އޮލިމްޕިކް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ސްޕެއިން އާއި ފްރާންސް ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ރޭ ކުޅެފައިވާއިރު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައި ވަނީ ސްޕެއިން އާއި މޮރޮކޯއެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކޮށް ސްޕެއިން ވަނީ ފައިނަލުން ޖާގަ ހޯދާފައެވެ. ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ މޮރޮކޯއިންނެވެ. މި ލަނޑު 35 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީން ކާމިޔާބު ކޮށްދިނީ ރަހީމީއެވެ. ސްޕެއިނުން ނަތީޖާ ހަމަހަމަ […]
އިބްރާހިމް ޚަލީލް
ދުނިޔޭގެ ސްޓޮކް މާކެޓް ވެއްޓުމަށް މައިގަނޑު ގޮތެއްގައި ޒިންމާވާންޖެހެނީ ސިޔާސީ ގޮތުން ދަރަނި ނުބެލެހެއްޓުމާއި، ސިޔާސީ ބޭނުމަށް ޙަޤީޤަތް އޮޅުވާލުމާއި، އޭގެ ސަބަބުން އުފެދުނު އިންފްލޭޝަންކަމަށް ތަޖުރިބާކާރު މާލީ ދިރާސާވެރިއެއް ކަމަށްވާ ޕޯލް ގޮންޗަރޮފް ވަނީ ބުނެފައެވެ. ގޮންޗަރޮފް ބުނިގޮތުގައި ޖީ7 ގައުމުތަކުގެ އިޤްތިޞާދުތައް ދަށަށް ދިއުމާއެކު އެމެރިކާ، ޔޫރަޕިއަން ޔޫނިއަން އަދި ޖަޕާނުގެ އިޤްތިޞާދުތައް ރަނގަޅު ނޫންކަން ފާހަގަކޮށްފައިވެއެވެ. އެމެރިކާގެ މެނުފެކްޗަރިންގ ސެކްޓަރ ވިދިވިދިގެން 4 މަސް ދުވަހު...
އަޙްމަދު ދާއޫދު
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މި އަހަރުގެ ސެޕްޓެމްބަރު މަހު “އެމް.އެން.ޔޫ. ފޮތް މައުރަޒު” ބޭއްވުމަށް ނިންމައިފި އެވެ. އެމް.އެން.ޔޫ އިން މަޢުލޫމާތު ދެއްވި ގޮތުގައި މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 12 އިން 14 އަށް، ޔުނިވަރސިޓީގެ މައި މަރުކަޒުގައެވެ. މި މައުރަޒު ކުރިއަށްދާނީ ކޮންމެ ދުވަހެއްގެވެސް ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށެވެ. ޤައުމީ ޔުނިވަރސިޓީން ބާއްވާ މި ފޮތް މައުރަޒަކީ ފޮތް އުފައްދާ […]
އިބްރާހިމް އަސްވާޤް
ފުޅާދާއިރާއެއްގައި ކާބޯތަކެތި ޑެލިވަރީ ކުރުމުގެ ޚިދުމަތް ދެމުންދިޔަ ތަނަކުން ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 4 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ. އިމިގްރޭޝަނުން މިއަދު ކުރި ޓުވިޓެއްގައި ބުނެފައިވަނީ، މި މައްސަލަ އިމިގްރޭޝަނަށް ރިޕޯޓުކޮށްފައިވަނީ “އިމިގްރޭޝަން ވޮޗް” މެދުވެރިކޮށްކަމަށެވެ. އެ ރިޕޯޓާ ގުޅިގެން އިމިގްރޭޝަނުން އެ ތަން ބަލައި ފާސްކުރުމަށްފަހު، އެތަނުގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 4 ބިދޭސީން ވަނީ ހިފަހައްޓާފައެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީނ...
އަލީ އާދިލް
ކުރީގެ ސަރުކާރުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ން ވަރަށް ބޮޑެތި ބޭކާރު ހަރަދުތަކެއްކޮށް، ކުންފުނި އޮތީ ދަރަނިވެރިވެފަައިކަމަށް އެ ކުންފުނިން ބުނެފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރު ވިދާޅުވީ މި ސަރުކާރުން ކުންފުންޏާ ހަވާލުވި އިރު ގިނަ ލިޔެކިޔުންތައް އެއްގޮތަކަށްވެސް ބަލަހައްޓާފައި ނުވާ ކަމަށެވެ. މިހާތަނަށް ލިބިފައި ހުރި ލިޔެކިޔުންތަކަށް ބަލާއިރު ކުންފުނީގެ ދަރަނި 837 މިލިއަން ރުފިޔާއަށް އަރާކަމަށް ވިދާޅުވިއެވެ. ޒުހެއިރު ވި...
އަޙްމަދު ވަހީދު
ކަރަންޓު ބިލް ބޮޑުވާ މައްސަލާގައި ސްޓެލްކޯ އާއި ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން އިލްމީ ދިރާސާއެއް ހެދުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީއެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ. ސްޓެލްކޯ އާއި އެމްއެންޔޫއާ ދެމެދު ސޮއި ކުރީ 2014 އިން ފެށިގެން މިއަހަރާ ހަމައަށް ސްޓެލްކޯއިން ދޫކުރި ކަރަންޓު ބިލުތަކުގެ ފުރިހަމަ […]
އަޙްމަދު ވަހީދު
އައިޖީއެމްއެޗުގެ އިހުމާލުން ތުއްތު ދަރިފުޅު މަރުވި މައްސަލައެއްގައި ސެޓްލްމަންޓް އެގްރީމަންޓެއްގެ ދަށުން ދައުލަތުން ބަދަލު ދޭން ނިންމައިފި އެވެ. ސިިވިލް ކޯޓަށް ދެމަފިރިއަކު މިދިޔަ އަހަރު މައްސަލަ ހުށަހެޅީ އައިޖީއެމްއެޗްގެ އިހުމާލުން އެ މީހުންގެ ދަރިފުޅު މަރުވުމުން މާލީ ގެއްލުމުގެ ބަދަލު ހޯދުމަށެވެ. އެކަމަކު، އެ ކޯޓުން މިދިޔަ ހަފުތާގައި ނިންމާފައިވަނީ އެ މައްސަލައިގައި ދެ ފަރާތުން ކޯޓުން ބޭރުން އެއްބަސްވުމަކަށް އައިސްފައި ވާތީ، ދައުވާ ފޯމު ބާތިލްކޮށް، މައްސަލަ ނިންމާފައިވާ ކަމަށެވެ. ނަމަވެސް ދެ...
ހުސައިން ހަބީބް
ބަންގްލާދޭޝްގައި ސަރުކާރާ ދެކޮޅަށް އެ ޤައުމުގައި ކުރަމުންދާ މުޒާހަރާގެ ބައިވެރިން ބޮޑުވަޒީރު ޝައިޚް ހަސީނާގެ ގަނޑުވަރު ކައިރިއަށް ޖަމާވެފައި ވަނިކޮށް، ބޮޑު ވަޒީރު ޝެއިޚް ހަސީނާ އިސްތިއުފާ ދެއްވާ ފިއްލަވާފައިވާ ކަމަށް ބައިނަލްއަގްވާމީ ނޫސްތަކުން ބުނެފިއެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަސީނާ ދިރިއުޅުއްވާ ގަނޑުވަރުކައިރިއަށް އޭނާ އާއި ދެކޮޅަށް އަޑުއުފާ އެ ޤައުމުގެ އެތައްހާސް ރައްޔިތުންނެއް ޖަމާވުމުން ހަސީނާ ވަނީ އަސްކަރީ ހެލިކޮޕްޓަރެއްގައި ފިއްލަވާފައެވެ. ސެއިޚް ހަސީނާއަށް ވާގިދޭ ސަރު...
ޔުމްނާ ޢަލީ
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ކުރިއަށް ގެންދާ ބޭސިކް ސައިން ލޭންގުއޭޖު ކޯހުގެ ފުރަތަމަ ބެޗްގެ ކޯސް މިއަދު ފަށައިފިއެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ކުރިއަށް ގެންދާ މި ކޯހަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އިޝާރާތް ބަހުން މުއާމަލާތުކުރުމަށް ދަސްކޮށްދިނުމުގެ ގޮތުން ފަރުމާ ކޮށްފައިވާ ކޯހެކެވެ. މި ކޯސް ހިންގުމުގެ މަޤްޞަދަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިރިއުޅުމުގެ އެކި ކަންކަމުގައި ދިމާވާ ގޮންޖެހުންތައް މަދުކޮށް، އެހެން މީހުންނެކޭ […]
ޔުމްނާ ޢަލީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި ފަސް މެނޭޖިން ޑިރެކްޓަރުންގެ މަގާމު އުފައްދައި މަރުކަޒީ ބޭންކުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެތަނުގެ ބޯޑުން ފާސްކޮށްފި އެވެ. އެމްއެމްއޭއިން ބައެއް މީޑިއާތަކަށް ބުނެފައި ވަނީ، އެ ބޭންކަކީ ޒަމާނީ، ހެޔޮ ނަތީޖާ ނެރެދޭ މަރުކަޒީ ބޭންކަކަށް ހެދުމަށް އެތަނުގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ. މިގޮތުން ގެންނަ އެންމެ ބޮޑު ބަދަލަކީ އެތަނުގެ އެސިސްޓެންޓް ގަވަރުނަރުގެ މަގާމު، ފަސް މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލުކުރުމެވެ....
ޔުމްނާ ޢަލީ
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯގެ މަގާމަށް މުޙައްމަދު ނިމާލް މިއަދު އައްޔަނުކޮށްފިއެވެ. ނިމާލަކީ ރައީސް ޔާމީންގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އެ ސަރުކާރުގައި ފަހުން އޭނާ ހުންނެވީ ފަތުރުވެރިކަމާބެހޭ ވުޒާރާގެ ނައިބު ވަޒީރަކަށެވެ. މީގެ އިތުރުން ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ މިނިސްޓަރ ކައުންސެލަރ މަޤާމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުވެސް އޭނާ...
ޔުމްނާ ޢަލީ
ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު މުސްތަފާ ނަޖުމުއާ ރާއްޖެ ވަޑައިގެން ހުތުބާއެއް ދެއްވުމަށް ދައުވަތު ދެއްވައިފި އެވެ. ދިވެހިރާއްޖޭގެ އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން މިއަދު ބުނީ ރާއްޖޭގެ އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު، ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު މުސްތަފާ ނަޖުމުއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި ޑރ. މުހައްމަދު މުސްތަފާ ނަޖުމުއާ ރާއްޖެ ވަޑައިގެން ރާއްޖޭގެ އިސްލާމީ މަރުކަޒުގައި ހުތުބާއެއ...
ޔުމްނާ ޢަލީ
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މައުމޫނު (ގޭސް މާނު)ގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިހެން ބުނެފައި ވަނީ މާނު މިއަދު ރާއްޖެ އައުމުން ޕާސްޕޯޓު ހިފަހައްޓާފައިވާކަމަށް އަޑުތައް ފެތުރިފައި ވަނިކޮށެވެ. އޭނާ ރާއްޖެ އައީ އަހަރުތަކެއް ވަންދެން ރާއްޖޭން ބޭރުގައި އުޅުމަށްފަހުއެވެ. ފުލުހުން މިއަދު މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނީ، މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫނު މައްޗަށް...
ޔުމްނާ ޢަލީ
ދ.ކުޑަހުވަދޫގައި ބޭއްވި “ދެވަނަ ބީޗުމާޓް ބީޗު ހޭންޑްބޯޅަ މުބާރާތް 2024” ގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ފެމެލީ ބޭކާސް ޓީމުން ހޯދައިފިއެވެ. މި މުބާރާތަކީ ކުޑަހުވަދޫ ސްޕޯޓްސް ކުލަބާއި ހޭންޑްބޯޅަ މޯލްޑިވްސް ގުޅިގެން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުޑަހުވަދޫގައި ބާއްވާފައިވާ މުބާރާތެކެވެ. ދެ ޖިންސަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގައި ފިރިހެން 5 ޓީމް އަދި އަންހެން 4 ޓީމް ވަނީ ބައިވެރިވެފައެވެ. ކުޅުދުއްފުށި ފެމެލީ ބޭކާސް ޓީމަކީ މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި ރަށުން ބޭރުން ބައިވެރިވި […]
އިބްރާހިމް ޚަލީލް
އިންޑިއާއިން ރަޝިޔާއާއެކު ވިޔަފާރި އިތުރަށް ފުޅާކުރުމަށް ހުޅަނގު ސަރަޙައްދުގައި ބޮޑު ބަނދަރެއް އަޅަން ނިންމައިފިއެވެ. މި ބަނދަރު އެޅުމުގެ މަޤްޞަދަކީ ރަޝިޔާއާއެކު ކުރެވޭ ވިޔަފާރި އިތުރުކުރުމެވެ. މި ބަނދަރު 2030 ވަނަ އަހަރާ ހަމައަށް ބޭނުންކުރެވޭ ހާލަތަށް ގެނެވޭނެ ކަމަށް ބެލެވެއެވެ. މަހާރާޝްޓްރާގެ ވަދަވާން ސަރަޙައްދުގައި އެޅުމަށް ނިންމާފައި މި ބަނދަރު އެޅުމުން އިންޓަނޭޝަނަލް ނޯތު-ސައުތު ޓްރާންސްޕޯޓޭޝަން ކޮރިޑޯ އަދި އިންޑިއާ-މިޑްލް އީސްޓް ޔޫރަޕް އިކޮނޮމިކް ކޮރިޑޯ މެދުވެރިކޮށް ކުރެވޭ ވިޔަފާރި އިތުރުވ...
އަޙްމަދު ދާއޫދު
ދިވެހިރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ތިން ހާދިސާއެއް ހިނގައި ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ، މޫސުން ގޯސްވެ، ކަނޑު ގަދަވުމުގެ ސަބަބުން ހިނގި ކަނޑުމަތީގެ 3 ހާދިސާއެއްގައި އެތަނުގެ ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. މިފަދަ 6 ހާދިސާއެއްގެ ރިޕޯޓް ރޭ ވެސް އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބިފައިވާކަމަށް އެ އިދާރާއިން ބުންޏެވެ. ނަމަވެސް މި ހާދިސާތަކުގެ އިތުރު ތަފްސީލެއް އެމްއެ...
ޔުމްނާ ޢަލީ
ބަންގްލަދޭޝްގައި ސަރުކާރާ ދެކޮޅަށް ކުރިއަށްދާ ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި އިއްޔެ (އާދީއްތަ ދުވަހު) އެކަނިވެސް މަދުވެގެން 90 މީހުން މަރުވެއްޖެއެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި މުޒާހަރާކުރާ ފަރާތްތަކާ ދެމެދު ހިނގި ވަރުގަދަ ހަމަނުޖެހުންތަކެއްގައި މި މީހުން މަރުވުމުގެ އިތުރުން އެތައްބަޔަކަށްވަނީ އަނިޔާވެފައެވެ. މި ހަމަނުޖެހުންތައް ފެށިފައިވަނީ ސަރުކާރުގެ ވަޒީފާތަކުގައި ކޯޓާ ނިޒާމު ނައްތާލުމަށް އެދި ދަރިވަރުން ފެށި މުޒާހަރާތަކަކާ ގުޅިގެންނެވެ. ނަމަވެސް މިހާރު މި މުޒާހަރާތައް ބަދަލުވެފައިވަނ...
އަޙްމަދު ދާއޫދު
ހއ.މާރަންދޫގައި ތިބި އަރަބި ކިޔަވަން ޝައުގުވެރިވާ ފަރާތްތަކުން ނަން ނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާއި ގުޅިގެން މާރަންދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ތިން މަސްދުވަހުގެ ނިޔަލަށް އަރަބި ދަސްކޮށްދޭ ކުލާސްތަކެއް ހިންގުމަށް މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ. މި ކުލާހުގައި ބައިވެރިވުމުގެ ފުރުސަތު އުމުރުން 18 އަހަރުން މަތީގެ އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވެސް ވަނީ ހުޅުވާލާފައެވެ. މި ކުލާސްތަކުގައި...
އިބްރާހިމް ޚަލީލް