައްސަލާގައި، އެ ކުއްޖާގެ އާއިލާއިން ދައުލަތާ ދެކޮޅަށް ދައުވާކުރަނީ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުންގެ އިހުމާލުން އެ ކުއްޖާ މަރުވި ކަމަށް ބުނެ އެވެ. އެ […]
ހުސައިން ހަބީބް
ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި މިއަހަރު އިތުރު 20 ރިސޯޓު އޮޕަރޭޓް ކުރަން ފެށޭވަރުކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ކޮޅުމަޑުލު (ތ. އަތޮޅު) އަށް އިއްޔެ އެމަނިކުފާނު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު މަޑިފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ވަރުގަދަކުރުމަށްޓަކައި މި ސަރުކާރުން ކުރަމުންދާ އެންމެބޮޑު އެއްކަމަކީ، އާމްދަނީ އިތުރުކުރުމަށްޓަކައި ކުރެވޭ މަސައްކަތް ކަމަށެވެ....
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓުލާަން ރަޖިސްޓަރީވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށް، ރީ-ރަޖިސްޓްރޭޝަން ވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލި މުއްދަތު މިއަދު ހަވީރު 4 އަށް ހަމަވާނެއެވެ. މަޖިލިސް އިންތިޚާބުގެ ރީ-ރަޖިސްޓަރީ ވުމުގެ މުއްދަތު މިއަދު ހަމަވާކަން ހަނދާންކޮށްދީ އީސީން ބުނެފައި ވަނީ ދެން މި މުއްދަތު އިތުރު ނުކުރަން ނިންމާފައިވާކަމަށެވެ. މި އިންތިޚާބުގައި އޮންލައިންކޮށް ވެސް ރީ-ރަޖިސްޓަރީ ވެވެއެވެ. ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގަ...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް މީހަކު ހޯދަން އެ އިދާރާއިން ޢިއުލާންކޮށްފިއެވެ. ޒަކާތު ހައުސްއިން ”ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު”ގެ މަޤާމަށް ހޯދަން ކޮށްފައިވާ ޢިއުލާންގައިވާ ގޮތުން މި ޒީފާއަށް ފުރަތަމަ މީހަކު ހަމަޖައްސަން ނިންމާފައި ވަނީ އެއް އަހަރާއި 11 މަހައްށެވެ. މި މުއްދަތު ހަމަވުމުން މަސައްކަތުގެ ފެންވަރުބަލައި ރަނގަޅުނަމަ، ވަޒީފާ ދާއިމީ ކުރެވިދާނެކަމަށް ނުވަތަ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެކަމަށް އެ ޢިއުލާންގައި ބުނެފަވެއެވެ. މި މަޤާމަށް ކުރިމަތިލާ މ...
ޔުމްނާ ޢަލީ