ސެމްސަންގް ގެލެކްސީ ބަޑްސް 3 ސީރީޒް އައު ޑިޒައިނަކާއެކު ތަޢާރަފުކޮށްފިއެވެ. ޕެރިސްގައި ބޭއްވުނު ގެލެކްސީ އަންޕެކްޑް އިވެންޓުގައި ސެމްސަންގުން ގެލެކްސީ ބަޑްސް 3 އަދި ގެލެކްސީ ބަޑްސް 3 ޕްރޯ ތަޢާރަފުކޮށްފައިވާއިރު، މި އައު ސީރީޒްގެ ޑިޒައިން ވަނީ ކުރީގެ މޮޑެލްތަކާ ތަފާތުކޮށް، އެޕަލްގެ އެއަރޕޮޑްސް އާ އެއްގޮތަށް ސްޓެމް އަކާއެކު ބަދަލުކޮށްފައެވެ. ދެ މޮޑެލްގައިވެސް އެކްޓިވް ނޮއިޒް ކެންސަލޭޝަން (އޭއެންސީ) ހިމެނޭއިރު، އައިޕީ57 ޑަސްޓް އަދި ވޯޓަރ ރެޒިސްޓަންސް ރޭޓިންގ ލިބިފައިވެއެވެ. ގެލެކްސީ ބަޑްސް 3 […]
އަޙްމަދު ދާއޫދު
އަފްޣާން ރެފިއުޖީން ޕާކިސްތާނުގައި ތިބުމުގެ މުއްދަތު އިތުރު އެއްއަހަރަށް ދިގުކޮށްދީފިއެވެ. ޕާކިސްތާނުގައި ދިރިއުޅެމުންދާ ގާތްގަނޑަކަށް 1.5 މިލިއަން އަފްޣާން ރެފިއުޖީންގެ ރަޖިސްޓްރޭޝަން ކާޑުގެ މުއްދަތު އަންނަ އަހަރުގެ ޖޫން 30 އާ ހަމައަށް އިތުރުކޮށްދީފައިވާ ކަމަށް ޕާކިސްތާނު ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ. މި ނިންމުމަކީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއި އދ. ގެ ރެފިއުޖީ އޭޖެންސީ (ޔޫއެންއެޗްސީއާރު) ގެ އިސްވެރިޔާ ފިލިޕޯ ގްރާންޑީއާ ދެމެދު ކުރެވުނު މަޝްވަރާތަކަކަށްފަހު ނިންމި ނިންމުމެކެވެ....
އަޙްމަދު ދާއޫދު
ޣައްޒާގައި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް މަގުމަތީގައި ގިނަވެ ޣައްޒާގެ އިންސާނީ ޙާލަތު އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށް އޮފިޝަލުން ވިދާޅުވެއްޖެއެވެ. ޣައްޒާގެ މަދަނީ ދިފާއީ ޚިދުމަތުގެ ތަރުޖަމާނު މަޙްމޫދު ބައްސާލް ވިދާޅުވެފައިވަނީ ޣައްޒާ ސިޓީގެ ތަލް އަލް-ހަވާ ސަރަޙައްދަށް އިސްރާއީލީ ސިފައިން ވަދެ، މަދުވެގެން 30 ފަލަސްތީނުން މަރާލާފައިވާ ކަމަށެވެ. އަދި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް މަގުމަތިން ފެންނަމުންދާ ކަމަށް އޭނާ ބުނެފައިވެއެވެ. އދ. ގެ ތަރުޖަމާނު ސްޓެފާން ދުޖާރިކް ވިދާޅ...
އަޙްމަދު ދާއޫދު
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޖެހިޖެހިގެން ދެވަނަ ފަހަރަށް އިންގްލެންޑުން ޖާގަ ހޯދައިފިއެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ރޭ އިންގްލެންޑުން ނެދަލެންޑްސްގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. އިންގްލެންޑަކީ އެންމެ ފަހުން ކުޅުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ވެސް ފައިނަލުގައި ކުޅުނު ޓީމެކެވެ. ފައިނަލުން އިންގްލެންޑް ބަލިވީ އިޓަލީ އަތުން ޕެނަލްޓީ ޖަހައިގެންނެވެ. އަންނަ އާދީއްތަ ދުވަހުގެ ރޭ ދަންވަރު 0000 ޖަހާއިރު ފަށާ މި މުބާރާތުގެ ފައިނަލުގައި ބައްދަލުކުރާނީ އިންގްލެންޑާއި […]
އިބްރާހިމް ޚަލީލް
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދުގެ ދަރިފުޅު ޢަބްދުﷲ މާހިލް ޝަހީމަށް މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީން ވަޒީފާއެއް ހަމަޖައްސާފައިވާކަމަށް ބުނެ ފަތުރަނީ ދޮގެއްކަމަށް މައުލޫމާތު ލިބިއްޖެއެވެ. މާހިލް އާއި ގުޅުވައި މީސް މީޑިއާގައި ފަތުރަމުންދާ ގޮތުގައި މާހިލް އަށް ދީފައިވަނީ ލައްކައަކަށްވުރެ ގިނަ ރުފިޔާގެ އިނާޔަތާއެކު މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީގެ ތާރޑް ސެކެޓްރީގެ މަގާމު ކަމަށެވެ. އެ މައުލޫމާތު އެނގޭ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ، ވަޒީރު ޝަހީމްގެ...
ޔުމްނާ ޢަލީ
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެ އަހަރަކު ދެމުން އަންނަ ނޫސްވެރިކަމުގެ މި އަހަރުގެ އިނާމަށް 88 ހުށަހެޅުން ލިބިފައިވާ ކަމަށް އެ ކައުންސިލުން މިރޭ ބުނެފިއެވެ. ނޫސްވެރިކަން ކުރާ ފަރާތްތައް ބަލައިގަނެ، ހިތްވަރު ދިނުމަށްޓަކައި މީޑިއާ ކައުންސިިލުން ދެމުން އަންނަ އެވޯޑަށް 18 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިއެވެ. އޭގެ ތެރޭގައި ހިމެނެނީ ތަހުގީގީ ނޫސްވެރިކަން، އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ އަދި ގާނޫނީ ދާއިރާ، ވިޔަފާރި އާއި އިގުތިސާދުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ...
މުޙައްމަދު
ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހަކު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދެވަނަ ފަހަރަށް އިއުލާން ކޮށްފިއެވެ. ފުލުހުން ހޯދަމުންދަނީ ސ. ހިތަދޫ / ހަޒާރުމާގެ، މުހައްމަދު އުބާދަތު ހުސައިން (29އ) އެވެ. އޭނާ ހޯދަމުންދަނީ ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީއެވެ. ފުލުހުން މައުލޫމާތު ދިންގޮތުގައި، އުބާދަތު ބަންދުގައި ބަހައްޓައިގެން ޖުލައި 17 ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލް...
އަލީ އާދިލް
ރާއްޖެ އިން މިވަގުތު ބޭނުންވާ ކަންކަން އޮޅުން ފިލުވައި އެ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ޗައިނާ އިން މިއަދު ދީފިއެވެ. ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލިޒިން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފައެވެ. މި ބައްދަލު ކުރެއްވުމުގައި ރައީސް ޑރ. މުއިއްޒާއި ޗައިނާ ސަފީރު ވަނީ ރައީސް ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ލީޑަރުން މަޝްވަރާ ކުރެއްވި […]
މުޙައްމަދު
ރާއްޖޭގެ ވެރިކަމުގެ ނިޒާމާ މެދުގައި ވިސްނައި ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް އަމާޒުކޮށްގެން ވެސްޓްމިންސްޓަރ ފައުންޑޭޝަން ފޮރ ޑިމޮކްރަސީން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުމެއް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ އާ ގާނޫނުއަސާސީގެ ހިޔާވަހިކަމުގައި 2008 އިން ފެށިގެން ދިވެހި ގައުމު 15 އަހަރު ވޭތުކޮށްފައިވާ ކަމަށެވެ. ނާޒިމް ވިދާޅުވީ މި އަހަރުތަކުގައި...
މުޙައްމަދު
ދިވެހި އެކައުންޓަންޓުން އުފެއްދުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް މާލީ ވަޒީރު ޑރ.މުހައްމަދު ޝަފީޤު ވިދާޅުވެއްޖެއެވެ. ވަޒީރު މި ވާހަކަފުޅު ދެއްކެވީ، މިއަހަރުގެ ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ތަޤްރީރު ކުރައްވަމުންނެވެ. ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެކައުންޓަންޓުންނަކީ މަތީ އާމްދަނީއެއް ލިބޭ ފަންނުވެރިންނެވެ. އަދި ރާއްޖޭގައިވެސް އިންކަމް ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދައްކަނީ އެކައުންޓަންޓުން ކަމުގައި އެމަނިކު...
އަލީ އާދިލް
ޚިދުމަތް ހޯދަންދާ މީހުން މަދުވުމުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ހައްޖު ފްލޫކްލިނިކް ހުއްޓާލައިފިއެވެ. އައިޖީއެމްއެޗުން ބުނީ ހައްޖުން އެނބުރި އަންނަ މީހުންނަށް ޚާއްޞަކޮށްގެން އެ ހޮސްޕިޓަލްގައި ހުޅުވި ފްލޫ ކްލިނިކަށް ދައްކަން އަންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. އެހެންވެ، މިއަދުން ފެށިގެން އެ ކްލިނިކްގެ ޚިދުމަތް ހުއްޓާލާފައިވާކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އެއާއެކު އެ ހޮސްޕިޓަލުން ޚިދުމަތް ހޯދަންދާ އެއްވެސް މީހަކު ރޯގާގެ އަލާމާތެއް ހުރިނަމަ މާސ...
ޔުމްނާ ޢަލީ
ނުކުޅެދުންތެރިކަން ހުންނަ ދެ މީހަކަށް، ކޮންރަޑް މޯލްޑިވްސް، ރަންގަލި ރިސޯޓުން ވަޒީފާ ހަމަޖައްސައިދީފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން ބުނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް އެ ވުޒާރާއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިންޓަރންޝިޕް އަދި ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުން ހިމެނޭ ކަމަށެވެ. މިގޮތުން މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ އެއް ފަރާތެއް އިނ...
ޔުމްނާ ޢަލީ
ރާއްޖޭގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި، އެ މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާގެ ދައްތަގެ ބަންދުކޮށްގެން ކޯޓަށް ހާޒިރު ކުރާނެ ކަމުގެ އިންޒާރާ އެކު, އޭނާގެ ހެކިބަސް ކްރިމިނަލް ކޯޓުން މިއަދު ނަގައިފި އެވެ. އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ އޮކްޓޫބަރު 2021 ގައި މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ދައުވާ ކުރާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެ ކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ދައުލަތުން […]
ހުސައިން ހަބީބް
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ އެ ކައުންސިލްގެ ޤުރުއާން މުބާރާތުގެ ފަހުރުވެރި އެއްވަނަ ޢާއިޝަތު އީލާފް ޢަލީ ނަޝީދު ހޯދައިފިއެވެ. މުބާރާތުގެ އެއްވަނަ ހޯދި ޢާއިޝަތު އީލާފްއަށް އިނާމެއް ގޮތުގައި ވަނީ އުމްރާ ދަތުރެއް ދީފައެވެ. މި އުމްރާ ދަތުރު ހަމަޖައްސާފައި ވަނީ މީގާތު ހައްޖު އަދި އުމްރާ ގްރޫޕްގެ ފަރާތުންނެވެ. މުޅި މުބާރާތުން ދެވަނަ ހޯދާފައި ވަނީ ފާތިމަތު ފައިޙާ ޢަލީ/ ގުލްހަޒާރުގެ، ހދ.މަކުނުދޫ އެވެ. އިނާމެއް ގޮތުގައި އޭނާއަށް […]
އިބްރާހިމް ޚަލީލް
ކޮޕް އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ކެނަޑާގެ މައްޗަށް 2-0 ގެ ނަތީޖާއިން ކުރި ހޯދައި، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. ކޮޕަ އެމެރިކާ އެންމެ ގިނައިން ކާމިޔާބު ކޮށްފައިވަނީ އުރުގުއޭއާއި އާޖެންޓީނާއިންނެވެ. މި ކޮންމެ ޓީމަކުން މުބާރާތް ފަނަރަ ފަހަރު ވަނީ ކާމިޔާބު ކޮށްފައެވެ. ލިސްޓްގެ ތިންވަނާގައި އޮތް ބްރެޒިލް އަށް މި މުބާރާތުގެ ތަށި ހޯދިފައި ވަނީ އެންމެ ނުވަ ފަހަރުއެވެ. މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ […]
އިބްރާހިމް ޚަލީލް
ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން އިތުރު 15 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮަޕަރޭޝަނަކީ މޯލްޑިވްސް އިމިގްރޭޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. ފުލުހުން މިއަދު ބުނީ، މި އޮޕަރޭޝަންގެ ތެރެއިން ޖުލައި 8 ވަނަ ދުވަހު، މާލެ އާއި ހުޅުމާލޭގައި ބިދޭސީން ހިންގަމުންދާ ރީޓެއިލް ފިހާރަތަކާއި، ޓޭކްއަވޭ ކޮފީޝޮޕްތަކުގެ ތެރެއިން 3 ތަނެއް ޗެކްކޮށްފައިވާ ކަމަށެވެ. އަދި އެތަންތަނު...
ޔުމްނާ ޢަލީ
ނަކަލުކޮށްފައިވާ ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންތަކެއް ހުއްޓުވައި، މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަނުން ބުނީ، ނަކަލުކޮށްފައިވާ ނުވަތަ ކައުންޓާފީޓް ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓު ބޭނުންކޮށް، އޮޅުވާލައިގެން ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ) މަގުން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންތަކެއް ހުއްޓުވައި، އެ އިދާރާގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށެވެ. މި މައްސަލާގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ހަތަރު...
ޔުމްނާ ޢަލީ
ދައުލަތުގެ މުދަލާއި މަޤާމާއި ފައިސާ ނާޖާއިޒު ގޮތުގައި ބޭނުން ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ޝަހީމް މިހެން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ. ޝަހީމްގެ ދަރިފުޅަކަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން މަގާމެއް ހަމަޖައްސާފައިވާ ކަމަށާއި، ޝަހީމްގެ ކޮށްކޮއަކަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ނައިބުގެ މަގާމު ދީފައިވާކަމަށް ބައެއް ނޫސްތަކުގައި ވަނީ ބުނެފައެވެ. ޝަހީމް މިއަދު...
ޔުމްނާ ޢަލީ