އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލްއާއި ވެސްޓްހޭމް ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން އާސެނަލުން ކާމިޔާބު ކޮށްފިއެވެ. ވެސްޓްހޭމްގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ. މިއީ އަމިއްލަ ދަނޑުގައި ހަ ލަނޑުގެ ތަފާތަކުން ވެސްޓްހޭމް ބަލިވި ދެވަނަ ފަހަރެވެ. އެ ޓީމް ވަނީ 1963-64 ސީޒަންގައި ބްލެކްބާން އަތުން 8-2 ގެ ނަތީޖާއިން ބަލިވެފައެވެ. ވެސްޓްހޭމް ދޫކޮށް މި ސީޒަންގައި އާސެނަލާއި ގުޅުނު ޑެކްލަން ރައިސްގެ ފަރާތުން މި މެޗުގައި […]
އިބްރާހިމް ޚަލީލް
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި މަޖިލިހުގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު އެމްޑީޕީގެ ޓިކެޓުގައި ށ. ފުނަދޫ ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފިއެވެ. އެނގިފައިވާ ގޮތުގައި، މަޖިލިހުގެ ފުނަދޫ ދާއިރާ ތަމްސީލް ކުރައްވާ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝާހިދު ވެސް ތާއީދު ކުރައްވަނީ އިލްހާމަށެވެ. ޝާހިދު ވަނީ މިފަހަރުގެ މަޖިލިހުގެ އިންތިހާބުގައި އެއްވެސް ދާއިރާއަކަށް ކުރިމަތިނުލެއްވުމަށް ނިންމަވައިފައެވެ. އިލްހާމް ވަނީ މީގެ ކުރިން ދެ ދައުރެއްގައި މަޖިލިސް މެމްބަރުކަން ކުރައްވައިފ...
މުޙައްމަދު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް މިއަދު ފުރާވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅަކީ ޔޫއޭއީގެ ވިޔަފާރީގެ މަރުކަޒީ ރަށް، ދުބާއީގައި ބާއްވާ ވަރލްޑް ގަވަރމަންޓް ސަމިޓް 2024ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ. ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ޔޫއޭއީ ގެ ވައިސް ޕްރެޒިޑެންޓް، ބޮޑުވަޒީރު، ޔޫއޭއީ ގެ މިނިސްޓަރ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް […...
ޔުމްނާ ޢަލީ
ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ. އެ މައްސަލަ ދިރާސާކުރަން އެކުލަވައިލި ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމިޓީން ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ފާސްކުރީ މި މަހުގެ 7 ވަނަ ދުވަހުއެވެ. މަޖިލީހުގައި މިއަދު ވަނީ އެކޮމެޓީގެ ރިޓަށް ބަހުސްއަށް ހުޅުވާލައި، ވޯޓަށް އަހާފައެވެ. އިންތިޚާބުތަކާބެހޭ އާންމު ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޢު އެވެ. މި ބިލުގެ...
ޔުމްނާ ޢަލީ
އުރީދޫ މޯލްޑިވްސްގެ ކަސްޓމަރުންނަށް ހިދުމަތް ދިނުމަށް ގާއިމުކޮށްފައިވާ މާލޭގެ އެކްސްޕީރިއަންސް ސެންޓަރު ދަނބު ގޯޅިއަށް ބަދަލުކޮށްފިއެވެ. ރޭ ބޭއްވި ރަސްމިއްޔާތުގައި އުރީދޫ އެކްސްޕީރިއަސް ސެންޓަރު (އޯއީސީ) ހުޅުވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފު އުމަރުއެވެ. ސިސިލް ގާޑަން, ދަނބު ގޯޅީގައި މިހުޅުވުނު އެކްސްޕީރިއަންސް ސެންޓަރާއެކު މާލޭގައި އުރީދޫގެ ރަސްމީ އެކްސްޕީރިއަންސް ސެންޓަރަކަށް ވާނީ މި ސެންޓަރު ކަމަށް އުރީދޫއިން ބުންޏެވެ. މި ސެ...
އަޙްމަދު ވަހީދު
އިސްލާމިކް ސްޓޭޓް (އައިއެސް)ގެ އިސް ވެރިއެއްގެ ގޮތުގައި ރާއްޖޭގައި ހަރަކާތްތެރިވެ، މީހުން ޖިހާދަށް ފޮނުވާ ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ކުށް ސާބިތުވި ޏ. ފުވައްމުލަކު، ކަރިއްޔާވިލާ މުހައްމަދު އަމީން 27 އަހަރަށް ޖަލަށްލާން ކުރި ހުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ. އަމީންގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއަކީ ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއާއި ޓެރަރިސްޓު އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. އެ ދެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑަ...
ހުސައިން ހަބީބް
މި ސީޒަންގައި އާދަޔާ ހިލާފް މޮޅު ކުޅުމެއް ދައްކަމުން އަންނަ ބަޔާން ލެވަކޫސެން އަތުން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް ވެސް ބަލިވެއްޖެއެވެ. ރޭ ޖަރުމަނު ލީގުގައި މި ދެ ޓީން ވާދަކުރި މެޗު ލެވަކޫސެން އިން ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ނަތީޖާއިންނެވެ. ކުރީ ރެއާލް މެޑްރިޑާއި ލިވަޕޫލުގެ އިތުރުން ބަޔާން މިއުނިކްގެ މެދުތެރޭގައު މޮޅު ކުޅުމެއް ދެއްކި، ސްޕެއިންގެ ޒަބީ އެލަންސޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ލެވަކޫސެން އިން އަދި މިސީޒަންގައި ބަލިވެފައި […]
އިބްރާހިމް ޚަލީލް
އޭޝިއަން ކަޕް 2024، ގެ ފައިނަލުގައި ޖޯޑަންގެ ބަލިކޮށް، މުބާރާތުގެ ތަށި ޖެހިޖެހިގެން ދެވަނަ ފަހަރަށް ގަތަރުން ކާމިޔާބު ކޮށްފިއެވެ. ގަތަރުގެ ލުސައިލް ސިޓީގެ ސްޓޭޑިއަމްގައި ރޭ ކުޅުން ފައިނަލް މެޗު ގަތަރުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިން ޖޯޑަންގެ މައްޗަށް ކުރި ހޯދައިގެންނެވެ. ރޭ މެޗުގައި ގަތަރުން ކާމިޔާބުކުރި ތިން ކަނޑުވެސް ޖެހީ ޕެނަލްޓީންނެވެ. މި ތިން ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމްގެ އަކުރަމް އަފީފް ވަނީ ހެޓްރިކް ހަދާފައެވެ. ޖޯޑަންގެ ހަމައެކަނި […]
އިބްރާހިމް ޚަލީލް
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ބާންލީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ލިވަޕޫލް ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލުން ވަނީ 3-1 ގެ ނަތީޖާއިން ބާންލީ ބަލިކޮށްފައެވެ. މި މޮޅާއިއެކު މެންޗެސްޓާ ސިޓީއަށްވުރެ އެއްމެޗު އިތުރަށް ކުޅެގެން ލިވަޕޫލު ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. ލިވަޕޫލުން 24 މެޗުން 54 ޕޮއިންޓް ހޯދާފައިވާއިރު، ސިޓީން ވަނީ 23 މެޗުން 52 ޕޮއިންޓް ހޯދާފައެވެ. ލިވަޕޫލް އަތުން ބަލިވި ބާންލީ މިވަގުތު އޮތީ […]
އިބްރާހިމް ޚަލީލް
ދިވެހި ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދައި، ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ތަނަކަށް ހައްދަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒު މިއަދު ފޮނުއްވި ޚިޠާބުގައި ވިދާޅުވީ، ޢަލީ ރަސްގެފާނުގެ ޖިހާދު، އަދުގެ ދިވެހީންނަށް ދޭ އެންމެ ބޮޑު އެއް ފިލާވަޅަކީ، މާތް ﷲ ޙައްޤަށް ނަޞްރު ދެއްވާނެކަން ކަމަށެވެ. އެއީ، ބިމުގެ ކުޑަކަމަކާއި، އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫންކަން […]
ޔުމްނާ ޢަލީ
ދިވެހި ކުޅިވަރުގެ ދާއިރާގައި ފާހަގަކޮށްލެވޭ، މަރިޔަމް މުހައްމަދު (މާޔަން) ފަތިހު ދުވަން ނުކުމެ އުޅެނިކޮށް އޭނާ ކަރުގައި އޮތް ރަން ފަށް ބަޔަކު ފޭރިގެންފި އެވެ. މާޔަން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި މިއަދު ބުނީ، އޭނާ ހެނދުނު 6:15 ހާއިރު ހުޅުމާލޭ ކްލޭ ސްޓޭޑިއޯ މަގުން ދުވެފައި ދަނިކޮށް ސައިކަލެއްގައި އައި ދެމީހަކު އޭނާ ބިންމައްޗަށް ވައްޓާލައި ކަރުގައި އޮތް ރަން ފަށް ފޭރިގަނެގެން ފިލާފައިވާ ކަމަށެވެ. އެ މައްސަލަ ވަގުތުން ހުޅުމާލޭ ޕޮލިހަށް ރިޕޯޓުކޮށްފައިވާ ކަމަށް […]
ޔުމްނާ ޢަލީ
ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ކުރިން އަދާކުރެއްވި އަހްމަދު ޝަހީރު ހަމަޖައްސަވައިިފި އެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ޝަހީރު މި މަގާމަށާއި، އެ ކުންފުނީގެ ބޯޑު މެންބަރުކަމަށް ހަމަޖެއްސީ މި މަހުގެ އަށް ވަނަ ދުވަހުއެވެ. ޝަހީރު ވަނީ ކުރީގެ ރައީސް، އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ ސަރުކާރުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ. އެސްޓީއޯގެ އެމްޑީކަމަށް ހަމ...
ޔުމްނާ ޢަލީ
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ޖިރޯނާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ރެއާލުން ލީޑު ފުޅާކޮށްފިއެވެ. ރޭ ރެއާލުގެ އަމިއްލަ ދަނޑުގައި 4-0 ގެ ނަތީޖާއިން ވަނީ ޖިރޯނާ ބަލިކޮށްފައެވެ. ޕޮއިންޓް ތާވަލުގެ އެންމެ ކުރީ އޮތް މި ދެ ޓީމަށް ރޭގެ މެޗުގެ ނަތީޖާ އޮތީ ވަރަށް ބޮޑަށް މުހިންމުވެފައެވެ. މި މެޗު ކާމިޔާބު ކޮށްގެން ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު ޖިރޯނާއަށް އޮތެވެ. ނަމަވެސް ބަލިވުމުން ރެއާލަށް ވަނީ އެއްވަނާގައި […]
އިބްރާހިމް ޚަލީލް
ކުރީގެ ޢަދަދާ ގުޅޭ: ” ނޫނޭ ނޫނޭ! ދެން މާ ނޫން ކަމަށް ހެދޭނެ ކަމެއް ނެތް… އޮފީހުން އަންނަން ވާއިރަށް އޭނަ މިގޭގައި ބައިންދާނީ.. ދެން ފްރެންޑް ވެގެން… ލޯބި ވެގެން.. ކައިވެންޏަކާ ހަމައަށް ދިޔައީމަ އަހަންނަށް އަގު ދޭންވާނެ” ލަމްހާ ވާހަކަ ދައްކާ ނިމުމާއެކު ޝާހު ލަމްހާގެ އިސްތަށިގަނޑުގައި ހިފައި ދަމައިގަތެވެ. ” ލާނެތް ކުއްޖާގަނޑު” ލަމްހާ ދުރަށް ދުއްވައިގަތުމުން ޝާހަށް ބުނެވުނެވެ. *** މުއާޒް ފިހާރައިން އަންނާނެ އިރަކަށް މާހިލް ދިޔައީ އިންތިޒާރު […]
ސަލާމާ ޢަބްދުލް ޢަލީމް
ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް އަމަލު ކުރަން ފެށި ފަހުން ފުރަތަމަ ފަހަރަށް އަތޮޅު ކައުންސިލެއްގެ ރައީސަކަށް އަންހެން ބޭފުޅަކު މިއަދު އިންތިހާބުކޮށްފިއެވެ. ފ. އަތޮޅު ކައުންސިލްގެ ރައީސަކަށް މިއަދު އިންތިހާބުކުރީ ފ. ނިލަންދޫ، ފޮނިލުނބޯގެ، ހައްވާ އަބްދުލް އަޒީޒެވެ. އޭނާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު ފ. ނިލަންދޫ، އަޒުމް، އިބްރާހިމް ހަލީލެވެ. ހައްވަ 941 ވޯޓު ހޯއްދެވި އިރު، ހަލީލަށް ލިބުނީ 888 ވޯޓެވެ. މިއީ އަތޮޅު ކައުންސިލެއްގެ ރައީސަކަށް އަންހެން ބޭފުޅަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ. […]
މުޙައްމަދު
އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު މެންޗެސްޓާ ސިޓީއާއި އެވަޓަން ބައްދަލުކުރި މެޗު ސިޓީން ކާމިޔާބު ކޮށްފިއެވެ. ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗުން މޮޅުވެ ސިޓީ ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. ސިޓީއަށް 23 މެޗުން 52 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލަށް 23 މެޗުން ލިބިފައި ވަނީ 51 ޕޮއިންޓެވެ. މިރޭ ލިވަޕޫލާއި ބާންލީ ބައްދަލުކިރާ މެޗު ކާމިޔާބު ކޮށްގެން، ސިޓީއަށްވުރެ […]
އިބްރާހިމް ޚަލީލް
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ “ގެދޮރުވެރިޔާ” ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޝަރުތު ހަމަވެ، އެއްވެސް އިތުރު މައްސަލައެއް ނެތް މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީއަށް ފޮނުވައިފިއެވެ. ހައުސިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކާ ގުޅޭ ގޮތުން އޭސީސީން ކުރި ތަހުގީގަށް ފަހު، ޝަރުތު ހަމަވެ، އިތުރު މައްސަލައެއް ހުރިކަން ފާހަގަނުވާ ފޯމުތަކުގެ ލ...
މުޙައްމަދު
ސަރުކާރުގެ ވިސްނުމަކީ ތ. އަތޮޅު ހިމެނޭ ހެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިގްތިސާދީ ފުރުސަތުތައް ފުޅާކޮށް، ވަޒީފާ އިތުރު ކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އާންމުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ރައީސް އޮފީހުން ފެށި “ރައީސްގެ ޖަވާބު” ޕްރޮގްރާމްގައި ތ.ކިނބިދޫ، އުފާ، އައިޝަތު ރައުނާ ކުރި ސުވާލަކީ ކިޔެވުން ނިންމައި ވަޒީފާއަށް ނުކުންނަ ކުދީންނަށް ރަށުގައި ތިބެ ވަޒީފާ އަދާކުރާނެ ފުރުސަތު ފަހިކޮށް ދިނުމަށް ސަރުކާރުން ކުރާ މަސައްކަތާ ގުޅޭ ގޮތުންނެވެ. “އަޅުގަނޑުމެންނަށް ތ....
މުޙައްމަދު