އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދިން ހަމަލާ، ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ކުއްވެރިކުރަށްވައިފިއެވެ.

އެމެރިކާގެ ޕެންސިލްވޭނިއާގެ ބަޓްލަރ ސިޓީގައި ބޭއްވުނު ޓްރަމްޕްގެ ކެމްޕޭން ހަރަކާތެއްގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދެވުނު ހަމަލާގައި ޓްރަމްޕްގެ ކަންފަތުގައި ވަޒަން ޖެހިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މި ހާދިސާ ހިނގީ ރޭ ބޭއްވުނު ކެމްޕެއިން ހަރަކާތެއްގައެވެ.

Ad
rt

މި ހަމަލާ ކުށްވެރިކުރައްވާ ރައީސް ޑރ. މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓްގައި ސިޔާސީ މައިދާނުގައި އަނިޔާވެރި ޢަމަލުތަކަށް އެއްވެސް ޖާގައެއް ނޯންނާނެކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ކޮންމެ ތަނެއްގައި ހިނގިކަމުގައިވިޔަސް އެއްވެސް ބާވަތެއްގެ އަނިޔާވެރިކަމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއްނޫންކަމަށް ވިދާޅުވެފަވެއެވެ.

މި ހަމަލާގައި ޒަޚަމްވެވަޑައިގެންނެވި އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށާއި، އެމަނިކުފާނުގެ ޢާއިލާއަށް އަދި ހަމާލާގައި ޒަޚަމްވި މީހުންނަށް ރައީސް ވަނީ ހަމްދަރުދީ ފޮނުއްވާފައެވެ.

މި ހަމަލާއާއި ގުޅިގެން އެމެރިކާގެ ސީކްރެޓް ސާވިސަސް އިން ބުނެފައިވާގޮތުގައި މި ހަމަލާގައި އެކަކު ވަނީ މަރުވެފައެވެ. އަދި އިތުރު ދެ މީހެއްގެ ހާލު ސީރިއަސްވެގެން އަންނަނީ ފަރުވާދެމުންނެވެ.

މި ކެމްޕޭން ހަރަކާތުގައި ބައިވެރިވި މީހަކު ބީބީސީއަށް ބުނީ ހަމަލާ ދިނުމުގެ ކުރިން ގޭގެ ފުރާޅެއްގައި ބަޑިއަކާއެކު މީހަކު ހުރި ތަން ފެނުނު ކަމަށެވެ.

މި ހާދިސާގެ ވީޑިއޯއެއްގައި ފެންނަނީ ހަމަލާ އަމާޒުވުމުން، ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޓްރަމްޕް ބިމަށް ވެއްޓިވަޑައިގެން. އަނެއްކާ ތެތުދެވެވަޑައިގަންނަވާ މަންޒަރެވެ. އޭރު އޭނާގެ މޫނުގެ އެއްފަރާތުގައި ލޭ ހުރި ތަން ވީޑިއޯއިން ފެނެއެވެ.

މި ހަމަލާ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވެސް ކުށްވެރިކުރަށްވާފައިވާއިރު، ދުނިޔޭގެ ބައެއް ލީޑަރުން ވެސް އަންނަނީ މި ހަމަލާ ކުށްވެރިކުރަށްވަމުންނެވެ.