ޗައިނާގެ ވާވޭ އަދި ޒެޑްޓީއީ ޖަރުމަނުވިލާތުގެ 5ޖީ ނެޓްވޯކުން ބޭރުކުރަން ނިންމައިފިއެވެ. ޖަރުމަނުވިލާތުން ވަނީ އެޤައުމުގެ 5ޖީ ނެޓްވޯކުން ޗައިނާގެ ވާވޭ އަދި ޒެޑްޓީއީގެ އާލާތްތައް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބޭރުކުރުމަށް ނިންމައިފައެވެ. މިގޮތުން 2026 ވަނަ އަހަރުގެ ނިޔަލަށް “ކޯ ނެޓްވޯކް” ތަކުން، އަދި 2029 ވަނަ އަހަރުގެ ނިޔަލަށް “އެކްސެސް އަދި ޓްރާންސްޕޯޓް ނެޓްވޯކް” ތަކުން މި ދެ ކުންފުނީގެ އާލާތްތައް ނައްތާލުމަށް ވަނީ އަންގާފައެވެ. ޖަރުމަނު ސަރުކާރުން މިފަދަ ނިންމުމެއް […]
އަޙްމަދު ދާއޫދު
އެމްޑީޕީން މީގެކުރިން މުޒާހަރާކޮށްގެން އަންނަން ހުރި މަޝްރޫއުތަކެއް ހުއްޓުވި ނަމަވެސް ދެން މުޒާހަރާކޮށްގެން މަޝްރޫއުތައް ނުހުއްޓުވޭނެ ކަމަށާއި އެކަން ކުރާ ފަރާތްތަކާ މެދުގައި ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު މިރޭ ވިދާޅުވެއްޖެއެވެ. ޝުޖާއު އެގޮތަށް ވިދާޅުވެފައި ވަނީ ވ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކާނި ހޮޓެލްސް އަށް ދީފައި ވަނިކޮށެވެ. ކާނި ހޮޓެލްސްއަކީ ރާއް...
މުޙައްމަދު
ޗައިނާގެ އެކި ޕްރޮވިންސްތަކާއި އައްޑޫ ސިޓީއާ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ. ޕީއެންސީ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ މިދިޔަ މެއި މަހު ޗައިނާގައި އޮތް އައިޓީބީ ފެއާގައި ޗައިނާގެ އީސްޓަން އެއާލައިންސްގެ ނައިބު ރައީސްއާ ބައްދަލުކުރައްވައި، އައްޑުއަށް ސީދާ ދަތުރުތައް ފެށުމަށް އެދިވަޑައިގެންނެވި ކަމަށެވެ. “ރައީސް މުއިއްޒުގެ ސަރުކާރާއި ޗައިނާއާއި ދެމެދު މިއޮތީ ވަރަށް...
މުޙައްމަދު
ރ. މަޑުއްވަރީގައި ކުޑަކުއްޖަކާ ކައިވެނިކޮށް އެ ކުއްޖާ ރޭޕްކުރި މައްސަލައިގައި އިސްމާއިލް ހައްމާދުގެ މައްޗަށް 14 އަހަރުގެ ޖަލު ހުކުމެއް މިއަދު އިއްވައިފިއެވެ. އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކާ ކޯޓުން ބޭރުގައި ކައިވެނީގެ ނަމުގައި ގުޅި އަދި ޖިންސީ ގުޅުން ހިންގުމަށް ފަހު އެ ކުއްޖާ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވިހެއި މައްސަލަ ފެންމަތިވީ ދީނީ ހިޔާލު ތަފާތުވުންތަކެއްގައި ހައްމާދަށް ބަޔަކު ހަމަލާދިން މައްސަލައެއް ތަހުގީގު ކުރަމުން ދަނިކޮށް 2019 ވަނަ އަހަރުގެ […]
މުޙައްމަދު
ބޭރު ޤައުމުތަކުގެ ލީޑަރުން އޭނާގެ ޤާބިލުކަމާމެދު ކަންބޮޑުވުމެއް ފާޅުކޮށްފައި ނުވާކަމަށް އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަކުރައްވާ އެމެރިކާގެ ރައީސް ޖޯބައިޑެން ވިދާޅުވެއްޖެއެވެ. ބައިޑަން ވިދާޅުވީ މި ހަފްތާގައި ބޭއްވުނު ނޭޓޯ ސަމިޓުގައި ބައްދަލުކުރެއްވި ބޭރު ޤައުމުތަކުގެ ލީޑަރުން އޭނާގެ ޤާބިލުކަމާމެދު އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައި ނުވާ ކަމަށެވެ. ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިޑަން ވިދާޅުވީ، އޭނާއާ ބައްދަލުކުރެއްވި ލީޑަރުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ނޮވެމްބަރު...
އަޙްމަދު ދާއޫދު
ޓައިވާން ސަރަހައްދުގައި ޗައިނާގެ އަސްކަރީ ހަރަކާތްތައް އިތުރުވެގެން ދާކަމަށް ޓައިވާންގެ ޑިފެންސް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ. މިނިސްޓްރީގެ ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރެކޯޑު އަދަދެއްގެ ޗައިނާގެ އަސްކަރީ އުޅަނދުތައް ޓައިވާން ސަރަހައްދާ ކައިރިން ފެނިފައިވާ ކަމަށެވެ. ޓައިވާންގެ ޑިފެންސް މިނިސްޓްރީގެ މަޢުލޫމާތު ދައްކާގޮތުން، މި މުއްދަތުގެ ތެރޭގައި ޖުމްލަ 66 ހަނގުރާމަވެރި މަތިންދާބޯޓާއި 7 އަސްކަރީ ކަނޑު އުޅަނދު ފެނިފައިވެއެވެ. އޭގެ ތެރެއިން 56 މަތިންދާބޯޓު ޗައިނާއ...
އަޙްމަދު ދާއޫދު
ވެމްކޯއިން ރިސޯޓުތަކުން ކުނި އުކާލުމުގެ ޚިދުމަތް ފަށައިފިއެވެ. މިކަމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލެވެ. ވެމްކޯއިން ބުނީ ރިސޯޓުތަކުން އުފައްދާ ކުނި ނަގައިދޭން ފަށާފައިވަނީ ކުންފުނީގެ ސަރަޙައްދީ ޓްރާންސްފާ ސްޓޭޝަންތަކަށް ކުނި ގެންދިއުމުގައި ރިސޯޓުތަކަށް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭތީ އެ މައްސަލަ ހައްލުކުރުމަށް ކަމަށެވެ. އެހެންކަމުން މި ޚިދުމަތަށް ރަޖިސްޓްރީކުރާ ހުރިހާ ރިސޯޓްތަކަށްވެސް ވެމްކޯގެ އުޅަނދުތަކުގައި ކުނި ނަގައިދޭނެކަމަށް އެ ކު...
އަޙްމަދު ވަހީދު
އެސްޓީއޯ މެޑިކަލް ސާވިސަސް އިން ދަރުމަވަންތަ ހޮސްޕިޓަލުގައި ފާމަސީއެއް ހުޅުވައިފިއެވެ. ރޭ ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވުނު ރަސްމީއްޔާތުގައި މި ފާމަސީ ރަސްމީކޮށް ހުޅުވައިދެއްވީ އެސްޓީއޯގެ ޗެއާމަން އަލްފާޟިލް އާމިރް މަންސޫރެވެ. މި ރަސްމީއްޔާތުގައި އެސްޓީއޯގެ އިސްވެރިންގެ އިތުރުން އައިޖީއެމް އެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ އިސްވެރިން ބައިވެރިވިއެވެ. އެސްޓީއޯ އިން ބުނީ މި ފާމަސީއަކީ އެހެން ފާމަސީތަކާއި ތަފާތުކޮށް ޒަމާނީ ކޮންސެޕްޓަކަށް ތައްޔާރު ކުރެވިފައިވާ ފާމަސީއެއް ކަމަށެވެ. އެެހެންކަމުން...
އަޙްމަދު ވަހީދު
ލޭ ހަދިޔާކުރުމާއި ލޭގެ ހިދުމަތްތައް ބެލެހެއްޓުމަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން ކަމަށްވާ “ލޭ އެޕް” މިއަދު އިފްތިތާހްކޮށްފިއެވެ. މި އެޕަކީ، އެޗްއާރުޑީއެންސީ އެލްއެލްޕީ ގެ ފަރާތުން، ސިއްހަތާ ބެހޭ ވުޒާރާ އާއި ގުޅިގެން ފަރުމާކޮށް، ތައާރަފްކޮށްފައިވާ އެޕެކެވެ. ސިއްހަތާ ބެހޭ ވުޒާރާގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެޕް އިފްތިތާހްކޮށްދެއްވީ، ސިއްހަތާ ބެހޭ ވަޒީރު، ޑރ.ޢަބްދުﷲ ޚަލީލެވެ. ސިއްހަތާ ބެހޭ ވުޒާރާއިން ބުނިގޮތުގައި، ލޭ އެޕަކީ ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމުގައި ލޭ...
ޔުމްނާ ޢަލީ
ހދ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އަތޮޅުގެ ކަނބަލުންނަށް ބާއްވާ ތިލަދެކުނު ފުޓްސަލް މުބާރާތް ރާވާ ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިއުލާން ކޮށްފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރ މަހުއެވެ. މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ހދ.އަތޮޅުގެ ކުލަބް ޖަމިއްޔާތަކަށް ވަނީ ހުޅުވާލާފައެވެ. މި ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށް މި މަސައްކަތާއި ގުޅޭ މައުލޫމާތު ސީޓު ފޮނުވުމަށް ހަމަޖެހިފައިވާއިރު، ބީލަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 17 ވަ...
އިބްރާހިމް ޚަލީލް
ބ. މާޅޮހުގެ ބަނދަރު މަރާމާތު ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 54 އިންސައްތަ ވަނީ ނިމިފައެވެ. އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 40 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 7,512 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ […]
އަޙްމަދު ވަހީދު
އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާ، އެކި ހިދުމަތްތަކަށް ފައިސާ ދެއްކުމަށްސަރުކާރުގެ ރަސްމީ ޕޯޓަލް ބަނޑޭރި ޕޭއިން ޕޭމަންޓް އޮޕްޝަނެއްގެ ގޮތުގައިބޭނުންކުރަން ފަށައިފިއެވެ. މިއީ ފައިސާގެ މުއާމަލާތްތައް ޑިޖިޓައިޒްކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކަން އިތުރުވެ ލިބިގެންދާ ވަރަށްބޮޑު ކުރިއެރުމެއްކަމަށް އުރީދޫން ބުންޏެވެ. އެގޮތުން، ބަނޑޭރި ޕޭއަށް އެމް-ފައިސާ ހިމެނުމާއެކު، ސަރުކާރުގެ ހިދުމަތްތަކަށް ބޭނުންވާފައިސާގެ މުއާމަލާތްތައް ކުރިއަށް ގެންދިއުމުގައި މ...
އަޙްމަދު ވަހީދު
މީގެ 11 އަހަރު ކުރިން މާލޭގައި ގޭންގަކުން ގޮސް ހަމަލާދީ މަރާލި ހުސައިން ވަހީދުގެ މަރުގެ މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ މީހާއަށް ހުސައިންގެ މަންމަ މައާފް ދިނުމުން އޭނާ މަރުގެ އަދަބުން މިއަދު ސަލާމަތްވެއްޖެ އެވެ. ޑިސެމްބަރު، 2013 ގައި މ. އައިޝާ, ހުސައިން ވަހީދަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދެ ކުއްޖަކު މެރުމަށް ޖުވެނައިލް ކޯޓުން 2015 ވަނަ އަހަރު ކުރި ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ […]
ހުސައިން ހަބީބް
ށ.ފީވަކުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކްލަބެއްކަމަށްވާ ރޮލިގަންސް އިން އިންތިޒާމްކޮށްގެން އެ ރަށު ކަނބަލުންނަށް ބާއްވާ “ރޮލިގަންސް ވިމެންސް ވޮލީބޯލް ޓޯނަމަންޓް 2024” ގެ ފުރަތަމަ މެޗު ހިތްވަރު ޓީމުން ކާމިޔާބުކޮށްފިއެވެ. އިއްޔެ ހަވީރު މި މުބާރާތް ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް ހިތްވަރާއި ޓީމް ކަމަނައެވެ. މި މެޗު ތިން ސެޓް އެއް ސެޓުން ކާމިޔާބުކުރީ ހިތްވަރު ޓީމުންނެވެ. މެޗުގެ ސެޓްތައް ގޮސްފައި ވަނީ (25/23، 18/25، 25/20، 25/19) […]
އިބްރާހިމް ޚަލީލް
ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އާޖެންޓީނާއާއި ކޮލަމްބިއާ ވާދަކުރަން ޖެހިއްޖެއެވެ. މިއަދު ފަތިހު ކުޅުނު މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ވާދަކުރީ ކޮލަމްބިއާ އާއި އުރުގުއޭ އެވެ. މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ކޮލަމްބިއާއެވެ. ރޭ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 39 ވަނަ މިނެޓުގައި ކޮލަމްބިއާއަށް ޖަހައިދިނީ ލެމާއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އުރުގުއޭ އޭރިއާތެރެއިން ހަމޭސް ރޮޑްރިގޭޒް ބޮލުން ހުރަސްކުރި ބޯޅައެއްގައެވެ. މިއީ […]
އިބްރާހިމް ޚަލީލް
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ނަމުގައި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދާތީ އެކަމަށް ސަމާލުވުމަށް އެ ވުޒާރާއިން އެދިއްޖެއެވެ. މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން ބުނީ ސަރުކާރުން ދޭ ސްކޮލޮޝިޕަށް ނުވަތަ ލޯނު ހޯދުމަށް އެދިފައިވާ ނުވަތަ ލޯނު ދިނުމަށް ހޮވިފައިވާ ދަރިވަރުންނާ ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަން އެދެމުން ދާކަން އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މިގޮތަށް މަކަރާއި ހީލަތްހަދާ މީހުން، ގުޅަމުން ދަނީ މަތީ ތަޢުލީމާއި މަސައްކަތްތ...
ޔުމްނާ ޢަލީ
އިސްލާމްދީނަކީ ރާއްޖޭގައި ބަދަލުކުރަން ޖާގަ ނުދެވޭނެ އަސްލެއް ކަމަށާއި، އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު)ގެ ހައްގުތައް ލިބިދެވޭނީ އިސްލާމް ދީނުގެ އަސްލުތަކާ އެއްގޮތަށްކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ. އޭޖީ އުޝާމް މިހެން ވިދާޅުވީ، އެކުވެރި ދައުލަތްތައް (އދ)ގެ މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ ނުވަތަ އައިސީސީޕީއާރުގެ ދެ ވަނަ ޕީރިއޯޑިކް ރިޕޯޓު ހުށަހަޅުއްވަމުންނެވެ. މި ރިޕޯޓު 2022 ވަނަ އަހަރުގެ މާރިޗު މ...
ޔުމްނާ ޢަލީ
ށ.އަތޮޅުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ރާވާ ހިންގާ އިޖުތިމާއީ ތަރައްގީގެ ޕްރޮގްރާމްތަކަށް މާލީ އެހީތެރިކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ އަތޮޅު ކައުންސިލުން ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގެ ތެރެއިން އަތޮޅު ކައުންސިލުން އެހީތެރިކަން ދިނުމަށް ނިންމާފައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ލަނޑުދަނޑިތަކާއި ގުޅޭ އަދި މުޖުތަމައު ބާރުވެރިކުރުމަށާއި، އިޖުތިމާއީ ތަރައްގީއާއި އިޖުތީމާއީ ރޫހް އާލާކޮށް ދިރުވުމަށް ހިންގޭ ޕްރޮގްރާމްތަކަށެވެ. މި ޕްރޮގ...
އިބްރާހިމް ޚަލީލް