މުއުމިނުންނަށް ތުހުމަތު ކުރުމުންނާއި، އެބައިމީހުންނާ މެދު ކުށްހީކުރުމުން ތިޔަބައިމީހުން ދުރުހެލިވާށެވެ. ގިނަ ހީ ކަމަށް ވަޙީކުރައްވާފައިވަނީ މުއުމިނުން ހުރިހާ ހީތަކުންވެސް ރައްކާތެރިވުމަށް ބާރުއެޅުއްވުމުގެ ގޮތުންނެވެ. ފަހެ، ތުހުމަތު ކުރުމަށް އަވަސްވެނުގަންނާށެވެ. އަދި ރަނގަޅަށް ބަލައި ޙަޤީޤަތް ހޯދާށެވެ. އެހެނީ، ބައެއް ކުށް ހީތައް އެއީ ކުށެކެވެ. އަދި މާތް ﷲގެ ޙަޟްރަތުގައި ބޮޑު ފާފައެކެވެ. ޙަދީޘުގައި އައިސްފައި ވެއެވެ. عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ “ إِيَّاكُمْ...
ޙުސައިން ޘަޤީފް
ފައިނަލުގައި އިންގްލެންޑް ބަލިކޮށް ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދައިފިއެވެ. މިރޭ ޖަރުމަނުގެ ބާލިން ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗު ސްޕެއިނުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މި ކާމިޔާބާއިއެކު ސްޕެއިން ވެފައިވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރި ޓީމަށެވެ. މި މުބާރާތް ސްޕެއިނުން ހަތަރު ފަހަރު މިވަނީ ކާމިޔާބު ކޮށްފައެވެ. ދެން އެންމެ ގިނައިން މި މުބާރާތް ކާމިޔާބު ކޮށްފައި ވަނީ ޖަރުމަނުންނެވެ. ޖަރުމަނުން ވަނީ ތިންފަހަރު […]
އިބްރާހިމް ޚަލީލް
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ ތަނެއްގައި ލަވާ ހަޅޭކަކަށް ރައްދު ދިނުމެއްނޫން ކަމަށާއި، އެމަނިކުފާނުގެ ސިޔާސަތަކީ ރައްޔިތުންނަށް ޚިދުމަތްކޮށް، ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުންކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ އާރިފް މިރޭ ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ އިއްތިހާދުގެ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ހަރުގޭގައި މިރޭ އެ ޕާޓީން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވުން ޢަލީ އާރިފް ވިދާޅުވީ، ރައީސް މުޢ...
ޔުމްނާ ޢަލީ
ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، މިރޭ މާލޭގައި ހުރި ވިޔަފާރި ތަންތަން ބަލައި ފާސްކޮށް، ބިދޭސީން ވިޔަފާރި ކުރަމުންދިޔަ 2 ފިހާރަ ބަންދުކޮށްފިއެވެ. އިމިގްރޭޝަނުން މިރޭ ޓްވިޓަރގައި ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، މިރޭގެ އޮޕަރޭޝަންގައި މާލޭގައި ހުރި 3 ޓޭކްއަވޭ/ކެފޭ އާއި، 2 ފިހާރަ އާއި، ކާބޯތަކެތި ޑެލިވަރީ ކުރަމުންދާ ތަނަކާއި އިތުރު 1 ފިހާރައެއް ބަލައި ފާސްކޮށްފައިވެއެވެ. މި އޮޕަރޭޝަންގައި ބިދޭސީ 6 ފިރިހެނުން ވަނީ އިމިގްރޭޝަންގެ ބެލުމުގެ […]
އަލީ އާދިލް
މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ “ތިލަދެކުނު ފުޓްސަލް މުބާރާތް 2024” ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދުމަށް ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން އިޢުލާންކޮށްފިއެވެ. މި މުބާރާތް ހޯސްޓްކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ހދ. އަތޮޅުގައި ރަޖިސްޓްރީކޮށްގެން ހިންގާ، ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރާ ކްލަބް އަދި ޖަމްޢިއްޔާތަކަށެވެ. ޝައުޤުވެރިވާ ފަރާތްތަކުން މި ފުރުޞަތަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓް...
އަލީ އާދިލް
މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު 2000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އަދި ކަމާގުޅުންހުރި މުއައްސަސާތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވީ، މިސަރުކާރު ހަވާލުވިފަހުން މިހާތަނަށް ޤަވާއިދާ ޚިލާފަށް އުޅެމުން ދިޔަ 2013 ބިދޭސީއަކު ރާއްޖެ ނާދެވޭނެހެން ޑީޕޯޓްކޮށްލާފައިވާ...
ޔުމްނާ ޢަލީ
މިދިޔަ އަހަރުގެ އޮޑިޓު ރިޕޯޓު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައި ނުވާތީ، ތިން ސިޔާސީ ޕާޓީ އެއް 50،000ރ. އިން ޖޫރިމަނާ ކުރަން އެ ކޮމިޝަނުން މިއަދު ނިންމައިފި އެވެ. އީސީ އިން މަޢުލޫމާތުދިން ގޮތުގައި، ޖޫރިމަނާކުރަން ނިންމާފައިވަނީ މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަދި ދަ ޑޮމޮކްރެޓްސް އެވެ. ސިޔާސީ ޕާޓީތަކުން ކޮންމެ އަހަރަކުވެސް އެ އަހަރެއްގައި ހިންގި ހަރަކާތްތަކާއި، ލިބުނު ފައިސާ އަދި ޚަރަދުކުރި ގޮތުގެ […]
އަލީ އާދިލް
ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ އަހަރު އެންގި ނަމަވެސް އެގޮތަށް ބާރު އެ ކޮމިޝަނަށް ނޯންނާނެ ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ. ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އޭސީސީ އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެންގި އެންގުމަށް ފުލުހުން އަމަލު ނުކުރުމުން އެ ކޮމިޝަނުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ ކޮމިޝަންގެ އެންގުމަށް އަމަލު ކުރަންޖެހޭނެ ކަމަށް ބުނެ އެވެ. އެ […]
ހުސައިން ހަބީބް
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މުނޫ މަހާވަރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާ ސަފީރު ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އިންޑިއާއިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކާ ގުޅިގެން...
އިބްރާހިމް އަސްވާޤް
ށ.އަތޮޅު ކައުންސިލުން އެ އަތޮޅުގައި ފުޓްސަލް ރެފްރީން ތަމްރީން ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ފުޓްސަލް ބޭސިކް ރެފްރީ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. ޖުމްލަ އަށް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯސް ށ.ފުނަދޫގައި ފަށާފައި ވަނީ މި މަހު 4 ވަނަ ދުވަހުއެވެ. މި ކޯސް ނިންމާލާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ކޯސް ނިންމުމުގެ ރަސްމިއްޔާތު މިދިޔަ ހުކުރު ދުވަހުގެ ރޭ ބާއްވާފައިވާއިރު، އެ އަތޮޅުގެ 13 ރަށަކުން 33 ފަރާތަކުން ވަނީ […]
އިބްރާހިމް ޚަލީލް
ހދ. ނޭކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި، އެއްގަމުތޮށި ލުމުގެ މަސައްކަތް ވަނީ އިއްޔެ ފަށައިފައެވެ. މި މަޝްރޫއުގެ ދަށުން، 22،323 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކު...
އަޙްމަދު ވަހީދު
ނުއަގުގައި ދޯންޏެއް ކުއްޔަށް ނުހިފާ ކަމަށާއި އެ ވާހަކަ ދައްކަނީ ފިތުނަ އުފައްދަން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. އެ ކުންފުނިން މިހެން ބުނީ ފެނަކައިން ނުއަގުގައި ދޯންޏެއް ހިފި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ. އެގިތުން، ދައުރު ކުރަމުން ދަނީ އެ ފެނަކައިން އެކި ތާރީހުތަކުގައި ތަފާތު ބޭނުންތަކަށް ކޮށްފައިވާ މުއާމަލާތްތަކެއްގެ ލިޔެކިއުންތަކެއްގެ ނަކަލެއް ކަމަށް ފެނަކައިން ބުންޏެވެ. ފެނަކައިން ބުނީ އެއީ ފާއިތުވި ހަތް މަސްދުވަހުގެ […]
އަޙްމަދު ވަހީދު
ކުޅުދުއްފުށި ސިޓީގައި މަސައްކަތްތެރިން އިތުރުކުރުމަށާއި، އަލަށް ވިޔަފާރި ފެށުމަށް އަދި ކުދި ވިޔަފާރިތައް ފުޅާކުރުމަށް އެހީތެރިވުމުގެ ގޮތުން “މަސައްކަތްތެރިންނާއި ކުދިވިޔަފާރިތަކުގެ ފައިނޭންސިންގ ސްކީމް” ގެ ނަމުގައި އައު ސްކީމެއް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާއިން ތަޢާރަފުކޮށްފި އެވެ. ސިޓީ ކައުންސިލުން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މއީ 100,000 ރުފިޔާ (އެއްލައްކަ ރުފިޔާ) އާއި ހަމަ އަށް 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑް ހިމެނޭހެން 3 އަހަރު ދުވަހަށް ބަހާލައިގެން ހުޅުވާލާފައިވާ ސްކީމެއ...
އިބްރާހިމް އަސްވާޤް
ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް އެއްގަމު އުޅަނދު މިއަދު ހަދިޔާކޮށްފިއެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ފުލުހުންގެ މަރުކަޒު، އިސްކަންދަރު ކޮށީގައެވެ. މި ރަސްމިޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި އުޅަނދުތަކާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ. ޖަޕާން ސަރުކާރުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީއެވެ. ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް މިއަދު ހަ...
ޔުމްނާ ޢަލީ
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދިން ހަމަލާ، ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ކުއްވެރިކުރަށްވައިފިއެވެ. އެމެރިކާގެ ޕެންސިލްވޭނިއާގެ ބަޓްލަރ ސިޓީގައި ބޭއްވުނު ޓްރަމްޕްގެ ކެމްޕޭން ހަރަކާތެއްގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދެވުނު ހަމަލާގައި ޓްރަމްޕްގެ ކަންފަތުގައި ވަޒަން ޖެހިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މި ހާދިސާ ހިނގީ ރޭ ބޭއްވުނު ކެމްޕެއިން ހަރަކާތެއްގައެވެ. މި ހަމަލާ ކުށްވެރިކުރައްވާ ރައީސް ޑރ. މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓްގައި ސިޔާސީ މައިދާނުގައ...
ޔުމްނާ ޢަލީ
ހއ.އުލިގަމް ކައުންސިލުން އެ ރަށުގައި ތަރައްގީކުރާ ޕިކްނިކް އޭރިއާގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި ބޭނުން ކުރަންފަށައިފިއެވެ. މިތަން ތަރައްގީ ކޮށްފައިވަނީ ދޮންވެލި އަތިރިމައްޗާއި ތިލަފަޅު ހިމެނޭ އުލިގަމުގެ ކުޑަދޫކޮޅު ސަރަހައްދުގައެވެ. ފުރަތަމަ ފިޔަވަހީގެ އެތަނުގައި ވަނީ ފެންވެރޭނޭ އިންތިޒާމާއި ބާބަކިއު ގްރިލްތަކާއި ހަޓްހަދައި މޭޒާއި ގޮނޑިފަދަ ތަކެތި ބަހައްޓާފައެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ކައުންސިލުން އަންނަނީ ތައްޔާރު ވަމުންނެވެ. މި މަސައްކަތާއި ގުޅޭގޮތުން މި ނޫހަށް މައުލ...
އިބްރާހިމް ޚަލީލް
މޯލްޑިވްސް އިމިގްރޭޝަންގެ ވެހިކަލަށް ގެއްލުންދިން ބިދޭސީ މީހާ ޑީޕޯޓް ކުރާނެކަމަށް އެ އިދާރާއިން ބުނެފިއެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން އިތުރު ބިދޭސީންތަކެއް ވަނީ ހައްޔަރުކޮށްފައިވާއިރު، މި އޮޕަރޭޝަނުގައި އިމިގްރޭޝަންގެ މަސައްކަތަށް ހުރަސްއަޅައި، އެތަނުގެ ވެހިކަލަށް ބިދޭސީއަކު ވަނީ ގެއްލުން ދީފައެވެ. އެމީހާ މިވަގުތު އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުރިއިރު، މި ބިދޭސީ މީހާ ވީ އެންމެ އަވަހަކަށް އިމިގްރޭޝަން ޤާނޫނުން ހަ...
ޔުމްނާ ޢަލީ
ކޮއްޓެއްގައި ދެ މީހަކު ރަހީނުކުރި މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. މީސްމީޑިއާގައި ވަނީ ދެ މީހަކު ދޫނިކޮށްޓެއްގައި ރަހީނުކޮށްފައި ތިބޭ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވެފައެވެ. އެ ވީޑިއޯތަކުގައި ދެ މީހަކު ދޫނިކޮށްޓެއްގައި ބަންދުކޮށްފައި ތިބޭއިރު، ފައިސާގެ މުއާމަލާތެއްގެ ވާހަކަ ދައްކާ އަޑު އެއް ވީޑިއޯއިން އިވެއެވެ. ޓިކްޓޮކްގައި އާންމުކޮށްފައިވާ މި ދެ ވީޑިއޯތަކުގައި ކޮށީގައި ހުންނަ އެކަކު ފައިސާ ހޯދައިދޭނެކަމުގެ ޔަގީންކަން ދޭ އަޑުވެސް އިވެއެވެ. ފުލުހުން މިއަދު ބުނީ އެ ވީޑި...
ޔުމްނާ ޢަލީ