ޤާނޫނީ ފަންނުގެ ޤާނޫނަށް އިޞްލާޙެއް ހުށަހަޅައިފިއެވެ. މި އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބަށް ނުހުންނެވޭނެ ހެދުމެވެ. މި އިޞްލާޙު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން، ހުޅުމާލެ އުތުރު ދާއިރާގެ ޕީ.އެން.ސީ މެންބަރު ޙުސައިން ޝަރީފެވެ. މި އިޞްލާޙުގެ މަޤްޞަދަކީ ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަން ހޯދައިދިނުމެވެ. މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގެ ދަށުން، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ހިމެނެނީ 9 މެންބަރުންނެވެ. އެއީ ބަންޑާރަ ނައިބާއި، ޤާނޫނީ ވަ...
އަލީ އާދިލް
އޮމާނުގެ މައި ވިޔަފާރި ބަނދަރު ދުޤުމާ ދިމާ ބޭރުން، ސޯޅަ ފަޅުވެރިންނާއެކު ދަތުރުކުރަމުންދިޔަ ތެޔޮ ޓޭންކަރެއް އަޑިއަށް ހިނގައްޖެއެވެ. އޮމާނުގެ މެރިޓައިމް ސެކިއުރިޓީ ސެންޓަރުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ. “ޕްރިސްޓީޖް ފެލްކަން” ނަމަކަށް ކިޔާ މި ޓޭންކަރު ދަތުރުކުރަމުން ދިޔައީ ކޮމޮރޯސް ދިދައިގެ ދަށުންނެވެ. އޮމާނުގެ ރަސްމީ އިދާރާއިން އެކްސްގައި ހާމަކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، ބޯޓުގައި ތިބީ އިންޑިއާގެ 13 ފަޅުވެރިންނާއި ސްރީލަންކާގެ 3 ފަޅުވެ...
އަޙްމަދު ދާއޫދު
ރާއްޖޭގައި ފުރަތަމަ ފަހަރަށް ގުރުއާނާ ބެހޭ މައުރަޒެއް އެޅުމަށް ގަސްދުކުރައްވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފިއެވެ. ކީރިތި ގުރްއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގަައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތައްޔާރުކޮށް އާންމުކުރެވޭ ކީރިތި ގުރްއާނާ ބެހޭ ހާއްސަ ދާއިމީ މައުރަޒެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމު ކުރަން އެމަނިކުފާނު ގަސްތު ކުރައްވާ ކަމަަށެވެ. “މިރޭ ވަރަށް އުފާވެރި […]
މުޙައްމަދު
އެންމެ ފަހުން ކުޅުނު ޔޫރޯ ދެ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކުޅެ އިންގްލެންޑް ބަލިވުމާއިއެކު އެ ޓީމުގެ ކޯޗް، ސައުތުގޭޓް މަގާމުން އިސްތިއުފާދީފިއެވެ. ސައުތުގޭޓް އިންގްލެންޑްގެ ކޯޗުކަމާއި ހަވާލުވީ 2016 ވަނަ އަހަރުއެވެ. އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމް ކުޅުނު ފުރަތަމަ ބޮޑު މުބާރާތަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެވެ. އެ މުބާރާތުގެ ސެމީ ފައިނަލުން ޕެނަލްޓީ ޖަހައިގެން އެ ޓީމް ބަލިވީ ކޮރޭޝިއާ އަތުންނެވެ. 2020 ވަނަ އަހަރު އަމިއްލަ […]
އިބްރާހިމް ޚަލީލް
ރާއްޖޭގައި މިވަގުތު ހުރި އަހްލާގީ ހުރިހާ މައްސަލަތަކުގެ ހައްލަކީ ކީރިތި ގުރުއާން ކަމަށާއި ދިވެހިން އެނބުރި އެ ފޮތަށް ދާން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމަށް އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެންމެ ކުޑަ ކުއްޖާ އިން ފެށިގެން އެންމެ ދޮށީ މީހާއާ ހަމައަށް ވެސް ކޮންމެ ދުވަހެއްގެ […]
މުޙައްމަދު
ކެންޔާގެ ވެރިރަށް ނައިރޯބީ އާއި އެހެނިހެން ބޮޑެތި ސިޓީތަކުގެ މަގުތަކުގައި އަންގާރަ ދުވަހު ފެށުނު މުޒާހަރާތަކުގައި އެތައްސަތޭކަ މީހުން ބައިވެރިވެ، ރައީސް ވިލިއަމް ރޫޓޯގެ އިސްތިއުފާއަށް ގޮވާލައިފިއެވެ. މި މުޒާހަރާތައް ފެށިފައިވަނީ ޖޫން މަހުގެ މެދުތެރެއިން ފެށިގެން ކެންޔާގެ ސިޔާސީ މަޝްރަޙު ގޯސްވަމުން އައުމާ ގުޅިގެންނެވެ. މީގެ މައިގަނޑު ސަބަބަކީ ދައުލަތުގެ ދަރަނި އަދާކުރުމަށް ކަމަށް ބުނެ ސަރުކާރުން ޓެކްސް އިތުރުކުރުމަށް ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ބިލެވެ. މުޒާހަރާކުރާ ފަރާތްތައް ރޫޅާލުމަށް ނައިރ...
އަޙްމަދު ދާއޫދު
ކީރިތި ގުރުއާން ހިތުދަސް ހާފިޒުންނަށް ދެމުން އަންނަ އިނާޔަތް ދެ ގުނަ ބޮޑު ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، އެކަން މިރޭ އިއުލާން ކުރައްވައިފިއެވެ. ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން، މިއަދާ ހަމައަށް، އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެންމެ ބޮޑު އިސްކަމެއް […]
މުޙައްމަދު
ރާއްޖެ އަށް ހަތިޔާރު ގެނައުމަށް މީހަކު ނިޔަތް ގަނެފި ނަމަ، ހަތިޔާރު ވެސް ގެނެވޭ ގޮތަށް އެ މަގު ހުޅުވާލެވިފައިވާ ކަމަށް ކަސްޓަމްސް އިން ބުނި ކަމަށް ދޭހަވާ ގޮތަށް ނޫސްތަކުގައި ހަބަރު ޖަހާފައި ވަނީ މަފްހޫމް އޮޅޭ ގޮތަށް ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން ކަމަށް ކަސްޓަމުން ބުނެފިއެވެ. ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރު އޮފް ކަސްޓަމްސް އިސްމާއިލް ހަމްދޫން ވިދާޅުވީ ކަސްޓަމްސްގެ […]
މުޙައްމަދު
ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ތައާރަފްކޮށްފިއެވެ. އުމުރުން 25 އަހަރުގެ އެމްބާޕޭ ރެއާލަށް ބަދަލުވެފައި މިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ ކުރިން ކުޅުނު ފްރާންސްގެ ޕީއެސްޖީއާއިއެކު ހަދާފައިވާ އެއްބަސްވުން ހަމަވެފައި ވަނީ މިދިޔަ ސީޒަންގެ ނިޔަލަށެވެ. ވުމާއިއެކު އޭނާ ރެއާލަށް ބަދަލުވެފައި މިވަނީ ހިލޭ ޓްރާންސްފާއެއްގައެވެ. މިދިޔަ ޖޫންމަހު އެމްބާޕޭ ރެއާލަށް ބަދަލުވުމުގެ ހުރިހާކަމެއް ނިންމި ނަމަވެސް ރެއާ...
އިބްރާހިމް ޚަލީލް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް އާލާސްކަންފުޅާ އުޅުއްވާތީ، ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވެސް ހާޒިރުވެވަޑައިގެންނެވޭ ގޮތެއް ނުވިއެވެ. އެމްއެމްއޭގެ ގަވަރުނަރު ހާޝިމް ވަކިކުރުމުގެ މަސައްކަތް ފަށާފައިވާ އިރު، އޭނާ އެންމެ ފުރަތަމަ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުވެވަޑައިގަތުމަށް އެންގެވީ މިދިޔަ ހަފްތާގައެވެ. އެކަމަކު، އެ ބައްދަލުވުން ކުއްލި ގޮތަކަށް ފަސް ކުރީ، ކޮމިޓީގެ މުގައްރިރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެޖެނ...
މުޙައްމަދު
ކުންފުނީގެ މެންޑޭޓުގައި ނުހިމެނޭ އަދި ކުންފުންޏަށް ގެއްލުންވާގޮތަށް ހަވާލުކޮށްފައިވާ ދެ ޕްރޮޖެކްޓެއް ބާތިލްކުރަން ފެނަކަ ކޯޕަރޭޝަނުން ނިންމައިފިއެވެ. ޕީއެންސީގެ ޖަލްސާއެއްގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު ހަވާލުކުރި ބައެއް މަސައްކަތްތައް ރެކޯޑް ނުކުރެވިހުރި ކަމަށެވެ. އަދި އެ ފައިސާ ނުދީގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރާ ކަމަށާއި ފެނަކައިން ހިންގި ޚިޔާނަތްތަކުގެ ތަފްޞީލު ރައްޔިތުންނަށް ފެންނަން އެބައޮތް ކަމަށެވެ. ނިމިދިޔަ ސަރު...
އަޙްމަދު ވަހީދު
ރާއްޖޭގައި މި ދުވަސްވަރު މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެ، ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެއްޖެއެވެ. މިފްކޯގެ ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެފައިވާތީ، އާއްމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިފްކޯއިން މިއަދު ބުނީ، އެ ކުންފުނީގެ ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެފައިވާތީ އެކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި ކަނޑުމަސް ލިބުން ދަތިވެފައި ވަނީ މި ދުވަސްވަރު މަސްވެރިކަން ދަށްވުމުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުންޏެވެ. “މިފްކޯގެ މަސްފިހާރަތަކުން ކަނޑުގެ މ...
އަޙްމަދު ވަހީދު
ށ.ގޮއިދޫގައި ކުރިއަށް ގެންދިޔަ ސޮފްޓް ޓޯއީސް ހަދަން ދަސްކޮށްދޭ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި ކޯހަކީ އެޓްމޮސްފިޔަރ ފައުންޑޭޝަންއާއި ގޮއިދޫ ކައުންސިލް ގުޅިގެން މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ ކޯހެކެވެ. މި ކޯހުގެ ނިންމުމުގެ ހަފްލާ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބާއްވާފައިވާއިރު، މި ހަފްލާގައި އެޓްމޮސްފިޔަރ ފައުންޑޭޝަންގެ ނާއިބް ރައީސް ޢަބްދުލް އަޒީޒު ވަނީ ބައިވެރިވެލައްވާފައެވެ. މި ކޯސް ފުރިހަމަކޮށް ގޮއިދޫގެ 14 ކަނބަލަކު […]
އިބްރާހިމް ޚަލީލް
ހދ. ކުރިނބީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށިލުމުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އެއްގަމުތޮށި ލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މި މަޝްރޫއުގެ ދަށުން އައު ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 51 އިންސައްތަ މިހާތަނަށް ވަނީ ފުރިހަމަކޮށް...
އަޙްމަދު ވަހީދު
ސްވިޒަލެންޑްގެ ކުޅަދާނަ އެޓޭކިން މިޑްފީލްޑަރ ޒެރްޑަން ޝަކީރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ. ޖަރުމަނުގެ ބަޔާން މިއުނިކަށާއި ޕްރިމިއާ ލީގުގެ ލިވަޕޫލަށް ވެސް ކުޅުނު އުމުރުން 32 އަހަރުގެ ޝަކީރީ އޭނާ ގައުމީ ޓީމުން ރިޓަޔަރ ކުރަން ނިންމާފައިވާކަން ހާމަކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު އިންސްޓްގްރާމްގައި ކުރި ޕޯސްޓްއް މެދުވެރިކޮށެވެ. ކްލަބް ފުޓްބޯޅައިގައި ވެސް މޮޅަށްކުޅޭ ޝަކީރީ އެންމެ ބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ ގައުމީ ޓީމުގައި ވަރަށް މޮޅަށް ކުޅޭ ކުޅުންތެރިއެއްގެ ގޮތުގައެވެ. 2010 ވަނަ […]
އިބްރާހިމް ޚަލީލް
ތަމްރީނެއްގައި ބައިވެރިވުމަށް 20 އިމާމުން މިރޭ ބުރޫނާއީ އަށް ފުރާ ގޮތަށް ހަމަޖެހިއްޖެއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ދަށުން މިރޭ ބުރޫނާއީ ދާރުއްސަލާމަށް 20 އިމާމުން ފުރުމަށް ހަމަޖެހިފައިވާ ކަަމަށެވެ. އިސްލާމިކް މިނިސްޓަރު ވަނީ މި އިމާމުންނާ މިއަދު ބައްދަލު ކުރައްވައިފައެވެ. މިއީ ރާއްޖެއިން ބޭރަށް މިއަހަރު އިމާމުންދާ ތިން ވަނަ ފަހަރެވެ. މިގޮތުން މިއަހަރު 60 އިމާމުންވަނީ […]
މުޙައްމަދު
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް އެމެރިކާ އާއި ޗައިނާއިން ޑްރޯން ހަދިޔާކުރަން ނިންމާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ. މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިޢު މުޙައްމަދު ވިދާޅުވީ އެމެރިކާ އާއި ޗައިނާ ސަރުކާރުގެ ފަރާތުން ޑްރޯން ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށެވެ. ރާއްޖޭގެ ބޯޑަރަށް ވަންނަ އުޅަނދުފަހަރު މޮނިޓާ ކުރުމަށް އެމްއެންޑީއެފް އާއި އެއިދާރާއާއި ގުޅިގެން އެ ޑްރޯންތައް ބޭނުން ކުރާނ...
ޔުމްނާ ޢަލީ
މާލޭގެ ވިޔަފާރިވެރިންގެ މިސްކިތުން ފެން ކޭސްތަކެއް ވަގަށް ނަގައިފިއެވެ. ފުލުހުން ބުނިގޮތުގައި، މާލޭގެ ވިޔަފާރިވެރިންގެ މިސްކިތުން ފެން ކޭސްތަކެއް ވަގަށްނެގި މައްސަލައެއް އެ އިދާރާ އަށް ވަނީ ހުށަހެޅިފައެވެ. އިއްޔެ ރިޕޯޓުކުރި މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު އަދި ހައްޔަރުނުކުރާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ވިޔަފާރިވެރިންގެ މިސްކިތް ހިމެނޭހެން މާލޭގެ މިސްކިތްތަކުން ވައްކަންކުރުން ވަނީ އާންމުވެފައެވެ. މިގޮތުން ވިޔަފާރިވެރިންގެ މިސްކިތުން ވެސް އެހެން ބައެއް މިސްކިތްތަކުން ވެސް ފައިވާން ވ...
ޔުމްނާ ޢަލީ