ލުބުނާނުގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން ފޭބުމަށް އެމެރިކާއިން އަންގައިފިއެވެ. ބެއިރޫތުގައި ހުންނަ އެމެރިކާގެ އެމްބަސީން ލުބުނާނުގައި ތިބި އެމެރިކާގެ ރައްޔިތުންނަށް އެންގީ “ލިބެން ހުރި ކޮންމެ ޓިކެޓަކުން” އެ ގައުމުން ވީ އެންމެ އަވަހަކަށް ފުރައިގެން ދިއުމަށެވެ. މެދުއިރުމަތީގެ ސަރަހައްދުގައި އޮތް ހަލަބޮލިކަން އިތުރުވަމުން ދިއުމާ ގުޅިގެން މި އިންޒާރު ދީފައިވަނީ ބުރާސްފަތި ދުވަހުއެވެ. މި އިންޒާރު ދީފައިވަނީ އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ވެސް މިފަދަ އިންޒާރެއް އެގައުމުގެ ރައް...
އަޙްމަދު ދާއޫދު
ހުޅަނގު އައްސޭރީގެ އުތުރުގައި ދިން އިސްރާއީލުގެ ޑްރޯން ހަމަލާއެއްގައި ފަލަސްތީނު 9 މީހުން ޝަހީދުވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ދެ އުޅަނދަކަށެވެ. ފަލަސްތީނުގެ ރަސްމީ ނޫސް އޭޖެންސީ ވަފާއިން ބުނެފައިވާ ގޮތުގައި ބަލްއާ އާއި އިކްތަބާ ސަރަހައްދުގެ މެދުތެރޭގެ މަގެއްގެމަތީގައި ދުއްވަމުންދިޔަ އުޅަނދަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި 4 މީހުން ޝަހީދުވިއެވެ. އަދި އޭގެ ކުރިން ޒައިތާ-އައްތިލް އަވަށުގެ މަގެއްގެ މަތީގައި ދުއްވަމުންދިޔަ އުޅަނދަކަށް ދިން ހަމަލާއެއްގައި ވެސް 5 މީހުން ޝަހީދުވިއެވެ. މި ހ...
އަޙްމަދު ދާއޫދު
މަސްދޯނީގެ ވަތުގައި ރެފްރިޖަރޭޓެޑް ސީވޯޓާ (އާރްއެސްޑަބްލިއު) ސިސްޓަމް ނުވަތަ ފެން ފިނިކުރާ ނިޒާމު ހަރުކުރުމަށް ހާއްސަ ލޯނު ސްކީމެއް ވަރަށް އަވަހަށް ތައާރަފްކުރާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނީ، މަސްވެރި ވުޒާރާއިން ދޯނިތަކުގައި އާރްއެސްޑަބްލިއު އެޅުމަށް ޚާއްސަ ލޯން ސްކީމެއް ވަރަށް އަވަހަށް ތައާރަފްކުރާނެ ކަމަށެވެ. އެސްޑީއެފްސީ މެދުވެރިކޮށް ހުޅުވާލާ މި ލޯނު ސްކީމުގެ ދަށުން މަސްވެރިންނަށް ވަރަށް ލުއ...
ޔުމްނާ ޢަލީ
އިނގިރޭސިވިލާތުގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެދެފި އެވެ. އެމިނސިްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިނގިރޭސިވިލާތުގެ ހުޅަނގު އުތުރުގައި ހިމެނޭ ސައުތްޕޯޓުގައި ހިނގި ކުޑަކުދިންގެ ޑާންސް އަދި ޔޯގާ ކްލާހަކަށް ވަޅިން ހަމަލާދިނުމުގެ ހިތާމަވެރި ހާދިސާގައި 3 ކުޑަކުދިން ނިޔާވުމާ ގުޅިގެންނެވެ. މި ހާދިސާއާ ގުޅިގެން މުސްލިމުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ސިލްސިލާ މުޒާހަރާތަކާއި ހަރަކާތްތައް، އިނގިރޭސިވިލާތުގައި ހުންނަ ދިވެ...
އަލީ އާދިލް
ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)އިން އިއުލާންކޮށްފިއެވެ. އެމްޕީއެލްއިން ބުދަ ދުވަހުކުރި އިއުލާނުގައި ބުނީ އުލިގަމުގައި މެރިނާ ޕްރޮޖެކްޓުގެ މަގުސަދަކީ ޒަމާނީ އުޅަނދު ބަނދަރުކުރުމާއި މެރީނާގައި ތިބެގެން ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި އެއީ ފަތުރުވެރިކަން ކުރިއެރުވުމަށާއި އިގްތިސޯދީ ކުރިއެރުވުން ކަމަށް ބުންޏެވެ. މީގެ އިތުރުން އުލިގަމު މެރީނާ ޕްރޮޖެކްޓުގެ މަގްސަދަކީ ރާއްޖެއަކީ ޔޮޓްތަކަށް ޕްރިމިއަމް ޑެސް...
އަޙްމަދު ވަހީދު
ސްޕެއިންގެ ރެއާލް މެޑްރިޑަކީ ކޯޗް ކޮށްދޭނެ އެންމެ ފަހު ކުލަބު ކަމުގައި، އެ ޓީމްގެ ކޯޗްގެ މަގާމުގައި ހުރި ކާލޯ އަންޗެލޮޓީ ބުނެފިއެވެ. ރެއާލަކީ އޭނާ ކޯޗުކޮށްދޭނެ ފަހު ޓީމްކަމަށް މިދިޔަ އަހަރު ވެސް އޭނާ ބުންޏެވެ. މި އަހަރު މެދުތެރޭ ރެއާލާއިއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮއްވައި، ރެއާލުގެ އެއްބަސްވުން ހަމަވުމުން ބްރެޒިލްގެ ކޯޗުކަމާއި އޭނާ ހަވާލުވާން އުޅޭކަމަށް މީޑިއާތަކުގައި އަޑު ފެތުރުނެވެ. ބްރެޒިލުން ބޭނުންވި ނަމަވެސް އަންޗެލޮޓީ ވަނީ އެ ޕްރޮޖެކްޓާއި ދެކޮޅުހަދައި، މިދިޔަ […]
އިބްރާހިމް ޚަލީލް
އުތުރުގައި ހަދާ ބައިނަލްއަގުވާމީ ބަންކަރިން ޚިދުމަތް ފެށުމަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓް ވަނީ ކުޅުދުއްފުށި ޕޯޓަށް މިއަދު ގެނެސްފިއެވެ. އެމްޕީއެލުން މިކަން ހާމަކުރީ އެ ކުންފުނިން މިއަދު ކުރި ޓްވީޓެއްގައެވެ. މި މަހު 20ގައި ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތް ފެށޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވިގޮތުގައި، ބައިނަލްއަގުވާމީ ބަންކަރިންއަށް ވަންނައިރުގައި 300 އާއި 450 އާއި ދެމެދުގެ އަދަދަކަށް ކޮމާޝަލް ބޯޓުފަހަރު އުތުރުން ދަތުރުކ...
އަޙްމަދު ވަހީދު
އައްޑޫ ސިޓީގެ ހިތަދޫގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ވެލިފުންޏަކަށް އަރައި އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް ފަރުވާދެމުން އެބަދެއެވެ. ފުލުހުން ބުނީ، ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލްނުވެ، އައްޑޫ ސިޓީގެ ހިތަދޫގެ ފެން ހިންދާ ނިޒާމު ގާއިމު ކުރުމަށް މަގު ކޮނެފައިވާ ހިސާބުގައި ހުރި ވެލި ފުންޏަކަށް އަރައި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. ރޭ 23:49 ހާއިރު ހިނގި މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން 23 އަހަރުގެ ޒުވާނާއަށް ވަނީ އަނިޔާވެފައެވެ. އޭނާ އަށް […]
ޔުމްނާ ޢަލީ
ޕާކިސްތާނުގައި އަނެއްކާވެސް ވީޕީއެން ބޭނުންކުރުން މަނާކުރަން ނިންމައިފިއެވެ. ޕާކިސްތާނުގެ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ (ޕީޓީއޭ)ގެ ޗެއަރމަން، ރިޓަޔަރޑް މޭޖަރ ޖެނެރަލް ހަފީޒުއްރަހްމާން ވަނީ 2 އޯގަސްޓު 2024 ގައި އެ ގައުމުގައި ވީޕީއެން ބޭނުންކުރުން ރެގިއުލޭޓްކުރުމަށް ރާވަމުންދާކަން ހާމަކުރައްވާފައެވެ. މި ރޭވުމުގެ ދަށުން، ހަމައެކަނި ޕީޓީއޭއިން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ ވީޕީއެން ޕްރޮވައިޑަރުތަކަށް ހުއްދަ ދިނުމަށްފަހު، އެހެން ޕްރޮވައިޑަރުތައް ބްލޮކްކުރުމަށް ވަނީ ނިންމާފައެވެ. މި ނިންމުމަކީ، 2024 ވަ...
އަޙްމަދު ދާއޫދު
އޮލިމްޕިކް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި އާޖެންޓީނާ ކަޓުވާލުމަށް ފަހު މުބާރާތުގެ ސެމީ ފައިނަލުން ފްރާންސް ޖާގަ ހޯދައިފިއެވެ. އަމިއްލަ ގައުމުގައި ބާއްވާ އޮލިމްޕިކް މުބާރާތުގެ ސެމީ ފައިނަލުން ފްރާންސް ޖާގަ ހޯދީ ކުއާޓާގައި އާޖެންޓީނާގެ މައްޗަށް 1-0 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ އަތުން ފްރާންސް ބަލިވުމާއި، އާޖެންޓީނާއިން މި އަހަރު ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް […]
އިބްރާހިމް ޚަލީލް
އަލްޖަޒީރާގެ ދެ ނޫސްވެރިޔަކު އިސްރާއީލުން ޣައްޒާގައި މަރާލައިފިއެވެ. ޣައްޒާގައި އަލްޖަޒީރާގެ ނޫސްވެރިޔަކާއި ކެމެރާމަނަކު މަރާލުމާ ގުޅިގެން، ނޫސްވެރިން ރައްކާތެރިކުރުމަށް ޖެރޫސަލަމްގައި ހުންނަ ބްރިޓާނިއާގެ ކޮންސިއުލޭޓުން ވަނީ އެކަން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އިޒްރޭލުން މަރާލި ދެ ނޫސްވެރިންނަކީ އަލްޖަޒީރާގެ އިސްމާޢީލް އަލް-ޣޫލްއާއި އޭނާގެ އެކުވެރި ކެމެރާމަން ރާމީ އަލް-ރިފީއެވެ. ކޮންސިއުލޭޓުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިދިޔަ ހަފްތާގައި ޣައްޒާގައި އިތުރު ދެ ނޫ...
އަޙްމަދު ދާއޫދު
ނިމިދިޔަ ސީޒަންގައި ސްޕެނިޝް ލަލީގާގެ ޓޮޕް ސްޕޯރާގެ މަގާމް ހޯދައި ރަންބޫޓް ކާމިޔާބުކުރި އާތެމް ޑޮވްބިކް އިޓަލީގެ ރޯމާއަށް ބަދަލުވެއްޖެއެވެ. އުމުރުން 27 އަހަރުގެ ޔުކްރެއިން ފޯވާޑް، ވަނީ ނިމިދިޔަ ސީޒަންގައި ޖިރޯނާގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެ ޓީމުން ލީގުގެ ތިންވަނާގައި ނިންމައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުން ޖާގަ ކަށަވަރު ކުރިއިރު އޭނާގެ ދައުރު ބޮޑެވެ. ޑޮވްބިކް ލަލީގާގެ ރަންބޫޓް ހޯދީ ރެއާލް މެޑްރިޑްގެ އިންގްލެންޑް މިޑްފީލްޑަރ ޖޫޑް ބެލިންހަމް ފަހަތަށް ޖައްސާލުމަށް ފަހުއެވެ. […]
އިބްރާހިމް ޚަލީލް
އަލް-އަޤްޞާ މިސްކިތުގެ އިމާމު ހައްޔަރުކުރުމުން ހަމާސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އަލް-އަޤްޞާ މިސްކިތުގެ އިމާމު ޢިކްރިމާ ސަބްރީ އިސްރާއީލުން ހައްޔަރުކުރީ އިއްޔެގެ ހުކުރު ޚުޠުބާގައި ހަމާސްގެ އިސްވެރިޔާ އިސްމާޢީލް ހަނިއްޔާއަށް ހަމްދު ކިޔުމާ ގުޅިގެންނެވެ. ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިމާމު ޢިކްރިމާ ހައްޔަރުކޮށް ތަޙުޤީޤުކުރުމަކީ އަޅުގަނޑުމެންގެ ދީނީ އިސްވެރިންނާ ދެކޮޅަށް ސީދާ ދުޝްމަނުކަން ފާޅުކުރުމެއް ކަމަށެވެ. އަދި މިއީ ޤުދުސްއިން ޢަރަބި ވަންތަކަން ފުހެލުމާއި އަލް-އަޤްޞާ މިސްކ...
އަޙްމަދު ދާއޫދު
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫޢުގައި މަސައްކަތްކުރާ ދެ ބިދޭސީ މުވައްޒަފުން ހަތިޔާރު ބޭނުންކޮށްގެން މިރޭ މާރާމާރީ ހިންގައިފި އެވެ. ފުލުހުން ބުނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫޢުގައި މަސައްކަތްކުރާ ދެ ބިދޭސީ މުވައްޒަފުން ހަތިޔާރު ބޭނުންކޮށްގެން މިރޭ މާރާމާރީ ހިންގާފައިވާ މައްސަަލައެއް އެ އިދާރާއެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މިކަން ހިނގާފައި ވަނީ މިރޭ އަށެއް ޖަހާކަށް ހާއިރުއެވެ. މި ހާދިސާގައި އެކަކަށް އަނިޔާވެ އޭނާ އަށް އަންނަނީ ހަނިމާދޫ ސިއް...
ޔުމްނާ ޢަލީ
ވޮލެޓެއް ފޭރިގަތް މައްސަލައެއްގައި ކުޅުދުއްފުށިން އަންހެނަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާއާއި ގުޅޭ ދެ ވީޑިއޯއެއް މިހާރު ސޯސަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯތަކުން ފެންނަނީ މަގުމަތިން ބިދޭސީ ފިރިހެނަކު އަންހެނެއް ދިޔަނުދީ ހިފަހައްޓާ މަންޒަރެވެ. އަންހެން މީހާ އޭނާ އަތްދަށުން ސަލާމަތްވާން މަސައްކަތްކުރާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ ބަންގްލަދޭޝް ފިރިހެނެއްގެ އަތުން ދިވެހި އަންހެނަކު ވޮލެޓެއް ފޭރިގަތް މައްސަލައެއް މިއަދު ހަވީރު ރިޕޯޓް ކޮށ...
އިބްރާހިމް ޚަލީލް
ނ. ހެނބަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައި އިތުރު ފުލުހެއްގެ ސައިކަލަކަށް ގެއްލުންދީފިއެވެ. ފުލުހުން ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ފޮލިސް އަހްމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހެނބަދޫގައި ފުލުހެއްގެ ސައިކަލަށް މިމަހުގެ އެއްވަނަ ދުވަހު ގެއްލުންދީ އަދި އިތުރު ފުލުހެއްގެ ސައިކަލުގައި ރޭ ދަންވަރު ރޯކޮށްލާފައިވާ ކަމަށެވެ. މިކަމަކީ ނ. އަތޮޅުގައި ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނަކާއި ދެކޮޅަށް އެކަމުގައި ތުހުމަތު ކުރެވޭ ބަޔަކު ކޮށްފައިވާ ކަމެއްކަމ...
ޔުމްނާ ޢަލީ
އާސެނަލްއަށް ކުޅެމުންއައި އިންގްލެންޑްގެ ޒުވާން މިޑްފީލްޑަރ އެމިލީ ސްމިތު ރޯ ފުލަމްއަށް ބަދަލުވެއްޖެއެވެ. އުމުރުން 24 އަހަރުގެ ސްމިތު ރޯ ފުލަމްއަށް ބަދަލުވެފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން، 34 މިލިއަން ޕައުންޑްގެ ޑީލެއްގެ ދަށުންނެވެ. މިއީ ކުލަބްގެ ރެކޯޑް ފީއެކެވެ. ސްމިތު ރޯ އާސެނަލް އެކަޑަމީއާއި ގުޅިފައިވަނީ އޭނާގެ އުމުރުން އެންމެ 10 އަހަރުގައެވެ. އޭނާ އާސެނަލްގެ ސީނިއާ ޓީމަށް ފުރަތަމަ ކުޅެފައި ވަނީ 2018 ވަނަ އަހަރުއެވެ. އޭނާ ވަނީ އާސެނަލްއަށް […]
އިބްރާހިމް ޚަލީލް
ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ތިލަދެކުނު ފުޓުބޯޅަ މުބާރާތް 2024” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަންނަ ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ހދ.އަތޮޅުގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކުލަބް ޖަމިއްޔާތަކަށެވެ. މުބާރާތް ކުޅުމަށް ހަމަޖެހިފައި ވަނީ ކުޅުދުއްފުށީ ސްޓޭޑިއަމްގެ ފުޓްބޯޅަ ދަނޑުގައެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 (ފަންސާސް ހާސް) ރުފިޔާ ކަނޑައަޅާފައިވާއިރު، ރަނަރ...
އިބްރާހިމް ޚަލީލް