ޑީއެޗްއެލް މެދުވެރިކޮށް ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރި ދިވެއްސަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ވަނީ 30 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ. ބަންދުގެ އަމުރުގައި ބުނީ މަސްތުވާތަކެތި ހުރި އެ ޕާރުސަލަކީ އޭނާގެ އެއްޗެއްކަން ފުލުހުން ކަށަވަރު ކުރީ, ޕެކޭޖުގައި ޖަހާފައި އޮތް ފޯން ނަންބަރާއި އޭނާ […]
މުޙައްމަދު
މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި އެމްޑީޕީން މޯލްޑިވިއަން މެދުވެރިކޮށް ކުރި ދަތުރުތަކަށް ދައްކަން ޖެހޭ 5.6 މިލިއަން ރުފިޔާ ނުދައްކައިގެން އެ އެއާލައިނުން ކޯޓަށް ދާނެ ކަމުގެ ނޯޓިސް ޕާޓީ އަށް ފޮނުވައިފިއެވެ. މިކަމާ ގުޅިގެން އެމްޑީޕީގެ ބަހެއް ނުލިބެއެވެ. މޯލްޑިވިއަނުން އެމްޑީޕީ އަށް ސިޓީގައިވާ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅާއި އޮކްޓޯބަރު މަހުގެ ކުރީކޮޅުގައި އެމްޑީޕީން ނަގާފައިވާ ޓިކެޓާއި ޗާޓަރު ދަތުރުތަކަށް ދައްކަން ޖެހޭ 5.6 މިލިއަން ރުފިޔާ އެބަހުއްޓެވެ. އެގޮތުން ބައެއް […...
މުޙައްމަދު
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައި ބޯޓް ބީޗިން އޭރިއާއެއް ތަރައްގީ ކުރުމަށް އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. ހޯރަފުށީ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ބަވަނަ ޕްރައިވެޓް ލިމިޓެޑް އާ އެވެ. އެ ރަށުގެ ދެކުނު ތުނޑި ސަރަހައްދުގައި ތަރައްގީކުރާ ބޯޓް ބީޗިން އޭރިއާ އާއި ގުޅޭގޮތުން މައުލޫމާތު ދެމުން އެ ރަށު ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު ބުނީ މިހާރު ފެށުމަށް ތައްޔާރުވަމުން މިދަނީ ބޯޓް ބީޗިންގެ ފުރަތަމަ މަރުހަލާ ކަމަށާއި، މި މަރުހަލާގެ […]
އިބްރާހިމް ޚަލީލް
ހައްޖު ޖާގަ ކަށަވަރު ކުރުމަށްކަމަށް ބުނެ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ނަމުގައި ހީލަތުގެ ފޯނު ކޯލްތަކެއް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން އެދިއްޖެއެވެ. ހައްޖު ކޯޕަރޭޝަނުން މިއަދު ބުނީ މި އަހަރުގެ ހައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުކުރުމަށްކަމަށް ބުނެ އެ ކޯޕަރޭޝަންގެ ނަމުގައި އަމިއްލަ ފަރުދުންތަކެއްގެ އެކައުންޓަށް ފައިސާ ޖަމާކުރުމަށްއެދި ހީލަތުގެ ފޯނު ކޯލުތަކެއް ބަޔަކު ކުރަމުން އަންނަކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، އެކަމާއި ސަމާލުވުމަށް އެދޭ ކަމަށެވެ. ހައްޖު ކޯޕަރޭޝަނުން ބ...
ޔުމްނާ ޢަލީ
ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވާން ދެން އޮތީ އެންމެ ހަތަރު ދުވަސްކަން އެ ކޮމިޝަނުން ހަނދާންކޮށްދީފިއެވެ. ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އީސީން ހުޅުވާލީ 30 ޖެނުއަރީ 2024 ގައެވެ. އަދި މި ފުރުސަތު 14 ފެބުރުވަރީ 2024 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 އަށް ހަމަވާނެއެވެ. އީސީގެ ނައިބު ރައީސް އިސްމާއީލު […]
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާގެ އައު އަހަރު ފެށުމުގެ މުނާސަބަތުގައި އެ ޤައުމުގެ ވެރީންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސް، ޗައިނާގެ އައު އަހަރުގެ ތަހުނިޔާ ފޮނުއްވީ، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި، ޕްރިމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް، އަދި ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ ސެންޓްރަލް ކޮމިޓީގެ މެމްބަރ އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ދަ ޕޮލިޓިކަލް ބިއުރޯ، ލީ ޗިއާންގއަށް ފޮނުއްވި ތަހުނިޔާ މެސެޖެއް މެދުވެރިކޮށެވެ. މި މެސެޖުގައި، ޗައިނާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ […]
ޔުމްނާ ޢަލީ
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބާއްވާ ތިން ބައި-އިލެކްޝަނެއްގެ ވޯޓުލުން ކުރިއަށް އެބަ ދެއެވެ. އީސީން މިއަދު ވޯޓުލުން ބާއްވާ ބައި-އިލެކްޝަން ތަކަކީ، ފ. އަތޮޅު އަދި ވ. ފެލިދޫ ކައުންސިލް ރައީސް އަދި ރ. ރަސްގެތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރަކު ހޮވަން ބާއްވާ ބައި-އިލެކްޝަން ތަކެވެ. މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 ގައެވެ. ވޯޓުލުން ބަންދުކުރަން ނިންމާފައި ވަނީ މިއަދު ހަވީރު 4:00 އަށެވެ. މި ބައި-އިލެކްޝަންތަކުގެ […]
ޔުމްނާ ޢަލީ
ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހޮކޮށް ދިނުމަށް ޚާއްޞަ ފެސްޓިވަލެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބުރާސްފަތިދުވަހުގެ ރޭ ކުރިއަށް ގެންދެވި ފޭސްބުކް ލައިވް ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. ސަރުކާރުން ބައެއް ސްކޫލްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް ޚާއްޞަކޮށް ކިޔެވުމުގެ އިންތިޒާމު ހަމަޖައްސާފ...
ޙުސައިން ޝަހުދީ
ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އިންޑިއާ އިން އިއާދަކުރުވަނިވި ހަކަތައިގެ ދާއިރާ އަށް 67 ބިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ. އިންޑިއާ އެނާޖީ ވީކް (އައިއީޑަބްލިއު) ގައި ތަގްރީރު ކުރައްވަމުން މޯދީ ވިދާޅުވީ އިންޑިއާއަކީ ތިމާވެއްޓާ ރައްޓެހި އިއާދަކުރުވަނިވި ހަކަތައިގެ ވަސީލަތްތައް ހުރި ގައުމަކަށް ހެދުމަށް މަސައްކަތް ކަރަމުންދާ ކަމަށެވެ. އިންޑިއާ އެނާޖީ ވީކަކަކީ ފެބްރުއަރީ 6 އިން 9 އަށް ގޯއާގައި ކުރިއަށްދާ އެގްޒިބިޝަނ...
މުޙައްމަދު
އިސްރާއާއި މިޢުރާޖުގެ މަތިވެރި ހާދިސާއަކީ الله سبحانه وتعالى، ކީރިތި ކީރިތި رسول الله صلى الله عليه وسلم އަށް ދެއްކެވި މުޢުޖިޒާތެއްކަމާއި އަދި އެއީ މުސްލިމުންނަށް ކުރިމަތިވި ބޮޑު އިމްތިހާނެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ. މިއަދުގެ ޚުޠުބާ ޚާއްޞަކޮށްފައިވާ މަޢުލޫއަކީ ”އިސްރާއާއި މިޢުރާޖުގެ ޒިކުރާގެ ތެރެއިން” އެވެ. ތިރީގައި މި ނަކަލު ކޮށްލަނީ މި މަޢުލޫއަށް ޚުޠުބާގައި ހިމަނާފައިވާ މުހިންމު ބައިތަކުންކުރެ ބައެއް ބައިތަކެވެ. އިސްރާއާއި މިޢުރާޖު އިސްރާ އަކީ މި ބިންމަތީގައި […]
ޔުމްނާ ޢަލީ
ރާއްޖޭގައި ދިގު މުއްދަތަކަށް ދިރިއުޅޭ ބިދޭސީންގެ މެޑިކަލް ހެދުމަށް އާ އުސޫލެއް ހަދައި، އެ އުސޫލު ތައާރުފް ކޮށްފިއެވެ. ރާއްޖޭގައި ދިގު މުއްދަތަކަށް ދިރިއުޅޭ ބިދޭސީންގެ މެޑިކަލް ހެދުމުގެ ނިޒާމަށް ބަދަލުތަކެއް ގެނެސް އާ އުސޫލެއް ތައާރުފްކުރީ އިއްޔެ ސިއްހަތާބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އުސޫލް ނެރެދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު އަލީ އިހްސާން އެވެ. މި އުސޫލުގެ މަޤްސަދަކީ ރާއްޖޭގައި ގައިން ގަޔަށް އަރާ އެކިއެކި ބަލިތައް ކޮންޓްރޯލް ކުރުމަށާއި، […]
ޔުމްނާ ޢަލީ
ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ އޮޅުވާލައިގެން ގއ. ވިލިގިލީ މީހަކު އަތުން ދެލައްކަ ރުފިޔާ ހޯދި މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ. ފުލުހުން ރޭގައި ބުނީ، ގއ. ވިލިގިލީ ގައި އެޗްޑީސީ އިން ފްލެޓެއް ލިބިއްޖެ ކަމަށް ބުނެ އޮޅުވާލައިގެން އެ ރަށު މީހެއްގެ ބޭންކު އެކައުންޓުން 200،000 ރުފިޔާ މަކަރާ ހީލަތުން ނަގާފައިވާ މައްސަލަ އެއް (ބުދަ ދުވަހުގެ ހަވީރު) ހުށައަޅާފައިވާ ކަމަށެވެ. މި މައްސަލައިގެ ތަހުގީގު އެ […]
ޔުމްނާ ޢަލީ
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލައިފިއެވެ. މި މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 20 އަދި 21 ފެބުރުވަރީ ވަނަ ދުވަހު ހެނދުނު 08:00 އިން މެންދުރު 12:00 އަށް ރައީސް އޮފީހުންނެވެ. މި މަގާމަށް ކުރިމަތިލެއްވުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ. މީރާގެ ކޮމިޝަނާ ޖެނެރަލ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ދެއްކެވި ވާހަކަފުޅުތައް ހިމެނޭ ފޮތް، ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކޮށްފިއެވެ. ރިޔާސީ އިންތިޚާބުގައި ރައީސް ވާދަކުރެއްވީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އެކުވެގެން އުފައްދާފައިވާ ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައެވެ. “ދިވެހީންގެރާއްޖެ” މި ޝިޢާރުގެ ދަށުން، ކުރިއަށް ގެންދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި 53 ދުވަހުގ...
ޔުމްނާ ޢަލީ
ފެނަކަ ކޯޕްރޭޝަން ލިމިޓެޑުގެ ޓެކްނިކަލް ދާއިރާގެ މުވައްޒަފުން ޓެކްނިކަލް ދާއިރާއިން އިތުރަށް ތަމްރީނުކުރުމަށް މޯލްޑިވްސް ޕޮލިޓެކްނިކާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ. ފެނަކަ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހުސެއިން ޒުހުރީއެވެ. ޕޮލިޓެކްނިކްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ހަޔާ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު ޒޫޝާން ކަމާލުއްދީނެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޒުހުރީ ވިދާޅުވީ މިހާ...
އަޙްމަދު ވަހީދު
އދ. އޮމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް 6 ފެބްރުއަރީ 2024 ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުބް މިހާރު ކުރިއަށްދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތާއި އެއްގަމުތޮށީގެ ކޮންކްރީޓް މަަސައްކަތ...
އަޙްމަދު ވަހީދު
އެމްޑީޕީ އާއި ޑިމޮކްރަޓްސް ޕާޓީގެ މެމްބަރުންގެ ވޯޓުން ރައީސުލް ޖުމްހޫރިއްޔާ ވަކިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ގާނޫނު އަސާސީ އޮންނަ ރައީސާއި ނައިބު ރައީސް ވަކި ކުރެވޭނީ މަޖިލީހުގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ ވޯޓުންނެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު އިސްލާހު ގެނައީ ރައީސާއި ނައިބު ރައީސް ވަކި ކުރުމަށްޓަކައި މެމްބަރުންގެ އަދަދު ގުނާއިރު ހުސްވެފައި ހުރި […]
ހުސައިން ހަބީބް
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓުލާން ރީ-ރަޖިސްޓްރީކުރަން 13،000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހެޅި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ. އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރީ-ރަޖިސްޓްރޭޝަނަށް ދިން ހަތް ދުވަހުގެ މުއްދަތު އިއްޔެ ހަވީރު 4:00 ގައި ހަމަވިއިރު، ރީ-ރަޖިސްޓްރީކުރަން 13،378 މީހުން ފޯމު ހުށަހެޅި ކަމަށެވެ. އޭގެ ތެރެއިން، 1،459 ފޯމު ބަލައިނުގަންނަން ނިންމިއިރު، ރީ-ރަޖިސްޓްރީކޮށް ދީފައި ވަނީ 11،919 މީހުންގެ ފޯމް […]
މުޙައްމަދު